ޚަބަރު / އަލީ ވަހީދު، ކުރީގެ ޓޫރިޒަމް މިނިސްޓަރު

އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީ ކައުންސިލްގައި އަޑުގަދަވެއްޖެ

އަލީ ވަހީދާއި ގާސިމް: މި ސަރުކާރުގެ ވަޒީރުންތަކެއް ވަރަށް ދަށްކޮށްލައި އަލީ ވަހީދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ އަށް ވަނީ ފާޑުކިއުން އަމާޒުވެފައި.

މި ސަރުކާރުގެ ވަޒީރުންތަކަކަށް ނިސްބަތް ކުރައްވައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވުމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކަށް އޭނާ އަށް ފިޔަވަޅު އަޅަން ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން ގޮވާލައްވައިފި އެވެ.

ޓުވިޓާގައި އާއްމުކުރި އޯޑިއޯ ކްލިޕްތަކުގައި އިވޭ ގޮތުން، އަލީ ވަހީދު ވާހަކަ ދައްކަވަނީ އޭނާއާ ގާތް ގުޅުމެއް އޮންނަ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އާ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމަށް ވަޑައިގެންނެވި އެ ޕާޓީގެ ރައީސް އަލީ ވަހީދުގެ އަޚުލާގާއި ދަށު ދަރަޖައިގެ އަމަލުތައް އޯޑިއޯއާ އެކު އާއްމުވެއްޖެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕްގައި މައްސަލަ ހޫނުކޮށްލައިފަ އެވެ. ބައެއް މެމްބަރުން ގޮވައިލެއްވީ، އަލީ ވަހީދު ޕާޓީން ވަކިކުރާށެވެ.

އިންޒާރާ އެކު، ޓުވިޓާގައި އާއްކުރި އޯޑިއޯތައް ސައްހަ ނޫން ކަމަށާއި ބޭނުމަކީ ބަދުނާމު ކުރުން ކަމަށް ބުނެ ދިފާއުވެވަޑައިގަތުމަށް އަލީ ވަހީދު މިހާތަނަށް ވަނީ ދެ ޓުވީޓެއް ކުރައްވައިފަ އެވެ. އަލީ ވަހީދުގެ އެ ވާހަކަތަކަށް މާބޮޑު އަޅާލުމެއް ނުބަހައްޓައި ގިނަ މެމްބަރުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކިބައިން އެދިވަޑައިގަތީ އޭނާ މަގާމުން ވަކިކުރާށެވެ.

Alhuganduge machah ves thahugeegu hin'gavaa: Ali Waheed

Alhuganduge machah ves thahugeegu hin'gavaa: Ali Waheed

The most trusted news source in the Maldives

Mihaaru

އަޅުގަނޑުގެ މައްޗަށް ވެސް ތަހުގީގު ހިންގަވާ: އަލީ ވަހީދު

"އަލީ ވަހީދާއި އޭނާގެ ބައިވެރިން އިސްތިއުފާ ދިނުމަށް ގޮވާލަން. އަޚުލާގެއް ނެތް މީހުން ޖޭޕީން ބޭރުކުރަން ޖެހޭ. ލީޑަރު މިކަމުގައި އަވަސް ނިންމުމެއް ނިންމަވަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ޖޭޕީގެ ކައުންސިލް ގްރޫޕަށް މެމްބަރަކު ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްސަލަ ބެލުމަށް ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން އޭނާ ގޮވައިލެއްވި އެވެ.

Ali Waheed ge huthurubasthakun aamunnah suhumeh!

Ali Waheed ge huthurubasthakun aamunnah suhumeh!

The most trusted news source in the Maldives

Mihaaru

އަލީ ވަހީދުގެ ހުތުރުބަސްތަކުން އާންމުންނަށް ސިހުމެއް!

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ފޮނުއްވި މެސެޖެއްގައި އެދިވަޑައިގަތީ، އަލީ ވަހީދާ ގުޅޭ ގޮތުން މީޑިއާގައި ދައުރުވާ ވާހަކަތަކުގެ ހަގީގަތް ބެލުމަށެވެ. އެއީ، ޖުމްހޫރީ ޕާޓީގެ ރައީސެއްގެ ގޮތުގައި ހުންނެވި އަލީ ވަހީދުގެ އަސްލު އޯޑިއޯއެއް ނަމަ ވަރަށް ދެރަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޯޑިއޯގައި ދައްކާފައިވާ ވާހަކަތަކަކީ ޖޭޕީން ވަކާލާތުކުރާ އުސޫލްތަކާއި އަހުލާގާއި މިންގަނޑުތައް ފަހަނާޅާފައިވާ ވާހަކަތަކެއް ކަަމށް އަމީން ވިދާޅުވި އެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރު ގާސިމްގެ އަނބިކަނބަލުން ނަހުލާގެ އަގު ވެއްޓޭގޮތަށް އަލީ ވަހީދު ދެއްކެވި ވާހަކަތައް ބަލައިނުގަނެވޭ ކަމަށް އަމީން ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން ޕާޓީން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ދެކެން،" އަމީން ވިދާޅުވި އެވެ.

ޖޭޕީގެ ސްލޮޓުގައި މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދާ މެދު ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވީ ނަަމަވެސް ރަސްމީކޮށް ޖޭޕީން އަދި ވާހަކައެއް ނުދައްކަ އެވެ.

އެކި ކަންކަމާ ގުޅުވައި އަލީ ވަހީދު ވާހަކަ ދެއްކެވި އޯޑިއޯގައި އެންމެ ހުތުރުކޮށް، އެއްޗެހި ގޮވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށެވެ. އެ ދެ ބޭފުޅުން ވެސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގަ އެވެ. ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިއިރު ވެސް އަމީން ބެއްލެވީ މީޑިއާ ސްޓަންޓްތަކުން މަޝްހޫރުވެ، ކްރެޑިޓް ނެންގެވޭތޯ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ހެލްތު މިނިސްޓަރެއްގެ ހަގީގީ މަސްއޫލިއްޔަތު އުފުއްލެވީ އަލީ ވަހީދު ކަމަށް ދޭހަވާ ގޮތަށް ފަޚުރުވެރިކަމާ އެކު އަލީ ވަހީދާއި ވާހަކަ ދައްކަވާ އަޑު އިވެ އެވެ.

އެންމެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވީ މިނިސްޓަރު އައިޝަތު ނަހުލާ އަށް ގުޅުއްވައި ދެއްކެވި ވާހަކަތަކުންނެވެ. ނަހުލާ ގާތު އަލީ ވަހީދު ވިދާޅުވަނީ އޭނާ ގުޅުއްވީ "މިސްވެގެން" ކަމަށެވެ. އިރުއެރީ ކޮން ކޮޅަކުންތޯ ނަހުލާ އައްސަވަ އެވެ. އޭގެ ފަހުން އާއްމުކުރި އޯޑިއޯގައި ނަހުލާ ބަދުނާމުކުރައްވައި ވަރަށް ހުތުރުކޮށް އަލީ ވަހީދު ވާހަކަ ދައްކަވާ އަޑު އިވެ އެވެ.

41 ކޮމެންޓް, 91 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 5%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑަކައިތަ

18 February 2020

ކޮންމެމީހެއްގެވެސް ހުންނާނެ ޑިސިޕްލޭނެއް މިގޮތުން ބަލާއިރު އެންމެ ބޮޑު ޑިސިޕްނޭނެއް ހުންނަންޖެހި އެކަން ހިފަހައްޓަންޖެހޭނެ ބަޔަކީ ރައްޔިތުންނަށް ނަމޫނާދައްކަން ތިބޭ ވަޒިރުންނާއި ދައުލަތުގެ އެކި ފަންތީގައިތިބޭ އިސްވެރިންނެވެ އެހެނަސް ފެންނަކީ މިމީހުންގައި ޑިސިޕްލޭނެއްނުހިފެހެއްޓި، ރައްޔިތުންގެ ނުރުހުމާއި ފުރައްސާރަލިބޭހާ ކަންތައްކުރާތަނެވެ

The name is already taken The name is available. Register?

ނަހޫ ބަހޫ

18 February 2020

ވަރިކުރަން ކެރޭނެތޯ؟

The name is already taken The name is available. Register?

ވަހީދު

18 February 2020

އަހަރުމެން ޕީޕީއެމުން މުޒާހަރާއެއް ސަރުކާރާއި ދެކޮޅު ކަމެއް ނުކުރަނީސް މިމީހުންނާއި މިމީހުން ގޮށްޖެހި އޮޅު އެހެން މިހެން ވެގެން ގޮސް ނިމޭނީ. އިސްލާމިކު މިނިސްޓްރީ ގައި އަދާލަތާއި އެމްޑީޕީ ހަނގުރާމަ ފަށައިފި ފުރަތަމަ ދުވަހު، އަދިވެސް އަދާލަތު ކުރީގައި އޮތީ.

The name is already taken The name is available. Register?

ވަހީދު

18 February 2020

މީހެއްގެ ވެރިކަން ނިންމަވަން ﷲ އިރާދަ ކުރައްވައިފި ނަމަ، އެމީހާގެ ވެރިކަމުގައި ނުބައި ނުލަފާ ވަޒީރުން ލައްވަވާނެ ކަމަށް ދަންނަ ބޭކަލުން ވިދާޅުވޭ.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީހާސަރު

18 February 2020

ކައުންސިލް އޯޑިއޯ ލީކް ވާނެ ތޯ ؟

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީހާސަރު

18 February 2020

ޖޭޕީ ޕީޕީ ޔާމީނު ނަމަ ތިޔަކަށް ކުރެއްވީސް ދަށްވަރު އޮފީސް ހުޅުވައި މުނާޖާވަގުތު ކައުންސިލް ބާއްވައިގެންވެސް. އެކަމު ޕީޕީ އަކީ ޖޭޕީ އެށްނޫނެއް ނޫންތޯ. މިނިސްޓަރ ވަޑައިން މަނިކުފާން ވަޑައިން ( އެމް.ޑީ.ޕީ ) އަށް ވަޑައިން.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

18 February 2020

ޔާމީނު ނަމަ ސޯޝަލް މީޑިއާ ވަޒީފާއިން ވަކި ކުރީހީ. އޮޑިޓަރ ޖެނެރަލަށް ވީ އެހެން. އިމްރާނަށް ލިބުނު ޖަވާބަކީ ޚާލިދު ބުނި ވަލީދު ކަމަށް. އަލީ ހަމީދު ގެ ހުރިހާ ހުކުމެއް ސައްހަ ވަމުން އައީ އެންމެ ފަހު އެތިފަހަރު ނޫނީ. ދެންމެ ހިނގި ކަންކަން ހަނދާން ނެތޭ މީހުނަށް ކިޔަނީ ގަރަހިތަ.

The name is already taken The name is available. Register?

މަގަތުއެނދު

17 February 2020

ހޯހޯ ޢަލީ ވަހީދަށް ފިޔަވަޅު އަޅަންޏާ އާއިސައަށްވެސް ފިޔަވަޅު އަޅަންވާނެ

The name is already taken The name is available. Register?

ހަބަ

17 February 2020

ސައިޒު އޮޅިގެން އުޅެނީ އަލީ ވަހީދު.. ކޮރަޕްޓު މީހެއް.

The name is already taken The name is available. Register?

ާއުނިމާ

17 February 2020

ޤާސިމް ހީކުރީ މީނަ ދެން ޕޯޑިޔަމްތަކުގަ ހިފިނުހުރެވޭތީ ދެން ލައްކައޭ، މިއޮތީ ބޮލަށް ގުއިރިފަ، އަބިގޮށްޔެއަށް ފުރައްސާރަކޮށްފަ

The name is already taken The name is available. Register?

ތަރި

17 February 2020

ހަމަ ފިޔަވަޅު އަޅަންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454