ޕާކިސްތާނުން އެމެރިކާ އަށް ކުރިން ކަނޑައެޅި ސަފީރު ހުސައިން ހައްގާނީ. --ފޮޓޯ:ވީ.ސުދާޝަން
08 ޖެނުއަރީ 2020 - 17:48
އިސްލާމްއާބާދު (ޖެނުއަރީ 8) - ހައްދުފަހަނަޅި ހަރުކަށި ޖަމާއަތްތައް ޚާރިޖީ އަދި ދާޚިލީ ސިޔާސަތާ ގުޅޭ ކަންކަމުގައި ބޭނުން ކުރުން ޕާކިސްތާނުން ހުއްޓާލަން ޖެހޭ ކަމަށް ޕާކިސްތާނުން ބޭރުގައި ދިރިއުޅޭ އެ ގައުމުގެ ސަރުކާރާ އިދިކޮޅު މެންބަރުން ހިމެނޭ ޖަމާއަތަކުން ބުނެފި އެވެ.
ޕާކިސްތާނުން އެމެރިކާ އަށް ކުރިން ކަނޑައެޅި މަންދޫބު ހުސައިން ހައްގާނީ ފަދަ ބޭފުޅުން ހިމެނޭ ސައުތު އޭޝިއަން ޓެރަރިޒަމް އެންޑް ފޯ ހިއުމަން ރައިޓްސް (ސާތު) އިން ބުނީ ޕާކިސްތާނުގެ ޑިމޮކްރެޓިކް ހަމަތައް ހިފެހެއްޓުމާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ސިޔާސީ ބޮޑެތި ޕާޓީތަކުން ވެސް ތެދުވާންޖެހޭ ކަމަށެވެ. ޕާކިސްތާނުގައި ހިންގާ "އަނިޔާވެރި ސެލްތަކާއި އަނދިރި ސައިޓްތައް" ހުއްޓުވުމަށް ވެސް އެ ޖަމާއަތުން ވަނީ ގޮވާލއިފަ އެވެ.
ވޮޝިންޓަނުގައި ބޭއްވި ސާތުގެ ހަތަރު ވަނަ ކޮންފަރެންސްގައި ވަނީ ބަލޮޗިސްތާނުގައި ހިންގާ އަސްކަރީ ހަރުކަށި އޮޕަރޭޝަން ހުއްޓާލުމަށް ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައި ވަނީ ގަދަކަމުން މީހުން ގެއްލުވާލުމާއި ޝަރީއަތަކާ ނުލައި މީހުން މެރުން ހުއްޓުވުމަށް ވެސް ގޮވާލައިފަ އެވެ. އަދި ޓްރޫތު އެންޑް ރިކޮންސިލިއޭޝަން ކޮމިޝަނެއް އުފެއްދުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
ސާތުގެ ބައްދަލުވުންތައް މީގެ ކުރިން ބާއްވާފައި ވަނީ 2016 އަދި 2017 ވަނަ އަހަރު ލަންޑަނުގައި އަދި 2018 ވަނަ އަހަރު ވޮޝިންޓަނުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންނަ ނުދަންނަ
08 January 2020
މީ އަނެއްކާ އަނެއް ކަންތައް. ހުޅަނގުގެ ގައުމުތަކުގައި ދިރިނޫޅޭނެ އެ މީހެއްގެ އުފަން ގައުމަށް ހަރާންކޯރުވާން ގޮސް ތިބޭ ބަޔަކު ނޫނިއްޔާ. ޕާކިސްތާނަކީ ޓެރަރިސްޓުން އުފައްދާ ގައުމެއް ނޫން. ކޮންމެ ގައުމެއްގައިވެސް ނުލަފާ މީހުން އުޅޭނެ. އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ޓެރަރިޒަމެއް ނޫން. އެއީ ހުއްޓުވަންޖެހޭ ބައެއް.