ރަމަތިބޮޑި ހޮސްޕިޓަލްގެ އިމާރާތް: ޒަހަމްވި މީހާއަށް އަންނަނީ އެ ހޮސްޕިޓަލުން ފަރުވާ ދެމުން
30 ޑިސެމްބަރ 2019 - 11:13
ތައިލެންޑުގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދިވެހި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، އޭނާގެ އާއިލާއާ ގާތް މީހަކު މިއަދު ބުނެފި އެވެ.
ބެންކޮކް އެއާޕޯޓުން ހޮޓަލަށް ދިޔަ މަގުމަތީގައި މިދިޔަ އަންގާރަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވީ އަހުމަދު ސައީދު، 44، އެވެ. އޭނައާއެކު ކާރުގައި އިން އެއްބަނޑު އެއްބަފާ ބޭބެ އަށް ވެސް ކުދިކުދި އަނިޔާތަކެއް ލިބުނެވެ.
އޭނާގެ އާއިލާއާ ގާތް މީހަކު ބުނީ ބެންކޮކުގެ ރަމަތިބޮޑި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ސައީދުގެ ބޮލުގެ އޮޕަރޭޝަންކޮށް ކަނދުރާގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންތަކަށް ފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
"މިހާރު ހޭ ވެސް އަރައިފި. ވާހަކަ ވެސް ދައްކާ. އެކަމަކު ގިނައިރު އަދި ވެސް ނިންދަވާފައި ބާއްވަނީ. އެކްސިޑެންޓުވި ހާލަތާ ބަލާފައި ވަރަށް ބޮޑަށް އިމްޕްރޫވްވެފައި ވަނީ،" މި ވަގުތު ތައިލެންޑުގައި ހުރި އެ މީހާ ބުންޏެވެ.
ފުރާނަ ސަލާމަތްކުރުމަށް އެންމެ ފުރަތަމަ ކުރީ ސިކުނޑީގެ އޮޕަރޭޝަނެކެވެ. ޑޮކްޓަރުން އެންމެ ފުރަތަމަ ލަފާކުރި ވަރަށް ވުރެ އޭނާގެ ސިކުނޑި އަށް ލިބުނު ގެއްލުން ކުޑަ އެވެ. ކަނދުރާގެ އޮޕަރޭޝަން ކުރީ އޭގެ ފަހުންނެވެ.
އެކްސިޑެންޓް ވުމާ އެކު ސައީދުގެ އާއިލާގެ ގިނަ ބަޔަކު މިހާރު ވަނީ ބެންކޮކަށް ގޮސްފަ އެވެ. އޭނާގެ އަންބަކާއި ދެ ކުދިން ތިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިފާކަﷲ
30 December 2019
ހާދަ ރަނގަޅު ޢާއިލާއެކޭ! ގައި މު ގިނަ ބަޔަކަށް އެހާ ހިސާބަށް ދެވޭނީ، ވ. ގިނަ ފައިސާ ވެސް ޚަރަދު ކޮށްފަ އެވެ.
ބުރުއްޓާ
30 December 2019
ރާއްޖޭގައި ހިނގި އެެކްސިޑެންޓެއްނަމަ ވާނުވާ ނޭގުނީސް....އެންމެ ފަހުން ބުނާނެ ހޮސްޕިޓަލަށް ގެނައިއިރުވެސް ވިންދެއްނެތޭ. ފުރާނަ ސަލާމަތް ނުކުރެވުނުތާ ފޯރުކޮށްދޭނީ ފުށުއަރާ ވާހަކަތަކެއް. އެކަމަކު ފޮނިކަނޑާފަ ނޫސްތަކުގަ ބުނާނީ ދެކުނު އޭޝިޔާގެ އެންމެ ފެންވަރު ރަގަޅު ޚިދުމަށް މިގައުމުން ލިބެއޭ..