އަލީމް: އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކާ ދެކޮޅަށް ދައުލަތުން ވަނީ ދައުވާ ކޮށްފައި --ފޮޓޯ/މިހާރު
25 ޑިސެމްބަރ 2019 - 17:38
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމާއި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އަތުން 800،000 އަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ދައުވާކޮށްފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ފްރީ ނެޓް ނަމަކަށް ކިޔާ އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރީ އެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއާއެއް ހެދުމަށް 2017 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކުރި މަސައްކަތް ނިންމާފައި ނުވާތީ އެ މަސައްކަތަށް ޚަރަދުކުރި ފައިސާ ހޯދުމަށް ކަމަށެވެ.
އެ މަސައްކަތް ފްރީ ނެޓާ ހަވާލު ކުރުމަށް ފަހު އެ މަސައްކަތަށްވާ ފައިސާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ފްރީ ނެޓަށް 2017 ވަނަ އަހަރު ދައްކާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު ކަނޑައެޅި މުއްދަތުގައި އެ މަސައްކަތް ނިންމާފައި ނުވާ ކަމަށާއި އެކަމަށް އެންމެ ފަހުން ދިން މުއްދަތު މިދިޔަ ޖުލައި މަހު ހަމަވިއިރު ވެސް، އެ މަސައްކަތް ނިންމާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، އެ މަސައްކަތް ނިންމާފައި ނުވާތީ އެކަމަށް ޚަރަދުކުރި 53،800 ޑޮލަރު (829،000ރ.) ދައުލަތަށް ދައްކަން އަމުރުކޮށް ދިނުމަށް އެ ދައުވާގައި އެދިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތް ނަމަ، އެކަމެއް ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ވެސް އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއިދޫހަސަނު
26 December 2019
މިސަރުކާރުގެނަންޚަރާބުވެ، ވެރިންގެއިތުބާރުގެއްލި، ސަރުކާރުއިނދަޖެހޭނީ މިކަހަލަމީހުނާހެދި. އެހެންނޫހެއް ބަލައިލިއިރު ފެންނަފަލަސުރުޚީއަކީ، މާލީބަޔާނުގައި ޙަޤީޤަތް ހާމަނުކުރާކަމާއި އޮޅުވައިލުންތަކެއް ހުރިވާހަކަ. މިކުންފުނީގެ 80 އިންސައްތަ ހިއްސާ އޮންނީ އޭނަގެނަންމަތީގަޔޯ. އެކަމަކު ބަޔާނުގައި އެކަންހާމަކޮށްފަކާއެއްނެތޯ! ޙައިރާންވާވަރުގެ ކަންތައް! ކޯލިޝަންދަމަހައްޓަން ވެރިންވެސް ރައްޔިތުންވެސް ހަމަތިބެންވީބާ؟ ސަރުކާރުން މިކަންކަން ބަލަންއެބަޖެހޭ.
ބުރޭ
26 December 2019
ކުރިން މިހެންކީމަ ގަބޫލެއްނުކުރެވުނު އެމްއާރްއެމް ކުދިންކޮޅަށް، މިހާރުވެއްޖެދޯ ވިސްނެން، އަދި ހަރުދަނާ ރަނގަޅު މީހުންގެންގުޅެން. ތިއަލީމު ކުރީސަރުކާރުގެ ކިތަށޤ ކޮރަޕްޓޤ މީހުން ތި އެމްއާރއެމްގެ ސްލޮޓްގަ މިސަރުކާރަށް ލާފިދޯ. ބޯހަލާކު.... ނާދިރާމެން ދެން ވަރށްމޮޅުވާނެ ވާހަކަ ދަށްކަން. ހެހެހެ
ޕިންޓޫ
26 December 2019
ތިކުންފުނީގަ އެމީހުންގެ ޝެއަރ ނޯންނާނެކަމަށް ބުނާނީ ދެން. ބަލަން ތިބެމާ އެއްވެސް ފިޔަވަޅެއް އަޅާތޯ؟ މައުމޫނުގެ ޕާޓީގެ މުހިއްމު މީހެއް ވިއްޔާ އަލީމް އަކީ.
ބުރޭ
26 December 2019
ޔެސް އިޓްސް ނޮޓް ޒީރޯ ޓޮލަރެންސް، އިޓްސް ޒީރޯ ޓުދަ ޓޮލަރެންސް ލޮލް،
ސުމާމް
26 December 2019
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ވެރިންނާ ސުވާލުކުރަންޖެހޭ.. ނުނިމޭ މަސައްކަތަކަށް އެޑްވާންސްކޮށް ތިހާ ބައިވަރު ފައިސާ (އެވެސް ޑޮލަރުން) ދިނީމަ. (އަހަރެމެންނަށް އެނގޭ ކުރީ ސަަރުކާރުގަ މިހާރު އެމްއާރުއެމްގެ މީހުންނަށް ވެސް ނުހައްގުން ފައިދާ ލިބިފަ ހުރިކަން... އެކަމަކު އެމީހުން މިހާރު ހުދު ކަފަކޮޅުންނަށް ވާތީ މައްސަލައަކީ.)
ސަލީމް
26 December 2019
ކުރިން ބޫނީ ހުދު ފޮތި ކޮޅެކޭ. އަދިވެސް ތިކަން އެބައޮތް އޮތް ވަރަށް
ޅަބޭ
26 December 2019
ރާއްޖޭގަ އަޑިއަޑިން ނިންމާނުލެވޭނެ އެއްކަމެއްވެސް ނޯނަނާނެ.
ފަޅޯ
26 December 2019
ދެން ހަދަންވީ އަލީމް ރީފޯރމް މޫވްމެންޓް.
ތުއްތޮންބެ
26 December 2019
ކިހިނެތްމިވަނީ؟
މެނޭޖަރު
25 December 2019
އޭ.ޖީ އޮފީހުގެ ޕީ.އެސް.އަށް ދެންމެތަ ރޭކާލީ! ތި ސޮފްޓްވެއަރ ނެތްކަން އެނގެން 3 އަހަރު ނެގީތީ އަޖައިބުވެއްޖެ. ފޮލޯއަޕް ކޮށްލާފަވެސް ނެތީތަ 3 އަހަރު ވާއިރު؟
ވޯލް
25 December 2019
ތިޔަ އަފުޒަލް ހުރީ އަދިވެސް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް. ޒީރޯ ޓޮލަރެންސް.