އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ފޮރުކޯށްދިނުމުގެ ހިދުމަތް މުޣުނީ ފައްޓަވައިދެއްވަނީ-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް
10 ފެބުރުއަރީ 2020 - 16:07
ކަރަންޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސްޓެލްކޯ އިން ކުރިއަށްގެންދާ "ގްރީން ލައިޓް އިނީޝިއޭޓިވް" ގެ ދަށުން އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ހަރުކޮށްދޭން ފަށައިފި އެވެ.
މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. މި ހިދުމަތް އެންމެ ފުރަތަމަ ދޭން ފަށާނީ ސްޓެލްކޯގެ މުވައްޒަފުންނަށެވެ. ސްޓެލްކޯ އިން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ހިދުމަތް އާއްމުނަށް ވެސް ހުޅުވާލާނެ ކަމަށެވެ.
މި ހިދުމަތާ ގުޅޭ ގޮތުން އާއްމުނަށް މައުލޫމާތު ދިނުމަށް ސްޓެލްކޯގެ ތިރީގައި ސެންޓަރެއް ހުޅުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މި ސެންޓަރަށް ޒިޔާރަތް ކުރުމުން އެ ގެއެއްގައި ސޯލާ ޕެނަލް ހަރު ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން ލަފާ ދޭނެ އެވެ. މި ހިދުމަތް ދޭނީ ޑިޕޮޒިޓްގެ ގޮތުގައި 5،000ރ. އާއި ގޭގެ ވެރިމިހާގެ ހުއްދަ ސްޓެލްކޯ އަށް ލިބުމުންނެވެ.
އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ފޮރުކޯށްދިނުމުގެ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ (ވ4) އާއި އެކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ-- ފޮޓޯ:އަހުމަދު އައުޝަން އިލްޔާސް
ސްޓެލްކޯއިން ފެށި މި ހިދުމަތުގެ ތެރެއިން ކޮންމެ ގެއަކަށް ފޯރުކޮށްދޭނީ 1.2 ކިލޯގެ ޔުނިޓުތަކެވެ. މީގެ ސަބަބުން ކަރަންޓުގެ ހަރަދު ކުޑަކުރެވި ބޭނުންކުރާ ހަކަތަ މަދު ކުރެވޭނެ އެވެ. މި ސްކީމްގެ ދަށުން ގޭގައި މިހާރު ހަރުކޮށްފައި ހުންނަ ސިސްޓަމްތައް ބަދަލު ވެސް ކުރެވޭނެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓރު ހަސަން މުޣުނީ ވިދާޅުވީ ހިދުމަތް ފެށުމުގެ ގޮތުން ކުންފުނީގެ މުވައްޒަފުން ހިޔާރުކުރީ އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމުގައި އެ ކުންފުނީގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ބޭނުމަށް ކަމަށެވެ. އަދި އެ ކުންފުނިން ފޯރުކޮށްދޭ ހުރިހާ ޕެނަލްތަކަކީ ވެސް ކުންފުނިން ޓެސްޓުކޮށް ދުނިޔޭގެ ވެސް މަގުބޫލުކަން ހޯދާފައިވާ ޕެނަލްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދޫކުރާ ތަކެތީގައި ވަރަށް މައްސަލައެއް ދިމާ ނުވާނެ. ރަނގަޅަށް ބޭނުން ކުރާނަމަ މި ތަކެތީގެ ޑިއުރޭޝަނަކީ 25-30 އަހަރު. އެހެންނަމަވެސް ކަސްޓަމަރުން ބޭނުންވާ ނަމަ މެއިންޓެނެންސް އެގްރީމެންޓެއް ވެސް ހަދާލެވޭނެ،" މުޣުނީ ވިދާޅުވި އެވެ.
ސްޓެލްކޯގެ އެމްޑީ މީިޑިއާއަށް މައުލުމާތު ދެއްވަނީ-- ފޮޓޯ:އަހުމަދު އައުޝަން އިލްޔާސް
ގްރޭޓާ މާލެ ސަރަހައްދަށް ހާއްސަ ކޮށްގެން ފެށި މި ހިދުމަތް ކުރިއަށް އޮތްތާނގައި އިތުރަށް ފުޅާ ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ. މި ހިދުމަތް ފުޅާ ވުމުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސޯލާ ޕެނަލް ފޯރުުކޮށްދޭނެ އެވެ.
ސްޓެލްކޯ އިން އަންނަނީ އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފެއްދުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، މި ފަސް އަހަރު ނިމޭއިރު އެ ކުންފުނީގެ 50 ޕަސެންޓް ކަރަންޓު އިއާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ފޯރުކޮށްދެވޭނެ ކަމަށް މުޣުނީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމު
11 February 2020
ވަރަށް ރަނގަޅު އިސްނެގުމެއް. މައްސަލައަކީ ކޮރަޕްޝަން. އާމުންނަށް ލިބޭނެ ކަމުގެ އުއްމީދެން ނެތް. މާލޭގަ ކުދި ބަސްތަކެއް ފަށާގޮތައް ބޮޑު ރަސްމީޔާތު ބާއްވާފަ ސޮއުވެސް ކުރި .. އަހަރުވަނީ އަދިވެސް ޙަބަރެއް ނެތް.
މަޑުއްވަރީ
10 February 2020
ކުޅޭ ކުޅޭ ކަންތަކެވެ. ސަންޓޭނަބަލް ކަންތަށް ތަކެއް ނޫނެވެ.
އަސްލުމީހާގެ
11 February 2020
ހީވާގޮތް ތީ! ބަލަން ހުރޭ
ކޮރަލް
10 February 2020
ރައްޔިތުން ފެލާލުމުގެ ބަދަލުގަ ތިޔަ ހަރުކުރާ ގޮތް ރައްޔިތުންނަށް ކިޔާ ދީބަލާށެވެ. ވެބްސައިޓުން ބެލޭ ގޮތް ހަދާ ލިއަސް ރަނގަޅު ވާނެ އެވެ. ދެން އަގުހެޔޮކޮށް ގަނެވޭގޮތް ހަދާ ދީބަލާށެވެ. ތިޔަ ހަރު ކުރުމަކި މާ އުނދަގޫ ކަމެއް ނޫނެވެ.
އިއްލެ
11 February 2020
ކޮބާ ރައްޔިތުން ފެލާފަ. ދިވެހި ކިޔަންވެސް ނޭގޭ؟ އޭގަ އެއޮތީ އިންސްޓާލްމަންޓަށް ދޫކޮށްގެން އަމިއްލަ ކުރެވޭ ވާހަކަ ކުޑަ އަގެއްގައި.. ހެޔޮ ނުވާނެ ކިޔާބަލަ
ސަމީރާ
10 February 2020
ކުދި އަދި މެދު ފަންތީގެ ފިޔަފާރިތައް ފުނޑާލަން ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް. ޝުކުރިއްޔާ ރައީސް ސޯލިހް.
އަޖައިބެއް
11 February 2020
ކޮބާތަ ތިބުނާ އެއްޗަކީ؟
އަރުވާލި އާދަނުގެ ސިޔާސީހާސަރު
10 February 2020
ސޯޅާ ފިލާ ފަރުދުން އިންސްޓޯލްމެންޓްއަށް ގެން ގޮސްގެން އެ ފިލާ މަތީ ރޮށިތޯ ދަމަށް ވީ. ތިޔަ ކަރަންޓް ގްރިޑް ހައުސްހޯލްޑް ބިލް ކުޑަ ކޮށްދެއްވަ ބައްލަވަ.
އައްޔަބޭ
11 February 2020
ބައްލަވާ އެ ފިލާގޭގޭ ކަރަންޓާއި ގުޅުވަދީގެން ކަރަންޓުބިލް ކުޑަ ކުރާ ވާހަކަ އެ އޮތީ. ބޯހަލާކު. ފޮތް ކިޔާބަލަ.
ޢަލީ86
10 February 2020
ކުރިން 3 ފޭސް ކަރަންޓަށް ލާއިރު 2000 ރުފޔާގެ ފީ އަތުލާފަ ދެން އިތުރު ފައިސާއެއް ދައްކަން ނުޖެހޭ. މިހާރު ބިލް އަންނައިރު ސާރވިސް ޗާޖާއި އިސްކުރު މޮހޮރު، މީޓަރަށް ދާންދެން ޗާޖުކޮށްފަ އިތުރަށް 6000 ރުފިޔާ ނަގާ. މިއީ ބޮޑު ފައިދާ ނަގަން ވިޔަފާރި ހިންގިއަސް ބޮޑުވަރު.
އައްޔަބޭ
11 February 2020
ކުންފުނިތައް ހުންނަނީ ފައިދާ ނަގަންށޭ. ހީވާ ގޮތްތަ
އަލީއަހުމީން
11 February 2020
މިހާރު ސިންގަލް ކޮންމެ މީޓަރަކަށް 3000 ރުފިޔާ އެބަނަގާ.މީދެން ބޮޑުވަރު