މިއަދު ފާހަގަކުރާ ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ހިތާބު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
29 މާޗް 2020 - 11:54
ފުލުހުންގެ މުއައްސަސާ އަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބެއްގައި ވިދާޅުވީ، ފުލުހުންނަކީ މަދަނީ ބަޔަކަށް ހެދި ފަހުން، މިދިޔަ 16 އަހަރުގެ ތެރޭގައި، ފުލުހުންގެ ހިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުންނާ ގާތުން ހިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ފުލުހުން ހެދުމުގެ މަސައްކަތެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލް ފާސްވުމާ އެކު، ފުލުހުންގެ ހިދުމަތް ހަރުދަނާ ވާނެ ކަމަށެވެ.
"ފުލުހުންގެ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެން ދާނެ. ހަމަ އެފަދައިން، މުޖުތަމައުގައި އާލާވަމުން އަންނަ އާ ބާވަތްތަކުގެ ކުށްތައް ހުއްޓުވައި، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލެވޭފަދަ ގާބިލު މުއައްސަސާއަކަށް، ދިވެހި ފުލުހުންގެ ހިދުމަތް ބަދަލުވެގެން ދިޔުމަށް މަގުފަހިކޮށްދޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"މި ދެންނެވި ބިލް ގާނޫނަކަށް ވެގެންދާއިރު، ފުލުހުންގެ މުޅި މުއައްސަސާ އަށް އަންނަ ބަދަލުތަކާ އެކަށޭނަ ގޮތަށް، ދިވެހި ފުލުހުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ތަމްރީނު ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ."
ރައީސް ވިދާޅުވި ގޮތުގައި، އައްޑޫގައި މިހާރު ހަދަމުން އަންނަ، ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު މި އަހަރު ހުޅުވާނެ އެވެ. އެ ތަނުގައި ފުލުހުން ތަމްރީނު ކުރަން ފެށުމުން، އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހި ފުލުހުންނާ މެދު ރައްޔިތުން ކުރާ އުންމީދު ވަރަށް ބޮޑު. މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް. އެހެންކަމުން، މާލެ އާއި އަތޮޅުތަކުގައި މަސައްކަތް ކުރާ، ހަމަ ކޮންމެ ފުލުހެއްގެ ހީވާގި ގައުމީ ހިދުމަތް ފާހަގަކޮށް، ހުރިހާ ފުލުހުންނަށާއި ފުލުހުންގެ ހިދުމަތުގެ އެހެނިހެން މުވައްޒަފުންނަށާއި ފުލުހުންގެ އާއިލާތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް
އެ މަނިކުފާނު ވިދާޅުވީ، ފުލުހުންގެ ހިދުމަތް އަމާޒުކުރަން ޖެހިފައި ވަނީ ކުށް ކުރުން ހުއްޓުވުމަށާއި ކުށްވެރިން ގާނޫނުގެ ކުރި މައްޗަށް ގެނައުމަށް ކަމަށެވެ. ކުށް ކުރުމުގެ ވައްޓަފާޅި އާއި ބޭނުންކުރާ އުކުޅުތައް ދުވަހުން ދުވަހަށް އަންނަނީ ބަދަލު ވަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އަމާން ވެށްޓެއް ގާއިމުކޮށްދީ، ސުލްހަ މަސަލަސްކަމުގައި ދިރިއުޅެވޭނެ ކަމުގެ ޔަގީންކަމާއި އިތުބާރު ހޯދައިދިނުމަށްޓަކައި، މުޖުތަމައުގައި ހިންގާ ކުށުގެ އެންމެހައި އަމަލުތައް މަދުކުރުމަށް، ދިވެހި ފުލުހުން މިހާރަށް ވުރެ މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.
"މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ މީހުންގެ އަމަލުތައް އަންނަނީ ފުޅާކުރަމުން. ކުޑަކުދިންނާއި އަންހެނުންނާއި ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ އެހެން މީހުންނާއި ކުދިންނާ ދެކޮޅަށް ހިންގާ ކުށްތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވެ، އެ މައްސަލަތައް ހައްލުކުރުމަށް ދެވޭ ސަމާލުކަން އިތުރުވެއްޖެ."
ރައީސް ވިދާޅުވި ގޮތުގައި، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ ފުރަތަމަ މަރުހަލާ ފެށިގެން އަންނަނީ ފުލުހުން ކުރާ ތަހުގީގުގެ ތެރެއިންނެވެ. އެހެންކަމުން ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް ފުރިހަމަ ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލް ފާސްވުމާ އެކު، ފުލުހުންގެ ހިދުމަތް ހަރުދަނާ ވާނެ ކަމަށެވެ.
ފުލުހުންގެ ފަރާތުން އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ކުށުގެ އަނިޔާ ލިބޭ މީހުންނަށް، ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމަށް، ފުލުހުންގެ މުއައްސަސާއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރެވޭކަން، ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމެވެ.
ރައީސް ވަނީ މިހާރަށް ވުރެ ބޮޑަށް ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު، ރައްޔިތުންނާ މުއާމަލާތް ކުރާ ބަޔަކަށް ފުލުހުން ވުމަށް އެދިވަޑައިގެންފަ އެވެ. އަދި ގާނޫނުގެ ބާރަށް ވުރެ ފުލުހުންގެ ހިނިތުންވުމާއި އޯގާތެރިކަމުން ރައްޔިތުން ކިޔަމަންތެރި ކުރާ ބަޔަކަށް ވުމަށް ފުލުހުންގެ ފަރާތުން ރައީސް އެދިވަޑައިގަތެވެ.
"ދިވެހި ފުލުހުންނާ މެދު ރައްޔިތުން ކުރާ އުންމީދު ވަރަށް ބޮޑު. މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް. އެހެންކަމުން، މާލެ އާއި އަތޮޅުތަކުގައި މަސައްކަތް ކުރާ، ހަމަ ކޮންމެ ފުލުހެއްގެ ހީވާގި ގައުމީ ހިދުމަތް ފާހަގަކޮށް، ހުރިހާ ފުލުހުންނަށާއި ފުލުހުންގެ ހިދުމަތުގެ އެހެނިހެން މުވައްޒަފުންނަށާއި ފުލުހުންގެ އާއިލާތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
29 March 2020
ފުރަތަމަ ވެފައިވާ ރިޔާސީ ވައުދު ފުއްދަވާ. ނުހައްގުން ވަޒީފައިން ވަކިކޮށްފައިވާ ފަރާތްތަކަށާއި ސިޔާސީ ބެނުމަށް ވަޒީފައިން ވަކިކޮށްފައިވާ ފަރާތްތަކުގެ ވަޒީފާ އިއާދަކޮށްދެއްވާ. މިއަދު މިއީ ފުލުހުންގެ ވަޒީފައިން ނުހައްޤުން ވަކިކޮށްފައިވަ ފަރާތްތަކުގެ ވަޒީފާ އިއާދަކޮށްދޭން ރަނގަޅު ދުވަހެއް. ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި އިބޫ އަކަށް ވޯޓެއް ނުދޭނަން ވައުދު ނުފުއްދަންޏަ އެއް.
ވަކަ މުހައްމަދު
29 March 2020
ނާތަހުޒީބު ތަންދޮރު ނުދަންނަ ވާނުވާނޭގޭ މީހުން މާގިނައީ - ތިތާ ބޮޑުމީހާވެސް ސްޓައިލް އެއް ނުހުރޭ، މަ މަމޮޅޭވެގެން މާ ދެއްކެން އުޅޭ މީިހެއް އަދި ޖެހުނު މީހާގެ ވާހަކަ ދައްކަންވެސް ލަދު ގަނޭ
ފަހުދު
29 March 2020
ފުލުހުންނަކީ މިހާރުވެސް އިތުބާރުހިފޭބައެއް މައްސަލައަކީ އިތުބާރުކުރެވޭ ބަޔަކައް ނުވާތީ.
އަބްދޫ
29 March 2020
ފުލުހުން އިތުބާރު ހުރި ބަޔަކަށް ހަދާނަމަ ގަނޫނުއަސާސީގެ 52 އާ އަދިހެއްކާބެހޭ ބައެއް މައްދާތަކަށް ވެސް އިސްލާހު ގެންނަންޖެހޭ އޭރުން ކުށްކުރުން ފުލުހުންނަށް ހުއްޓުވާލެވިދާނެ. ފުލުހުންނަށް އިތުބާރުވެސް ލިބިގެންދާނެ.
ބޮޑުމީހާ
29 March 2020
ރައީސް ހީވަނީ އަދިވެސް އިދިކޮޅުގަ ހެން ހުރީ. މިވެނި ކަމެއް ކުރާނަން، ބަދަލުކުރާނަން، ހޯދައިދޭނަން މިނޫން އަޑެއް ނީވޭ. މިހާރު ތިހުރީ ގައުމުގެ ރައީސަކަށް، ފުލުހުންގެ ހިދުމަތް ރަގަޅުކޮށްފަ ދެން އެވާހަކަ ދައްކާނީ
ދޮން ދީނި
29 March 2020
ފުލުހުންނަށް އިތުބާރު އެބައޮތް ގައުމުގެ ގިނަމީހުންނަށް. ތިވާހަކަ ގައުމުގެ ރައީސްގެ ހައިސިއްޔަތުން ގައުމާ މުޚާތަބުކޮށް ނުބުނުންޏަސް ހަމައެކަނު އެމްޑީޕީ އެއްވުމެއްގައި އެމީހުންނާއި މުޚާތަބުކޮށް ބުނެލިނަމަވެސް ފުދުނީސް
އޮނަރަބްލް އަފީފު ދީދީ
29 March 2020
ޙައިކޯޓުން އުތުރުގެގޮފި ކުޅުދުއްފުއްޓަށް އަދި ދެކުނުގޮފި އައްޑޫގައި ޤާއިމްކުރުމުން މިއީ ލާމަރުކަޒުކުރެވިގެންދާއިރު ސަރަހައްދު ކަޑައެޅޭގޮތް ކަމުގައި ބެލުނު. # އެގޮތުން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެއާއިއެކު)ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ޕްރޮވިންސް ހަދާ ރާއްޖެ ލާމަރުކަޒުކުރާނެކަމަށް ބެލެވުނު. # މިއަދު ފުލުހުންގެޑިވިޝަންތައް 7 ސަރަހައްދަކަށްބަހާލަން އުޅޭއުޅުމަކީ މިކަން ކުރާން ބޭނުންނޫންކަމުގެ ހެއްކެއް.
ހަކީމް
29 March 2020
މަތިފަޑީ ގައިތިބި ގިނަ އޮފިސަރުންނަކީ ކުނިވެފަ ތިބިބަޔެއް. އެބައި ނުދަނީހެއް ލާހިކެއް ނޫން ރަނގަޅު ކުރާކަށް.
އައްޑޫ އާބާދު
29 March 2020
ހަދާފަ ބަހައްޓާ އަހަރުމެން ފިއްބޮލުގަ ހުރިދެލޮލަކުން ތިކަން ފެންނާނީ
ކުމާރުު
29 March 2020
މަނިކުފާނުގެ ޅިޔަނަކަސް ކިހިނެއްތޯ ތިކަން ކުރާނީ އިންޓެލިޖެންސް މައްސަލައެއްގައި ހަމީދު އިތުބާރު ގެއްލިފައި ހުއްޓާ ފުލުހުންގެ ބޮޑު މީހަކަށް ބަހައްޓައިގެން؟