މާރާމާރީ ހިންގާ ވީޑިއޯ އިން ކެޕްޗާކޮށްފައިވާ މަންޒަރެއް
10 ޖެނުއަރީ 2020 - 14:20
މާލޭ މަގުމަތީގައި ބޮޑު ގްރޫޕަކުން މީހަކަށް ހަމަލާދީ ބިންމައްޗަށް ވައްޓާލުމަށް ފަހު އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ 45 ސިކުންތުގެ ވީޑިއޯ ފެށޭއިރު ފެންނަނީ މަގުމަތީ އިށީނދެ އިން މީހެއްގެ މޫނުމަތީގައި މީހަކު އަތުން ޖަހަނިކޮށެވެ. ހަމަލާ ދިން މީހާއާ އެކު އިތުރު ތިން މީހަކު ހުންނަ ތަން ފެނެ އެވެ. އެތަނުން އެކަކު، މަގުމަތީ ވެއްޓިފައި އިން މީހާގެ ބުރަކަށީގައި ކޮޅުފައިން ޖަހާ ވަގުތު ސައިކަލެއްގައި އައި ދެ މީހަކު ގޮސް މަގުމަތީ އިން މީހާގެ ގައިގައި ވަރަށް ބާރަށް ސައިކަލުން ޖައްސަ އެވެ.
ދެތިން ސިކުންތު ފަހުން ދެން ފެންނަނީ ދުވެފައި އައި ބަޔަކާއި ދެ ސައިކަލެއްގައި އައި ދެ މީހަކު ވެސް ހަމަލާ ދިނުމުގައި ބައިވެރިވާ ތަނެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ ރޭ މެންދަމު 12:36 ގައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް ސިލޯން ކުރިމަތީގައި ބަޔަކު މާރާމާރީއެއް ހިންގާތީ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެތަނަށް ފުލުހުން ދިޔައިރު، މާރާމާރީ ހިންގި މީހުން އެތަނުން ގޮސްފައިވާ ކަމަށާއި މި މައްސަލާގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މިއީ އެ މާރާމާރީގެ ވީޑިއޯ ކަމަށް ވަނީ އެނގިފަ އެވެ.
ގާތްގަނޑަށް ދިހަ ވަރަކަށް މީހުން ވެގެން، މަގުމަތީ އިން މީހާގެ ގައިގެ އެތަންމިތަނުގައި ކޮޅުފައިން ތަޅައި އަނިޔާކުރުމަށް ފަހު އެތަން ދޫކޮށް ދަނީ، ވީޑިއޯ އިން ފެންނަ ގޮތުގައި، ފުލުހުންގެ މީހަކު އަންނަ ތަން ފެނުމުންނެވެ. އެކަމަކު ފުލުހަކު ދިޔައިރު ވެސް ބައެއް މީހުން އޭނާއަށް އަނިޔާކުރި އެވެ. އަދި ސައިކަލްގައި ދަމުން ވެސް ގައިގައި ފައިން ޖަހާ ތަން ފެނެ އެވެ.
ފުލުސް މީހާ ގޮސް، މަގުމަތީގައި އޮތް މީހާ ނަގައި އެތަނުން ގެންދާތަން ފެނެ އެވެ. އަނިޔާ ލިބުނު މީހާ ވެސް ދަނީ ހިނގާލައިފަ އެވެ.
މިއީ ކޮން ކަމަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމެއް އަދި މާރާމާރީގައި އަނިޔާ ލިބުނީ ކާކަށް ކަމެއް އެނގޭ ގޮތެއް ނުވި އެވެ.
ބިރުވެރި މި ވީޑިއޯ އަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ މަގުމަތީގައި އަމާންކަމެއް އަދި ރައްކާތެރިކަމެއް ވެސް ނެތްކަން މި ވީޑިއޯ އިން ހާމަވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީމް
13 January 2020
ސައިކަލް ތަކުގަ ސްޓިކަރ ޖެހުނީމަ އެ ނިމުނީ ފުލުހުން ގެ ޑިއުޓީ. ދައުލަތަށް 500 މ ރުފިޔާ ޖޫރިމާނާ އިން...
ފަހީމާއިބުރޭ
12 January 2020
ފަންސަވީސް މާލަމްގައި " ސުލްހަވެރި ޒުވާނުން " ނަމުގައިބަޔަކު މީޑިއާއާމުޚާތަބް ކުރުވީ ކޮންވަޒީރެއްތޯ؟ މަޖިލީސްއިންތިޚާބާ ދިމާކޮށް ލާމުއަތޮޅަށްކުރިމަތިލެއްވި ބޭފުޅަކު ޖަލުގަހުރި ޙުކުމް ތަންފީޒްކުރާ ކުއްޖެއްގެ ބައްޕަ އާ އެކީ ހޯމްމިނިސްޓަރު އަރިހުގައި އިންނަވާ އެތަނަށް، ޖަލުން ކުއްޖާގެނެސް ބައްޕަޔާ ހަވާލުކުރީ ކޮންވަޒީރެއްތޯ؟މަސްތުވާތަކެތި ޢާންމުވެ އެކި ޢާއިލާތައް ހަލާކުވަމުން ދިޔައިރު އެކަންކަމަކަށް ނުވީ ކީއްވެތޯ ؟ ތަޅާފޮޅާ މީހުންމެރީމަ ކަޑަ ދެއްތޯ
ހުސް ތަކުރު
12 January 2020
އެއްވެސް ކަމެއް ނުވާނެ. މަގޭރައްޓެއްސެއްގެ ކާރުގެ ބިއްލޫރިގަނޑު ފަޅައިގެން ވައްކަން ކުރީމާ ޕޮލިހުން ސުވާލު ކުރީ ދައުވާ ކުރަން ބޭނުން ހެއްޔޭ. އަޅޭ ހޭދެބައިވެފައި ތިބޭ ބައެއްތަ މިގައުމުގައި މުއައްސަސާތަކުގައި އުޅެނީ. ޕީޖީން އޮންނަނީ އެއްމައްސަލަ އަކަށް ދެއަދަބުނުދޭންށޯ. ކިހާބޮޑު ދުއްޕާނެއް. ކާރަށް ބަދަލު ވައްކަން ކުރިމީހާ އަތުން ހޯދުމަކީ އޭނާ މުޖުތަމައަށް ފްރީކޮށް ދޫކޮށްލަން ޖެހޭނެ ސަބަބެއް ނޫން. ކްރިމިނަލް ކަމެއްކުރީމާ ދައުލަތުގެ ޒިންމާ ކޮބާ
ކިލޯ
12 January 2020
މިސަރުކާރެއް އައިފަހުން ނާމާންކަން ބޮޑުވެ ބިރުވެރިކަން ސޯލިހުގެ ބަހާ އަމަލާ ދިމާވޭތަ؟
ޓަނު
12 January 2020
ކަލޭ ގޭގަ އޮއްވާ އަރިދަފުސް ރޯގާ ޖެހުނަސް ސޯލިހުގެ މައްސަލަ ދޯ؟ ސިކުނޑިން ވިސްނާ ދިވެހިން ހާދަ މަދޭ!
ރައްޔިތުމީހާމީ
11 January 2020
ކޮބައިތަ މަގުމަތީގަ ހަރުކޮށްފަ ހުންނަ ކެމެރާތަކުގެ ބޭނުމަކީ؟ ދުވަހަކުވެސް އޭގެން ހޯދޭ އެއްޗެއް ފެންނަ އެއްޗެއް ނޯވެ!!!
ކަނބިލި
11 January 2020
ޒުވާނުންގެ މިނިސްޓްރީއަށް ލައްވާފައި ތިބީވެސް މިކަހަލަ ޒުވާން ކު ދިން
ދަވާލި 19
11 January 2020
ޖަޒީރާގަ ަޖަޒީރާވަންތަ ކަންތައްހިނގާނެ އެކަންތަކަކީ އޯގާތެރި އަތެއް ދިއްކޮށްލީކަމުގަ ބަލައިގެން ރައްޔިތުން ކުރިއައްދިއުމުން އެއުޅެވެނީ ޖަޒީރާ ދިރިއުޅުން
ރާވެރިވެ
11 January 2020
ތިއޮތީ ގައުމުގެ ޒުވާނުންގެ ސިފަތައް ވަރަށް ރީތިކޮށް ދައްކުވައިދޭ ވީޑިއޯކޮޅެއް ... އެވެރިން ތިބޭ ގޮތާ އެވެރިންގެ އަމަލުތައް ހުންނަގޮތުގެ ފުރިހަމަ މަންޒަރުތަކެއް ... ބިމަށް ވެއްޓިފައި އޮތީވެސް ހަމަ އެފަދަ ޒުވާންސޮރެއް ... މި ގައުމުގެ އަންހެން ކަނބަލުން އިންނާނެ މީހުން ބަންގާޅުން ހޯދާ ސަބަބު ތިއޮތީ ފެންނާން ... ދެން ސިޔާސީ ވެރީން ބާރަށް އަތްޖަހާ ...
ޔުސްރާއ
11 January 2020
ފުލުހުން މަގުއަމާންކުރަން ނިކުމެ މަގުމަގުގަ ތިބެންޖެހޭ އެމީހުންނަކީ ރައްޔިތުންގެ ޚާދިމުން އެމީހުންގެ ވަޒީފާ އޮތީ ރައްޔިތުންނާ ގުޅިލާމެހިފަ ކާޅު ނުމެރޭ ވާލެއް ނުމެރޭނޭ އެމީހުން ނުބުނޭ އެމީހުން ދަނީ މިސާލުު ދައްކަމުން ވާޖިބު އަދާކުރަމުން ފައިގެ ވެލި ނުހިކި އުޅެނިކޮށް ކާޅާވާ ނުމެރޭނޭ ނުބުނޭނެ މަގާމްގަ ދެމިހުންނަންޏާ މަގާމްގެ ޒިންމާ އަދާކުރަން ޖެހޭނެ އިސްތިއުފާ ދީފަ ދިޔާމަ ދެން ނުބުނާނެ ކަންކަން ކޮށްދޭކަށް ބަހުރުވަ ރިތިކުރޭ!!!
އިބޫސޯ
11 January 2020
މިއީ ރައީސް އޮފީސް، ޕޮލިސް، އެމްއެންޑީއެފް ކުރިމަތީ މިވަރު ކަމެއް ހިނގީމާ އެކަމަށް މިމުއައްސަސާތަކުން އަޅާލެވެން ޖެހޭ ވަރުބާ؟