ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް: މިނިމަމް ވޭޖާ ގުޅޭ ރިޕޯޓް އަންނަ ހަފުތާގައި ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ/ރައީސް އޮފީސް
07 ޖެނުއަރީ 2020 - 19:13
މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖްއާ ބެހޭ ގޮތުން ލަފާ ދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓް އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން ލަފާ ދޭ ބޯޑެއް ކުރިން އެކުލަވާލައި، އެ ބޯޑުން ކުރި ދިރާސާތަކަށް ފަހު މިދިޔަ މަހު ވަނީ އެކަމާ ބެހޭ ރިޕޯޓެއް އެކުލަވާލައިފަ އެވެ. އެކަމަކު އެ ރިޕޯޓުގެ ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިމަމް ވޭޖާ ގުޅޭގޮތުން ލަފާ ދޭ ބޯޑުން އެކުލަވާލި ރިޕޯޓް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ރިޕޯޓާ މެދު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް އަންނަ ހަފުތާގައި ހުށަހަޅުއްވާނެ ކަމަށެވެ.
ރާއްޖޭގައި މަސައްކަތްެތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އަޅުގަނޑަށް ލިބިއްޖެ. ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނަން. pic.twitter.com/QSMU0EjTFe
— Ibrahim Mohamed Solih (@ibusolih) January 7, 2020
ރައީސްގެ ޓްވީޓް
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މިނިމަމް ވޭޖާ ގުޅޭ ރިޕޯޓާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. އަދި މިއަހަރު ކުރީކޮޅު މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެކަމާ ގުޅޭގޮތުން އެމްޑީޕީން ކުރިން އެކުލަވާލި ކަރުދާހުގައި އޮތްއޮތުން ދެވޭނެ އެންމެ ދަށް މުސާރައަކީ ދުވާލަކަށް 200ރ. އެވެ. އެކަމަކު ބައެއް ދާއިރާތަކުގައި ދެވޭނެ އެންމެ ދަށް މުސާރައިގެ ގޮތުގައި އެއަށް ވުރެ ބޮޑު އަދަދުތަކެއް ވެސް އެމްޑީޕީން އޭރު ހިމެނި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަތުބަތާނަ
08 January 2020
ތީ ގަރުނުގެ ބޮޑު ސުވާލު
ބޮޑުމީހާ
08 January 2020
ކިތަންމެ ރިޕޯޓެއްވެސް ހެދިދާނެ. އެކަމަކު އެކަމާ ފިޔަވަޅު އެޅި އަމަލީ ސިފަ އަންނާނެތަ. ބޯހިޔާވެހިކަމުގެ ހާލަތު ބަލަން ރިޕޯޓެއް އެކުލަވާލަންވީނުން.
އާރީ
08 January 2020
ހާދަ ދިއުޅިދިގު ސަރުކާރެކޭމީ. އިންކަމުޓެކުސްނަގަށްވީމަ އަވަސްއަރުވާލައިފަ މަޖިލިހުން ނިންމާފަ ރައީސްމީހާ ރުހުންދީފަ ގެޒެޓްވެސް ކޮށްފި. ޓެކުސްނަގަށް ފެށީ މާލޭ ގެދޮރުގެ ކުލިބޮޑްވެއްޖެ. ތިބުނާ ކެބިނެޓް މީޓިންއަކަށް ލައިގެން އުޅުނި ކަމެއް ނޭގޭ. އެކަމް ރަށްއިތުންގެ ވިންދާ ގުޅިފައޮތް ކަމެއްވީމަ ކޮމެޓީހަދާގެން އެއްއަހަރު. ކެބިނެޓަށް އެއްއަހަރު. މަޖިލިހަށްފޮނުވަން އެއްއަހަރު. ވޯޓަށް އަހަށްއެއްއަހަރު. ބިލުފާހެއްނުވި. ދެވަނަ ދައުރަކަށް ހޮވިގެން ބިލުފާސް ކުރެވެން އޮތީ. އެނެއްކާ ރަށްއިތުން ގުބޯހަށްދަށް ފަށާނެ..
ރާއްޖެ
07 January 2020
މަރު ކޮމިޝަނުންނާއި ޖަލު ކޮމިޝަނުން ވެސް މަނިކުފާނަށް ރިޕޯޓް ފޮނުވި. ވީ ކަމެއް ހަރާން ފަދަ.
ތުއްތޮންބެ
07 January 2020
ތިކަމައް ކަމިޝަނެއް ހަދަންފެނޭ.
ބޭކާރު
07 January 2020
މި ޤަޢުމުގައި ކޮމިއުނިޒަމް ފަށަންވީނޫންތޯ؟
ކުރުކުރު
08 January 2020
ކޮޮމިއުނިޒަމް އެއީ މާގޯސް ނިޒާމަކީތަ؟ ކޮޮމިއުނިޒަމްއޮތް ތަންތަން އެހެރަދަނީ ބަޑިޖަހާފަ ކުރިއަރައިގެން.
އުޖޫރަ
07 January 2020
ލޯކަލ ކައުސިލް ލިބެން އޮތީ އެންމެ ކުޑަ މުސާރަ ކަނޑައެޅިގެން ލޮލް
ޒުވާނާ.
07 January 2020
ތިވާހަކަ ނުދައްކާ ރަންބިސް އަޅާ ކުކުޅުގެ ބިސްކޮޅު ބޯލަނީ އެކުކުޅައް ކާންދީ ބަލަހައްޓާ މީހާޔައް ބިހުގެ ތޮށިގަނޑު ދީފަ މަޖިލިސް މެންބަރުންނާ ރިސޯޓު ހިންގާ އޯނަރުން ދިވެހި ރާއްޖޭގެ ރައްތަކަކީ އެ މީހުންގެ ތަރިކަމުދަލަކައް ހަދައިގެން ނަ މަވެސް އެރައްތަަކަކީ އެން މެހާ ދިވެހި ޒުވާނުންނާ އެ މީހުންގެ އާއިލާޔާ މުޅިގައު މައް ރަންބިސް ލިބު މައް ﷲ ދެއްވި ރިޒުގެއް ރިސޯޓު މުވައްޒަފަކައް10000 ދެއްވަންޖެހޭ ސަފާރީ ގެސްޓުހައުސް 6000 ރަނގަޅު އެއީ ވަކި ބައެއް
އޮނަރަބްލް އަފީފު ދީދީ
07 January 2020
މިނިމަމްވޭޖަސް ހަދާއިރު "ހާރޑްވޯކް މަސައްކަތްކޮށްގެން އާންދަނީ ހޯދާ ސައުދާޤަރުންނާއި" އެމީހުން ބުނާގޮތަށް އަދި ވަޒީރު އަލީވަހީދުބުނާ "ބާނީން" ނުވަތަ އަފީފު ބުނެއުޅޭ "ރަށްކޮށާން ކަތިވަޅި ހިފައިގެން ނިކުތްމީހުން" ދެރަވެ ކަންބޮޑުވާންޖެހޭފައެއްވެސް ކަމެއްކޮށްގެން ނުވާނެ. # އެމީހުނަކީ އަހަރުމެން ދިވެހިންނަށް ހާދަ ހެޔޮއެދޭބައެކޭ. ފައިސާގެ ދަޅައިގަޖެހި އަހަރުމެންގެ ކުދިން ދުނިޔެހަދާންނައްތާލަފާނެތީ ސޭވިސްޗާޖްސް ދޭނީވެސް ވަރަށް ފަރުވާތެރިކަމާއިއެކު.
ވިސާނެތިއުޅޭ ބަންގާޅީ
07 January 2020
މިނިމަންވޭޖު ބޮޑުކޮށްފަ ބަނގުލަދޭޝްމީހުނަށް 10 އަހަރުގެ އޮންއެރައިވަލް ވޯކުވިސާދެވޭގޮތް ހަދަންޖެހޭ.