ށ، ފުނަދޫ: އެ ރަށުގައި ކުޑަ ފިރިހެން ކުއްޖަކު މިއަދު ވަނީ ގެނބިގެން މަރުވެފައި.
21 ފެބުރުއަރީ 2020 - 18:22
ށ. ފުނަދޫގައި ދެ އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، އަތިރިމައްޗަށް އެކަނި ގޮސް އުޅުނު އެއް އަހަރާ ނުވަ މަހުގެ އަހްމަދު ސުނޫހް ފެނުނީ މޫދުގައި މަރުވެފައި އޮއްވަ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެ ކުއްޖާ ދިރިއުޅުނީ އަތިރިމައްޗާ ވަރަށް ކައިރީގައި ހުންނަ ގެއެއްގައި ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއިން ނުކުތްތާ މާ ގިނަ އިރުތަކެއް ނުވަނީސް ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ގެއިން ނުކުތީ އެ ކުއްޖާގެ މަންމަ އަސުރު ނަމާދަށް ވުޟޫކުރަން ވަން ވަގުތު ކަމަށް ވަނީ. ވުޟޫކޮށްގެން ނުކުތް އިރު ފެންނަން ނެތިގެން ހޯދިއިރު މޫދުން ފެނުނީ،" ފުނަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ކުއްޖާ ދިރިއުޅުނު ގެއާ، މޫދާ ދެމެދު ހުންނާނީ ގާތްގަނޑަކަށް 50 ފޫޓު ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔަމި
22 February 2020
މޫދު އެހާކައިރިއިރު ބަލާން ވާވަރައް ނުބެލި ތިއޮތީ އެވަރުކުޖަކު އެކަނި ގޭން ބޭރަށް ނުދެވޭ ގޮތައް ހެދިފަ ހުނަން ޖެހޭނީ އެހެން ވީމަ ވާނީ އިހުމާލަކައް
ސިންދުބާދު
21 February 2020
ހަމަ ރަނގަޅަށްވެސް ޢިހްމާލުވެފައި ތިއޮތީ. މިއުޅޭ ބައެއް ބެލެނިވެރިން ޤަބޫލު ނުކުރާނެ ޢިހްމާލް ވެވޭކަމަށް. އެހާ ހަލަނިކަން އެގޭއިރު އާއި ލޯމަރާފައި ލޯހުޅުވާލައި އިރު މޮޅެތި ކަންތައް ކުރާއިރު އެކަންތައްތައް ކުރާކަން އެގިހުރެ އެތުއްތު ކުއްޖާއަށް ރަނގަޅަށް ނުބެލުނީމަ އެއޮތީ ޢިހްމާލު ވެވިފައިއެއްނޫންތަ. މިއުޅޭ ބައެއް ބެލެނިވެރިންނަށް ނޭނގެނީ ކުދިން ތަރުބިއްޔަތު ކުރަން އަދި މާ ބޮޑަށް ފަރުވާވެސް ކުޑައީ. މިހެން ބުނީމަވެސް އަންނާނީ ރުޅި. ސުކުރިއްޔާ
ވިސްނާލުން މުހިއްމު
22 February 2020
ރަނގަޅަށް ދަރިން ގެންގުޅޭ މީހުންނަށް އިނގޭނީ. ކުދިން ގެންގުޅެ ނަހަދާ މީހުންނަކަށް ނޭނގޭނެ. މިހާރު އިޙުމާލުވުން މާނަ ކުރާކަށްވެސް ގިނަ މީހުންނަށް ނޭނގެ. އެކަނި ދަރިން ގެންގުޅޭ މީހުންނަށް އެފަދަ ކަންކަން ވާގޮތް އިނގޭނީ. ތިބޭފުޅާވެސް ދަރިއަކު ގެންގުޅެން ފެށީމަ އަދި ވިސްނޭނެ
ޒުވާނާ.
21 February 2020
ދެންްކިހިނެއްބާ ފަޅުތެރޭގަ ދިވެހިންނައް ގެއަޅައިގެން އުޅެވޭނީ
ނޫން
21 February 2020
އެކުއްޖާގެ ކާފަވެސް ނިޔާވީ ވަރަށް ފަހުން މޫދަށް ވެއްޓި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން
1828
21 February 2020
މިއީ އިހުމާލް. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިކަމުގައި މައިންބަފައިން އިހުމާލުވީ މައްސަލަ ތަހުޤީޤުކުރަން ވީއެއް ނޫން ތޯ؟
މާއިނގޭ
21 February 2020
ކަލެއަށް ދަރިއެއް ލިބި އެ ދަރިއަކީ ހަލަނި ކުއްޖަކަށް ވީމަ ކަލެއަށް އިނގޭނީ އިހުމާލަކީ ކޯއްޗެއްކަން. ނުބެލިގެނެއް ނޫން އެސްފިޔަ ޖަހާލާފަ ހުޅުވާލާ ގަޑީގަ މޮޅެތި ކަންތައްތައް ކުރަނީ.
ޙަނާ
21 February 2020
ޢިހްމާލޭ ބުނެލަން ކިހާ ފަސޭހަ... ކިތަންމެ ބެލިޔަސް އެވަރު ކުދިން ކަމެއް ކޮށްލަން ނުނަގާނެ ސިކުންތެއް... ޢާއިލާއަށް ކެއްތެރިކަން ދެއްވާށި... އާމީން..
ނަޖުމާ
21 February 2020
މިފަދަ ދަނޑިވަޅުގައި ހެޔޮ އެއްޗެއްނުބުނެވެތާ މައިތިރިވެގެން އިނދެބަލަ.
އަރު
22 February 2020
ވަރަށް ރަނގަޅު ވާހަކައެއް، ދިވެހީންގެ ގިނަ މީހުން ގައިގަ މިހާރު އެެއވެސް ޚުލްޤެއް ކުލުނެއް ނުހުރޭ