އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޑރ. އައިޝަތު އަލީ (ވ-2) ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 ޖެނުއަރީ 2020 - 15:48
ސްކޫލުތައް ހުޅުވުނު އިރު ހުރިހާ ސްކޫލަކަށް ވެސް ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދިރާސީ އާ އަހަރާ ގުޅުވައިގެން ސްކޫލުތައް ވެފައިވާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވީ ސްކޫލުތަކުން އެދިފައިވާ ވަރަށް ބިދޭސީ ޓީޗަރުން ހޯދާފައިވާ ކަމަށެވެ. އެ ޓީޗަރުން ރާއްޖެ އައިސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުން ޓީޗަރުން ހޯދުމުގައި، މީގެ ކުރީ އަހަރުތަކާ ހިލާފަށް މިއަހަރު ވަރަށް ކާމިޔާބުކަމާއެކު އެކަން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޝަރުމާ ވިދާޅުވީ މިއަހަރަށް ސްކޫލުތަކަށް އިތުރަށް ބޭނުންވާ ކަމަށް އަންގާފައިވަނީ ބިދޭސީ 251 ޓީޗަރުންނެވެ. އޭގެ އިތުރުން ހަ ޓީޗަރުން ފިޔަވައި އެހެން ހުރިހާ މަގާމަކަށް ވަނީ ޓީޗަރުން ހަމަވެފަ އެވެ. ޓީޗަރުން ހަމަނުވާ ހަ މަގާމަކީ ގުރުއާން މާއްދާ އަށް ބޭނުންވާ ޓީޗަރުންނެވެ.
"ބިދޭސީން ބޭނުންވާ ހަމަ ހުރިހާ މަގާމަކަށް އަޅުގަނޑުމެންނަށް މުދައްރިސުން ހަމަކުރެވިއްޖެ. ގުރުއާން މި މާއްދާއަށް ބިދޭސީން ހަމަޖެހުނު އަދަދަކުން ސްކޫލުތަކަށް ފޮނުވިން. މީގެ އިތުރުން ސްކޫލުތަކުން، އެ ރަށްރަށުން ޕްރިންސިޕަލާއި މުުޖުތަމައު ގުޅިގެން މުދައްރިސުންގެ ކަންކަން ހަމަޖައްސާފައި ވަނީ،" ޝަރުމާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ބިދޭސީން އިތުރަށް ބޭނުންވާ އެއްވެސް މަގާމެއް މިވަގުތަކު، ސްކޫލުތަކުން ފޮނުވާފައިވާ ރިކުއެސްޓަށް ބަލާއިރު ހަމަނުޖެހި ނުހުންނާނެ،"
މިއަހަރު ރާއްޖޭގެ ސްކޫލުތަކަށް 9،427 ޓީޗަރުން ބޭނުންވެ އެވެ. އޭގެ ތެރެއިން ބިދޭސީންގެ އަދަދު އުޅެނީ 1995 ގަ އެވެ. ދިވެހި ޓީޗަރުންގެ އަދަދަކީ 7،432 އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިދިޔަ އަހަރު ސްކޫލުތައް ނިމުނުއިރު މި އަހަރަށް ބޭނުންވާ ހުރިހާ ފޮތްތަކާއި ވައުޗަރު ހަމަވެފައިވާ ކަމަށެވެ. އޭގެ އިތުރުން ސްކޫލުތައް ބަންދުވުމާއެކު ސްކޫލުތައް މަރާމާތުވުމުގެ މަސައްކަތް ނިންމާލާފައިވާ ކަން ފާހަގަކުރެއްވި އެވެ.
ސަރުކާރާއި އަމިއްލަ ސްކޫލުތަކާއެކު މިއަހަރު 83،955 ދަރިވަރުން ތައުލީމް ހާސިލްކުރާނެ އެވެ. ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު އުޅެނީ 73،067 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީ ލޯބީގާ
13 January 2020
މިއަދުވެސް އިކޮނޮ މިކްސް ގަނޑި ފުރީޓީޗަރުން ހަ މަކުރޭވައިއަނގަ ނުތަލާ
ހުތްއަލިދީދީ
13 January 2020
ނައިފަރު ސްކޫލްގަ ކުދިންލައްވާ ހަފްތާއެއް ވަންދެން ޕޯސްޓަރ ކުރަހަނީ މުދައްރިސުން ހަ މަކަ މުން
އާނސޯ
13 January 2020
އެކިއިރުގެ އެކިސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރުން އަހަރުފެށޭތާނގައިދައްކާ ތިވާހަކައަކީ އަހައިފޫހިވެފައިވާ ވާހަކައެއް. އެކަމަކު ކަމުގެޙަޤީޤަތް ފެނިއިނގޭއިރު ކަންއޮންނަނީ ވިދާޅުވާހާ ރީތިކޮށް ސާރުކޮށެއްނޫން. ގިނަފަހަރަށް ކަންވެފައޮންނަނީ ނަމަކަށް. ކިޔަވައިދިނުމުގެ އެއްވެސް ހުނަރެއް، ސަނަދެއްނެތް އެތައްބަޔަކު އެކަމުގެތެރޭގައި ގެންގުޅެވިފަ. ކިޔަވައިދިނުން ފެށިގެން ދެމަހެއްވާއިރު ތިވާހަކައިގެ ތެދުދޮގު އެނގޭނެއެވެ.
އިއްޒުއްދީން
13 January 2020
ކޮބާ ޢަރަބިއްޔާގެ ވާހަކަ މިއީ ސަރުކާރު ސްކޫލެއް ނޫންތޯ؟
އަލީ އަލީ
13 January 2020
އޮޅުވާނުލާ! އޮޅުވާނުލާ! ނޫހުގައި ހަބަރަށް ޓަކައި ތިޔަހެން ބުނެިދާނެ! އެކަމަކު އަޅުގަނޑުމެންގެ ދަރިންނޭ ކިޔަވަން ދަނީ! މަމެން ރަށުގައިވެސް ގިނަ މާއްދާތައް ކިޔަވޭދޭނެ މުދަރިސުން ހަމަ! އެކަމަކު ގިނައީ 'ރިލީފް ' ޓީޗަރުނެނޭ މިކިޔާ މީހުން! އޭގެ 7 ކުދިން އެބަތިބި! އަނެއްކާ ތިބީ ކޮން ބައެއްތޯ! 2018 ގައި އޯލެވެލް ހަދާފަ ޔުނިވާސިޓީއަށް ވަދެވޭވަރަށް ފާސްނުވާތީ ރަށުގަ ތިބި ކުދިން! މަމެންވީ މިވެރިން ކައިރިއަށް މަމެންގެ ދަރިން ފޮނުވަން! ކިހާފުރިހަމަ!
ސަކީނާ
13 January 2020
މީހުންނަށް އޮޅުވާލަން ނޫޅޭ.ސްކޫލް ހުޅުވުނުއިރު ޓީޗަރުން ހަމަނުވޭ.ބޮލަކަށް ބޮލެއް ހަމަ ޖައްސާފަހުރީ. .ގއ.އަތޮޅު މަދަރުސާގެ ޕްރައިމަރީ ގުރޭޑް ތަކަށް ކިޔަވައިދޭންތިބި ޓީޗަރުންގެ %99 އަކީ އެއްވެސް ތަމްރީނެއްނުލިބި ތިބި ޓީޗަރުން. ކޮންވާހަކައެއް މިދައްކަނީ މީހުންނަށް އޮޅުވާލަން ނޫޅެ ތެދުބަހުން ވާހަކަ ދައްކަން އާދަކުރޭ.އެޑިއުކޭޝަން މިނިސްޓްރީ އަކީ ދޮނގު ހެދުމާއި އޮޅުވާލުމުގެ ލާމަސީލު އިދާރާއެއް.
ނަހޫ
13 January 2020
ގެޒެޓް ބަލާލާއިރަށް ޓީޗަރުންނަށް އިއުލާން ކޮށްފައި އެބަހުރޭ ކިތަންމެ ސްކޫލަކުން
އިއްޒުއްދީން
12 January 2020
ދަންނަވަންތޯ. ހުރިހާ މާއްދާއަކަށް ޓީޗަރުން ހަމައެއްނުވޭ ގިނަ ސްކޫލްތަކަކު. އެކަމަނާ މިއަދު ހެއްދެވި އަނެއް ދޮގަކީ އިއްޒުއްދީންގެ ނާސްތާނެގި ހުރިހާ ދަރިވަރުން މިލްކް ޕެކެޓް ބުއިކަމަށް ބުނުން. ހުވާ ކޮށްފައި ބުނަން. އެއީ ހެއްދެވި ބޮޑުވެގެންވާ ދޮގެއް. އިއްޒުއްދީނަށް 25 ކުދިން ކްލާހަކަށް ލާފައި 3 އަހަރު ތެރޭ މި ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު ސްކޫލަށްހަދާ ވާހަކަ ބުނުން. ކިހާ ބޮޑު ތަފާތުކުރުމެއްތޯ ؟
ސައުދު
12 January 2020
ގުރޭޑް 6 ގަ އުޅޭ ދަރިފުޅަށް މިއަދު ސްކޫލުން ދިން ޓައިމް ޓޭބަލަގު ދިވެހި ޓީޗަރުގެ ނަމުގެ ބަދަލުގަ އޮތީ ނިއު ޓީޗަރ ޖަހާފަ. މާނައަކީ އަދި ޓީޗަރެއް ނެތޭ. ކަން އޮތް ގޮތަށް ބުނީމަ ކޮބާތޯ މައްސަލައަކީ؟ އޮޅުވަލާން ޖެހޭތޯ؟ ވަރަށް މަދު ޓީޗަރެއް ފިޔަވާ ހުރިހާ ޓީޗަރުން ހަމަވެފައޭ ބުނީމަ ކޮބަތޯ މައްސަލައަކީ؟
ޖަޒީރާބޭ
12 January 2020
ރާއްޖޭގެ ހުރިހާ ސުކޫލުތަކަށް ޓީޗާރުން ހަމަވާކަމަށް ކޮންމެއަހަރަކު ފެށޭއިރު އެޑިއުކޭޝަން މިނިސްޓްރީން ބުނާ ބުނުމަކީ އެޑިއުކޭޝަން މިނިސްޓަރު އަހަރު ފެށުމުގެ ގޮތުން ކޮންމެ އަހަރަކު ހަދާ އެންމެ ބޮޑު ދޮގު. ތަކުރާރުކޮށް ހަދާ ދޮގެއް އެއީ. ރޯމާ ދުވާލަށް ފެންނަން ހުންނަކަންކަމަށް ދޮގުހެދީމަ އަންނަނީ ހިނި. ހަމަ ޔަގީނުންވެސް މި ސުކޫލަށް އަދި ލިބެންވާ 3 ބިދޭސީ ޓީޗަރުން ނުލިބޭ!
ރާމިޒާ
13 January 2020
ތިޔަ މިނިސްޓްރީ އަކީ ދޮނގު ހެދުމާއި އޮޅުވާލުމުގެ ލާމަސީލު މިނިސްޓްރީއެއް.