ވިޔަފާރި / އެސްޓީއޯ

އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި އަގުހެޔޮވާނެ

އެސްޓީއޯގެ އަގުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ އެމްޑީ އަމްރު ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/މިހާރު

އެސްޓީއޯ އިން ރާއްޖެ އަށް އެތެރެކުރާ އަލުއްވާއި ފިޔާ އަދި ބިހުގެ އަގު ބޮޑު ނުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އަގަށް ބަދަލެއް ނައި ނަމަވެސް ބާޒާރުގައި އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯ އިން މި ބާވަތްތައް ވިއްކާނީ ލިމިޓްކޮށްގެން ކަމަށެވެ. އެގޮތުން އައިޑީ ކާޑަކަށް ކިލޯއެއްގެ އަލުއްވާއި ފިޔާ އަދި ބިސް ޓްރޭއެއް ވިއްކާ ގޮތަށް ލިމިޓް ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި ބާވަތްތަކުގެ އަގު ބާޒާރުގައި މިދިޔަ ހަފުތާގައި ވަނީ އުފުލިފަ އެވެ. އެގޮތުން 12ރ. އަށް ލިބޭ ފިޔާ އަދި އަލުވި ކިލޯއެއް ބާޒާރުގައި މިހާރު ލިބެން ހުރީ 25ރ. އަށެވެ. ނަމަވެސް އެސްޓީއޯ އިން އަދިވެސް މި ދެ ބާވަތް ވިއްކަމުން އަންނަނީ 12ރ. އަށް ކިލޯ އެކެވެ.

ބާޒާރުގައި ބިހުގެ އަގު 2.50ރ އަށް. އެރި ނަމަވެސް މިހާރު އަގު ވަނީ 1.50ރ. އަށް ވެއްޓިފަ އެވެ. ބާޒާރުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަގުތަކަށް ބަދަލު އަންނާނެ ކަަމަށް ވިޔަފާރިވެރިން ލަފާކުރެ އެވެ. މި ބަދަލުތައް އައި ނަމަވެސް އެސްޓީއޯ އިން ކާބޯތަކެތި ވިއްކާ އަގަކަށް ބަދަލު ނާންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި އެސްޓީއޯ އިން ކާބޯތަކެތި ހުސްނުވެ ލިބެން ހުންނާނެ އެވެ. ނަމަވެސް ލިމިޓު ކުރަން ޖެހުނީ އެސްޓީއޯއިން އަގުހެޔޮކޮށް ގަނެގެން ބާޒާރުގައި އަގު ބޮޑުކޮށް ތަކެތި ވިއްކަމުން އަންނަކަން ފާހަގަކުރެވޭތީ ކަމަށެވެ.

20 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހާ

30 March 2020

ކިޔު ގަ ޖެހިގެން އައިޑީ ހިފާގެން ދިޔާމަ 1 ކިލޯ ފިޔާ އެޙާ ހަޑި އަދި

The name is already taken The name is available. Register?

އަލި

29 March 2020

މާލޭގަވެސް 30 ރުފިޔާ އަށް ފިޔާ ކިލޯ ހުރީ.

The name is already taken The name is available. Register?

ހާމަ333

29 March 2020

ކޮބާ މިއޮތީ އަހަރުމެން ބުނިތަން އައިއްސަ...މުދާ ހުސްނުވެ ލިބެން ހުންނާނެ ކަމަށް ބުނި އިރު މީހަކަށް ކިލޯއެއް މީހަކަށް ބިސްޓްރޭއެއް...ދެން އަހަރުމެންވީ ބޮޑު ކިއުހަދާފަ އެސްޓީއޯ ދޮށަށް ދާންތަ...މިވަރުން ދަންޏާ އަދި ބޮލަކަށް ބިހެއްވެސް ޖެހޭނެ ދުވަސް އަންނާނެ...

The name is already taken The name is available. Register?

Ekamaku

29 March 2020

ކަލޯ.. ޝުކުރު ކޮށްބަލަ މިވަރުވެސް ވާކަމަށް. މުޅި ދުނިޔެއެންމެން އުޅޭ ހާލުބަލާބަލަ. ކާބޯތަކެތި އުފައްދާ ގައުމުތައްވެސް އުޅެނީ މިއައްވުރެ ހާލުގަ. ކަލޭ ނުބުންނަސް ތިހުރިހާ ކަމެއްވާނެ ކަން އެންމެނަށްވެސް އެނގޭ. ސަރުކާރުން އެހެންބުންނަސް މިގޮތަށް ގިނަދުވަހު ދަންނާ މުޅި މިރާއްޖެއިންވެސް މިކަހަލަ ހަލާކުވާއެއްޗެހި ހުސްވާނެ.

The name is already taken The name is available. Register?

މުއަސްލުހަގީގަތް

30 March 2020

ބަލަ މިހެން ނުވީސް ގުދަން ނުކުރިނަމަ. އޭރުވެސް ގޮވަމުން ދިޔައީ މަދުން ގަންނާށޭ. އެކަ މަކު ބުނާ ގޮތެއް ނުހެދި. ކަންތައްތައް ގޯސް ވީ މަ ދެން ޖެހޭނީ ލި މިޓްކުރަން.

The name is already taken The name is available. Register?

ހަމްދު

30 March 2020

އުފެދުން ތެރިކަން ނެތްތަނެއްގާ ދުނިޔެ ހުއްޓިފަވާ ދަޑިވަޅެއްގާ ކަލޭބުނިތަނެއްނޫން މިއަކީ. މިއީފުދި އިތުރުވެސް ވާވަރު. ލިމިޓުކުރީ މީގެން ނާޖާއިޒް ފައިދާބަޔަކު ނަގާތީ އޭބުނެފަވަނިކޮއް މިކޮމަންޓު ޖެހީތީވެސް މަހާރާންވެއްޖެ. މިކޮމެންޓު ޕޯސްޓުނުކުރާނެކަން އެގޭހާލު ސުކުރީން ސޮޓައްފަހު ފޮނުވާލަން .

The name is already taken The name is available. Register?

އަބްދުލްފައްތާޙް

29 March 2020

މައްސަލައަކީ ވިޔަފާރިތަކަށް ދޫނުކުރާތީ. ކައްކާ ތެޔޮ ވެސް އެސްޓީއޯ އިން ހުސްވެފާ ހުރީ. އެސްޓީއޯގެ ދައުރު މިއަށް ވުރެ ފުރިހަމަ ވާންޖެހޭ.

The name is already taken The name is available. Register?

އެޓޮމް

29 March 2020

އަ މުރޫ ރާއްޖެ ތެރޭ 30 ރ އަށް ފިޔާކިލޯ ވިއްކަނީ ވިޔަފާރިތަކަށް އެސްޓީ އޯއިން ނުލިބެއޯ

The name is already taken The name is available. Register?

ތަކެތި އަގުބޮޑު

29 March 2020

މިއަދުވެސް ތަކެތީގެ އަގު ލޯކަލް މާރުކޭޓުގައި ހުރީ ކުރީހަފްތާއަށް ވުރެ %30 ބޮޑުވެފައި މިކަން ބަލާ ހަމަމަގަށް އަޅުވާނެ ބަޔަކު ނެތް އަދި އެތަނުގެ މުޑުދާރު ކަމުގެ ވާހަކަ ރަގަޅުވާނީ ނުދެއްކިއްޔާ

The name is already taken The name is available. Register?

ބޮޑުމީހާ

29 March 2020

ރައްޔިތުން މުދަލަށް ނުޖެހޭނެޔޭ ބުނި ގްރޫޕު މީ، އަދި މަސްދުވަސް ނުވޭ

The name is already taken The name is available. Register?

ރަބަރޭ

29 March 2020

ފިޔާ އަލުވި ބިސް ގެނައިމަ ޤައުމުގެ ހުރިހާކަމެއް ފުރިހަމަވޭ. ޑޮލަރުހުރީ 17 ގަ. މޮޅުވާހަކަދައްކަނީ.

The name is already taken The name is available. Register?

މިމު

30 March 2020

އިންސާނަކަށްވީތީވެސް އިންސާނެއްގެ ސިކުނޑިން ވިސްނަބަލަ. ބަލާއާފާތުގެ ވަގުތުގައި ތިމާމެން އެއަށްވުރެ ބޮޑު ބަލާއާފާތަކަށް ވީމަ ކަމަކު ނުދާނެ

The name is already taken The name is available. Register?

ރަދީފް

29 March 2020

''އައިޑީ ކާޑަކަށް ކިލޯއެއްގެ އަލުއްވާއި ފިޔާ އަދި ބިސް ޓްރޭއެއް ވިއްކާ ގޮތަށް ލިމިޓް ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.'' ގޯހެއް ނޫން.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

29 March 2020

އެސްޓިއޯއިން ވިއްކާ އަގުހެޔޮތަކެތި ރައްރަށުގަތިބި ރައްޔިތުން ގަންނަންދާންވީ ދެކޮޅުޓިކެޓްނަގައިގެން މާލެއަށްތައް...ތަންކޮޅެ ހެޔޮވިސްނު މެނެތްތަ..އަތޮޅުތެރޭގަހުރި އެސްޓިއޯގެ ފިހާރަތަ މެދުވެރިކޮށް އަތޮޅުގެ ރައްރަށުގެ ކޮއް މެވެސް ވިޔަފާރި އެޖެންޓެ މެދުވެރިކޮށް ރައްޔިތުންނަ ލިބޭގޮތް ހެދީ މަނޫންތަ އެސްޓިއޯއިން އަގު ކޮންޓްރޯލުކުރަން މަސައްކަތެކުރާ ކަ މަށްބުނެވޭނީ..ކިޔުޖެހިގެން މީހަކަށް އެއްކިލޯ ފިޔާ ވިއްކީ މަވެސް ބުނަންވީ ތަކެތިހުސްނުވެ ލިބެޔޭތަ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454