މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު
04 ފެބުރުއަރީ 2020 - 17:03
ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހަދައިގެން ވެރިކަން ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުވާންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ބޮންޑޭ ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ޕާޓީތަކުން ކޯލިޝަން ހަދައިގެން ތިން ދައުރެއް ފެނުނު އިރު، ކޯލިޝަން ތަކުގެ އިޚުލާސްތެރިކަމެއް ނެތް ކަަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސްް ބޮންޑޭ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ސަރުކާރުގެ ހަރަދު އިންތިހާއަށް ބޮޑު ކަމަށާއި އެެއީ ވެސް ކޯލިޝަންގެ ހުރިހާ ޕާޓީތަކުން މީހުންނަށް މަގާމުތައް ދިނުމުގެ ސަބަބުން ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
"މިކޯލިޝަނަކުން އަޅުގަނޑަކަށް ނުފެނޭ އިޚުލާސްތެރިކަމެއް. އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ފާކުރުމާ، އަދި ސިޔާސަތަކީ އެމްޑީޕީގެ ސިޔާސަތު. އެ ސިޔާސަތަކީ ރައީސް ނަޝީދުގެ ފަރާތުން، އެމްޑީޕީ އުފެދުނީއްސުރެ އޮތް ސިޔާސަތެއް. އެ ސިޔާސަތެއް އަޅުގަނޑަަކަށް ގަބޫލެއް ނުކުރެވޭ އިދިކޮޅު ފަރާތްތަކުން ތަންފީޒު ކުރާނެ ކަމަކަަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމު މިހާރުވެސް މި ހިންގަނީ ބަރުލަމާނީ ނިޒާމަަކުން ހިންގާ ފަދަ ގޮތަކަށް ކަމަށާއި މިދިޔަ ތިން ދައުރުގައި ވެސް ހިނގީ އެގޮތަށް ކަމަށެވެ.
"ހަމަ ބޮޑުވަޒީރެއް ހުންނަވައިގެން ނޫނީ ނުހިންގޭނެ،" އޭނާ ވިދާޅުވި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވެސް ބޮންޑޭ ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރަން ޖޫރިމަނާތަކެއް ކަނޑައެޅިޔަސް އެކަން ތަންފީޒު ނުކުރެވޭނެ ކަމަށެވެ. ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އެއް ބަދަލަކީ "ރޯޑް ސޭފްޓީ ކައުންސިލް"ގެ ނަމުގައި ކައުންސިލެެއް އުފެއްދުމެވެ. ބޮންޑޭ ވިދާޅުވީ އެއީ އިތުރަށް ހަރަދުބޮޑުވާނެ ކަމެއް ކަަމަށެވެ.
ރާއްޖޭގައި ވެރިކަން ހިންގާނެ ނިޒާމު ކަނޑައަޅަންް 2007 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ. އޭރުގައި އެމްޑީޕީން ކެމްޕޭން ކުރީ ބަރުލަމާނީ ނިޒާމަށެވެ. އަދި އެ ފަހަރުގެ ވޯޓުގެ ނަތީޖާއާ މެދުގައި އެޕާޓީން އޭރު ސުވާލުވެސް އުފެއްދި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކުރުނުދަންނަމާލޭމީހާ
07 February 2020
ވޯޓުން ވައްކަން ކޮށްގެން ނުވާވަރު ކަންތަކާ މަތިވެގަނެގެން ތިއުޅެނީއޯ! ދިވެހިރާއްޖޭގައި މުސްލިމު ދިވެހި ރައްޔިތުން އުޅޭހާހިނދަކު ކަލޭމެނަކަށް ރާއްޖެ ނުހިންގޭނެ.
އަހްމަދު111
05 February 2020
މިވެރިކަންވެސް މިދިޔަ ވެރިކަން ވެސް ހަގީގަތުގައި ހިނގީ ޕާލަމެންޓްރީ ނިޒާމަށް! ސަރުކާރުގެ އަތުގައި ޕާލަމެންޓްރީގެ ބާރު އޮތުމަކީ އެ ނިޒާމުގެ ސިފައެއް. ތިޔަ ގެންނަން ގޮވަނީ ދެފަހަރުވެސް އަސްލު ފެއިލްވެގެން އުޅޭ ނިޒާމު! ތިޔަ އުޅެނީ ނިޒާމަކާވެސް އުސޫލަކާ ވެސް ހެދިއެއްނޫން ހަމަ މީހަކާހެދި. މި ގައުމު އެއްކޮށް ގުޅަކޮށްފައި ތިޔައިން ޕާޓީއަކަށް ދިނަސް ރައްޔިތުންނަށް ފޯރާނެ ހެޔޮ ނަތީޖާއެއް ނޯންނާނެ.
ޖީމު
05 February 2020
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިނަގާ ގޮތް ބަދަލު ކުރަންވީ އަދި ރައީސްގެ މަޑުމައިތިރިކަން ކަނޑާ ވެރިކަން ހިންގާ ތަން ދައްކާއިދޭންވި. ވެރިމީހާގެ ވީކްނަސް ވަރަށް ސާފްކޮށް އެބަފެނީ ދައިރު މެދުތެރޭން އިންތިހާބަކަށް ގޮވާލަން
ހިބަރުވަދު
05 February 2020
ދިވެހި ރައްޔިތުން ބޭނުމެއްނުވޭ ބަރަވެލި ނިޒާމެއް. އެކަހަލަ ނިޒާމުތައް އޮންނަ ޤައުމުތަކުގެ މަޖިލީހުގައި ތިބެނީ ފިސާރި ތަޢުލީމީ މީހުންނެވެ. މިޤައުމުގެ މަޖިލިސް މެންބަރުންގެ ޝަރުޠަކީ އެކްޓިވިސްޓަކަށްވުމެވެ. އެފެންވަރުގެ މެންބަރުންތިބޭ މަޖިލީހަކުން ކިހިނެއް ބަރަވެލިނިޒާމަށް ވެރިކަންކުރާނީ!
ޝޮކްތެރަޕީ
05 February 2020
ކަލޭމެންނަ ނުހިންގެޏާ ޕީޕީއެމަ ވެރިކަން ދީ. އިސްތިއުފާ
ރުޅި
05 February 2020
ބަލަ ތިޔަ ސިސްޓަމް އޮށްވަނޫންތަ ވާނޭކިޔާފަ ހަވާލުވެގެންތިޔައުޅެނީ. ތިޔަ ސިސްޓަމްގައި ތިޔަކަން ނުވަންޏާ ދެން ޖެހޭނީ ސިސްޓަމް ބަދަލުކުރާކަށްނޫން. ދެންޖެހޭނީ އިސްތިއުފާދީފަ ގެއަށްދާން. ކާކުތަ މަޖްބޫރުކުރީ ތިޔަތާ އިންނާށޭކިޔައިގެން. ތިޔައީ ކަމެއްވާބައެއްނޫން. ތިޔައީ އަމިއްލަ މަސްލަހަތު އިސްކޮށް ޖީބުފުރަންދަންނަބައެއް.
ނޯ ގާބިލް
05 February 2020
އިނގިރޭސި ރައްޔިތުން ހަނި އަގުލަބިއްޔަކުން އީޔޫއަށް ނޫނެކޭ ބުނީމަ އެތާގެ ވެރިން އެބަސް އަހައިފި. ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ވަނީ ރިޔާސީ ނިޒާމަށް އާއެކޭ ބުނެފަ. އެއަށް އިހްތިރާމްކޮށް، ރައްޔިތުން ބުނިގޮތަށް ވެރިކަން ކުރަން ނޭނގުމަކީ ތިބޭފުޅުންގެ އެ ގާބިލްކަން ނެތްކަމަށް އެއްބަސްވުން. ވީއިރު އަވަހަށް އިސްތިއުފާދީ. ގާބިލް މީހުންނަކީ ރައްޔިތުން ބުނާ ގޮތަކަށް ކަންކަން ކުރެވޭ އަދި ކުރާ މީހުން.
ސިކުނޑި
05 February 2020
ޕާޓީ ނިޒާމުގައި، ޕާޓީގެ އިސްވެރިޔަކީ ޕާޓީ ހަދާ މީހާއެެއްނޫން! އެޕާޓީއަކުން ވެރިކަމަށް އަންނަ މީހާ! އެހެންވީމާ ބޭކާރު ވާހަކަ ދެއްކުމުގެ ބޭނުމެެއްނެތް!! އެކަން އެގޮތަށް އޮތްނަމަ ތި ހުރިހާ ހާސަރެއް ދަމާކަށް ނުޖެހުނީސް!!
ރާވެރިބެ
05 February 2020
ބަރުލަމާނީ އޭ ނުކިޔާ އިސްތިއުފާ ދެއްވި ރައީސްއަށް އަލުން ވެރިކަން ދީގެންނޫނީ ވާކަންނެތޭ ކިޔާބަލަ ... ދެން އެހެން އެންމެން އަތްޖަހާނީ
ައަލިފުތާ
05 February 2020
މި ކަހަލަ ވަތަކުތޯވީ ކަތަކުތޯމީ ނޭނގޭ މީހުންލައްވާ ވަކަރަށް ޖަހާލުމަށް މީހަކު ދައްކުވާ ވާހަަކަމީ. އެ މީހަކު ފޫބުޑުން ނޭނބުރި ބޮންޑޭއަށް ރައްޔިތުން ތި ޒިންމާ ހަވާލުކުރީތީވެ ޝުކުރުވެރިވެ، ތި ހަވާލުވެހުރި ދާއިރާގެ ހާލަތުބަލާ ރައްޔިތުންގެ މަންފާއަށް މަސައްކަތްކޮށްބަލަ!