އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ. --ފޮޓޯ:އޭއެފްޕީ
03 ޖެނުއަރީ 2020 - 09:22
ވޮޝިންޓަން (ޖެނުއަރީ 3) - އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސީދާ އަމުރަށް ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
ޕެންޓަގަނުން ބުނީ އިރާގުގެ ވެރިރަށް ބަޣުދާދުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވައިގެ ހަމަލާދީ ސުލައިމާނީ އަވަހާރަކޮށްލީ މެދުއިރުމަތީގައި އެމެރިކާ ސިފައިންނާއި އެމެރިކާގެ އާއްމު ރައްޔިތުން ހިމާޔަތް ކުރަން ކަމަށެވެ.
"ޖެނެރަލް ސުލައިމާނީ އަކީ އިރާގުގައި އެމެރިކާގެ ޑިޕްލޮމެޓުންނާއި އެމެރިކާގެ އާއްމުންނަށް ހަމަލާ ދޭން ރޭވުމުގައި އެންމެ އިސްކޮށް އުޅޭ ފަރާތް. އެމެރިކާ ސިފައިންނާއި ކޯލިޝަންގެ ސިފައިންގެ ތެރޭން މަރުވި މީހުންގެ މަރުގެ ޒިންމާ ގުދުސް ފޯސް އާއި ޖެނެރަލް ސުލައިމާނީ އުފުލަން ޖެހޭނެ،" ޕެންޓަގަނުން ބުނެފައިވެ އެވެ.
ސުލައިމާނީ އަވަހާރަކޮށްލުމާ އެކު، ޓްރަމްޕް ވަނީ އެމެރިކާ ދިދައިގެ ފޮޓޯއެއް ޓްވީޓް ކުރައްވައިފަ އެވެ.
ޕެންޓަގަނުން ބުނެފައި ވަނީ އިރާގުގައި ހުންނަ އެމެރިކާ އެމްބަސީ އަށް ހަމަލާ ދޭން ރޭވީ ވެސް ސުލައިމާނީ ކަމަށެވެ. ސުލައިމާނީ އަކީ އިރާގުގައި ވެސް ވަރަށް ބާރުގަދަ ބޭފުޅެކެވެ. އިރާގު ސަރުކާރު އެކުލަވާލުމުގައި ސުލައިމާނީ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. އެހެންވެ އޭނާ ވަރަށް ގިނަގިނައިން އިރާގަށް ވަޑައިގަންނަވަ އެވެ.
ސުލައިމާނީ ގެންދަވަނީ 1998 ވަނަ އަހަރުން ފެށިގެން ގުދުސް ފޯސްގެ ކޮމާންޑަރުކަން ކުރައްވަމުންނެވެ. އީރާނުން ބޭރު ގައުމުތަކުގައި ހިންގާ އޮޕަރޭޝަންތަކާ ބެހޭ ކަންކަން ބަލަހައްޓާ ގުދުސް ފޯސް އިން ސީދާ ރިޕޯޓް ކުރަން ޖެހޭނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށެވެ.
އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ (ކ) އާ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
އީރާނުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ސުލައިމާނީ ވަނީ 80ގެ އަހަރުތަކުގައި ކުރި އީރާން-އިރާގު ހަނގުރާމައިގައި ވެސް މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.
އީރާން ޕޯލް އިން 2018 ވަނަ އަހަރު ކުރި ސާވޭއަކުން ދެއްކި ގޮތުގައި ސުލައިމާނީ އަކީ، ރައީސް ހަސަން ރޫހާނީ އާއި ޚާރިޖީ ވަޒީރު ޖަވާދު ޒަރީފަށް ވުރެ ވެސް އީރާނުގައި މަގްބޫލް ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރައްކާ
05 January 2020
މީނާއަކީ މެދުއިރުމަތީގައި ޝިޢާއިންގެ ބާތިލު އަޤީދާ ދިރުވާ އެމީހުންގެ ސިޔާސީ ބާރުވެރިކަމާ އަނިޔާވެރިކަން އެސަރަހައްދުގައި ދިރުވާ އާލާކުރި ޖައްބާރެއް
މިސާލެކޭ
05 January 2020
ޓްރަމްޕްގެ އާއިލާގެ މީހުން ދެކެވާ ލޯބި އެހެން އާއިލާތަކުގެ މީހުން ވެސް ވާކަން އެމެރިކާގެ ރައީސަކަށް ހުރެގެން ކަލެއަށް އެވަރު ނޭގުތީ ހިތާމަ ކުރަން. އެހެން ޤައުމަކުން ކަލޭގެ އާއިލާގެ މީހަކު މަރާލާފައި ހަނގުރާމަ ފަށާކަށް ނޫނޭ ބުނުމުން ކަލޭއަށް އެވަރު ޤަބޫލުކުރާނެތައް؟
މޫސަ
04 January 2020
އީރާނުގެ ގުދުސް ކޮމާންޑަރގެ ތުނބުޅި ހުރި. އެހެންވީމާ އެމެރިކާއިން ހަމަލާދީ އޭނާ ޝަހީދުކޮށްލުމަކީ ޓެރަރިޒަމް އަކަށްނުވޭ. މުސްލިމުންނާ ދެކޮޅަށް ޣައިރު މުސްލިމުން ހިންގާ ޢުދުވާންތައް ޓެރަރިޒަމް އަކަށްނުވޭ. ކިހާ ހެއްވާ.
ކަަނބިލި
04 January 2020
ކޮބާ ސައުދީ ނުކުރޭނު މިހަމަލާ ކުށްވެރިއެއް އެކަމަކު އަހަރުމެން ގުނބޯ ހައްދަން ކިޔާނެ މުސްލިމުންނަކީ އެއްހަށިގަނޑެއްގެ މިސާލެކޭ
ކޮމެންޓޭ1
05 January 2020
ތިރީގަ އިން ފޮޓޯ ބަލާލަބަލަ. ޢާޔަތުﷲ އޭކިޔާފަ ތިބެނީ ކަލާނގެތަކަކަށް ވެގެން. މީއަދި އެމީހުންގެ ހައްދު ފަހަނަ އެޅުމުގެ ކުޑަ މިންވަރެއް. ދެން އެބައިމީހުންނާ އެއް ހަށިގަނޑަކަށް ވެވޭނީ ކޮންފަދައަކުން.
ޝޮކްތެރަޕީ
04 January 2020
ރާއްޖޭގަވެސް މިއޮތީ ގޮނޑިކޮއްކޮ ސަރުކާރެއް.
އަލީ ރާޖާ
03 January 2020
މެދު އިރުމަތީގަ ތިބި އެމެރިކާގެ ގޮނޑިކޮއްކޮ ނޫން ގައުމުތައް ފުނޑާލުމުގެ ސިލްސިލާގެ ދަށުން އިރާން ފުނޑާ ނުލެވިގެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ. މި ހަމަލާގެ ބަދަލުގަ އިރާނުން ކަމެއް ކޮށްފިއްޔާ އެއީ ބަހަނާއެއް ކަމަށް ހަދާ އިރާން ސުންނާފަތި ކުރާނެ މިފަހަރު.
ގޯސް
03 January 2020
ކޮން ގާނޫނަކުންތަ އެމެރިކާ ހިތުހުރި ތާކަށް ބޮން ތިޔަ އަޅަނީ. ކަލޭމެންނާ މެދު އިރުމައްޗާ ކޮން ކަމެއް. ތިޔަ ތަނަށް ސިފައިން ފޮނުވައިގެން މުޅި ދެނިޔެ ހަލާކުކުރަނިއްޔޭ. ޢެމެރިކާއަށް ހަލާކުހުރި.
އަލީ ރާޖާ
03 January 2020
ދެން މިކަމާ ދެކޮޅަށް ނުކުންނަ މީހުން މިވަނީ އެއްކަލަ "ހަރުކަށީ" ކފިކުރުގެ މީހުންނަށް
ނަމެއް
03 January 2020
އީރާނާ ޖެހިގެންއޮތް އަދި ގުޅުން ބަދަހި ސީރިޔާގެ ސަރުކާރު ވައްޓަން ޕްރޮޕެގެންޑާގަ ޖެހި އެމެރިކާއާއި އިޒްރާއީލާ އެއްފަޅިއެއްގަ ތިބެ ހަނގުރާމަކޮށް މުޅި ހިސާބު ސުންނާފަތިކުރުމަކީ މިކަމާ ދެކޮޅަށް ނިކުތުންތަ؟