ފުލުހުންގެ މަސައްކަތް ބަލާލަން އަޔާން ކުރި ޒިޔާރަތުގައި ފުލުހުންތަކަކާއެކު ފޮޓޯއަކަށް ހުއްޓިގެން
04 މާޗް 2020 - 19:33
ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކާއި އެ މީހުންގެ ވަޒީފާއާ ގުޅޭ މަސައްކަތްތައް ދައްކުވައިދީގެން، އުމުރުން އަށް އަހަރުގެ ކުއްޖެއްގެ ހުވަފެން ފުލުހުންގެ އިދާރާ އިން ހަގީގަތަކަށް ހަދައިދީފި އެވެ.
މިއަދަކީ އަޔާން ނަމަކަށް ކިޔާ ކުޑަ އެ ފިރިހެން ކުއްޖާގެ އަށް ވަނަ އުފަން ދުވަހެވެ. އެ ކުއްޖާ ބޮޑުވެގެން ވާން ބޭނުންވަނީ ފުލުހަކަށެވެ. އެހެންވެ، ފުލުހުންގެ އިދާރާ އަށް ގޮސް، އެތަނުގައި މަސައްކަތްތައް ހިނގާ ގޮތް ބެލުމަކީ އަޔާންގެ ހުވަފެނެކެވެ.
ފުލުހުން ބުނީ، ފުލުހުންގެ އިދާރާ ދައްކައިދިނުމަށް އެދުނީ އަޔާންގެ އާއިލާއިން ކަމަށެވެ. އެހެންވެ، އަށް ވަނަ އުފަން ދުވަހު، އަޔާންގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް، ފުލުހުންގެ އެކި ޑިޕާޓްމެންޓުތަކަށް އޭނާ ގެންގޮސް މަސައްކަތްތައް ދެއްކި ކަމަށް އެ ތަނުން ބުންޏެވެ. އެކަމުގައި ބައިވެރިވީ، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި އެސްއޯއިން ވޮލެންޓިއާ ކުރި ފުލުހުންނެވެ.
Today we helped a very special boy, aspiring to be a police officer celebrate his 8th birthday! We were reached out by his family requesting a tour of #MPS. Officers from #CPPA & #SO volunteered to make his dream come true. We wish a very happy birthday to Ayaan. pic.twitter.com/gc4kowHmKL
— Maldives Police (@PoliceMv) March 4, 2020
ފުލުހުންގެ މައި އިދާރާ ބަލައިލުމަށް އަޔާން ދިޔައީ ޕޮލިސް ވެހިިކަލުގައި، އެސްއޯ ފުލުހުން ބޭނުންކުރާ ޔުނިފޯމުގަ އެވެ.
"އަޔާން އަށް އުފާވެރި އުފަންދުވަހަކަށް އެދެން،" ފޮޓޯތަކާ އެކު ފުލުހުން މިއަދު ކުރި ޓްވީޓެއްގެ ބުންޏެވެ.
އިތުރު ހަރަކާތްތަކުގެ ގޮތުގައި ހިންގާ ގިނަ ޕްރޮގްރާމްތަކުގައި ފުލުހުން ކުރިން ވެސް ކުޑަކުދިން ބައިވެރި ކުރެ އެވެ. އެކަމަކު، ފުލުސް އޮފީހަށް ގެންގޮސްގެން ކުޑަކުއްޖެއްގެ އުފަން ދުވަސް ފާހަގަ ކުރި މިއީ ފުރަތަމަ ފަހަރެވެ.
އަޔާންގެ އުފަން ދުވަހުގެ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމުން ފުލުހުންނަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ވެސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޝް
05 March 2020
ރަގަޅު ކަމެއް ބޭނުންވާ ހުރިހާކުދިންނަށް ތިފުރުޞަތު ލިބޭނެބާ.. ތިކުއްޖާ ބޮޑުވެގެން ނުދާނެ ތިތަނުގެ ވަޒީފާ އަކަށް، ތިތަނުގެ މީހަކާ ގުޅުން ހުރި ކުއްޖެއް ހެންހީވަނީ
ޢަލިމަނިކުފާނު
05 March 2020
ވަރަށް ރަނގަޅު ކަމެއް. ކުޑަކުދިންނަށް މިކަހަލަ ފުރުޞަތުތައް ފަހިކޮށްދޭނަމަ ކުދިންގެ ހިތުގައި ފުލުހުންގެ މަސައްކަތަށް ލޯބިޖެހި، އެކުދިން ބޮޑުވީމާ ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ބޮޑުވާނެ. އެހެން ކުދިންނަށް ވެސް މިކަހަލަ ފުރުޞަތު ފަހިކޮށް ދިނުމަކީ އެދެވިގެންވާ ކަމެއް
އަދާލަތު
05 March 2020
އަޅުގަނޑުމެންގެ ހުވަފެން ޙަޤީޤަތަކަށް ހައްދަވައިދެއްވިދާނެތޯ؟.ދިވެހިރާއްޖޭގެ ޤާނޫނާއި، ބައިނަލްއަޤުވާމީ ޤާނޫނާއިޚިލާފަށް ދިވެހިރާއްޖެޔަށްއަރައި ރާއްޖެހިފައިގެންމިއުޅޭ ލައްކައެއްހައި ބިދޭސީން ބޭރުކޮށްދެވިދާނެތޯ؟.ފުލުހުންނާއި ސިފައިންނަކީ، ވަކި ފަރުދެއްގެ ހުވަފެން ތަފްސީރަކަށް ވެގެންނުވާނެއެވެ. އެ ޤައުމެއްގެރައްޔިތުންގެތަފްސީރަކަށް ވާންޖެހޭބައެކެވެ.އަދި ޤާނޫނު ތަންފީޛުކުރުމުގެ އިޙުތިޞާޞް އޮންނަންޖެހޭބައެކެވެ. މިހާރުމިއޮތީ ބަންގާޅީއިސްތިޢުމާރުގައި.
އެކެއްނޫން
05 March 2020
ތިކަން ބޭނުންވާ އެހެން ހުރިހާ ކުދިންނަށްވެސް ތިކަން ފަހިވާނެތަ؟ ތިކަން ތިގޮތަށް ކުރާހިތްވާ ހުންނާނީ އެންމެ ކުއްޖެނޫންކަންނޭނގެ.
އަލްޖިބްރާ
05 March 2020
ތި ކުއްޖަކީ ފުލުހުންގެ ކޮންމެވެސް ގުޅުމެއް އޮތް މީހެއްގެ ދަރިއެއް ! އެހެންނޫނީ މިރާއްޖޭގެ ފުލުހުންނަކީ ވަރަށް ބޮޑާ ކިބުރުވެރި މަވެފަ ތިބޭ ބައެއް !
ހިންނަވަރު ބަދާސް
05 March 2020
މި ގައުމުގެ ވަރަށްމަދު ފުލުހަކުނޫނީ މީހުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި، ކުޑަކުދިންނަށް ވަރަށް އޯގާތެރި ބައެއްކަމަށް އަޅުގަނޑަށް ފާހަގަ ކުރެވޭ. އަޔާންގެ އުފަން ދުވަހަށް މަރުހަބާ ކިޔަން. އަޔާންއަކީ ބޮޑުވެގެން ފުލުހަކަށްވުމަށްފަހު ރައްޔިތުންނަށް / ބޭބެމެނަށް ރަނގަޅު ޚިދުމަތްތަކެއް ކޮއްދޭނެ ކުއްޖެއްކަމުގައި ޔަގީންކުރަން.
މޫޗީ/މީދޫ
05 March 2020
އަހރެންގެ ގެ ދަރިޔަކުވެސް އަދި އަހަރެން ދައްނަރައްޓިއްސަކަށްވެސް ތި ފުލުހުންގެ އިދާރާއިގައި މަސައްކަތްކުރަން ތާއީދެއްނުކުރަން. ފަހުރުވެރިވާފަދަ ހިދްމަތެއް ނުދެވޭ. އަޅާލުން ކުޑަ އަދި ކުއްކުރާ މީހުން ހުއްޓުވަން މަސައްކަތެއް ނުކުރޭ. ސާލިހު ވެރިކަމަށް ގެއްނަން ތާއީދުކުރީވެސް ތި މުއްސަސާ އިސްލާހުވާނެކަމުގެ އުއްމީދުގައި. ވަރަށް ދެރަ ކަމެއްނުކުރެވޭ!
ސަލީމު އިދުރީސް
04 March 2020
ތިއީދޯ ފުލުހުނައް ނުވެފައޮތް ކަމަކީ! ކަމަކައް ވާކަމެއް ދުވަހަކު ނުކުރޭވޭ މުއައްސަސާއެއްތި
ހަކީމް
04 March 2020
އުއްމީދަކީ ތިކުއްޖާ ބޮޑުވެ ތިމުއައްސަސާގެ ގެ މުޅި ވިސްނުން ބަދަލުކުރުމެވެ. ތިތާގައި ވަޒީފާ އަދާކުރަނީ " ޤައުމު " ވެގެންނެއް ނޫނެވެ " މަ " ވެގެން ނެވެ.
1828
04 March 2020
ތިވާހަކަ ޤަބޫލުކުރެވޭކަށް ނެތް.