ބަންގްލަދޭޝް އާއި ނޭޕާލުން އައި ދިވެހިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: އެ ދެ ގައުމުން 71 ދިވެއްސަކު ރާއްޖެ ގެނައީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓަކުން. -- ފޮޓޯ: ފޮރިން މިނިސްޓްރީ
20 އެޕްރީލް 2020 - 19:16
ބަންގްލަދޭޝް އާއި ނޭޕާލުގައި ތާށިވެފައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ބަންގްލަދޭޝްގައި ތާށިވެފައި ތިބި 53 ދިވެހިންނާއި ނޭޕާލުގައި ތިބި 18 ދިވެހިންގެ އެ ބޯޓުގައި ގެނައި ކަމަށެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވާން 10 މީހުން ހިމެނޭ ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް އެ ބޯޓުން އައެވެ. އެ ދެ ގައުމުގައި ތިބި ގިނަ ދިވެހިންނަކީ ޑޮޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރުންނާއި އެކި ދާއިރާތަކުން ސްޕެޝަލައިޒްވަމުން އައި ޑޮކްޓަރުންނާއި އިންޓާންސް އެވެ.
އެ އެންމެން ގެނައީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިންނެވެ. ނޭޕާލުގައި ތިބި ދިވެހިންނާއި ބަންގްލަދޭޝްގެ އެކި ސިޓީތަކުގައި ދިރިއުޅެމުން ދިޔަ ދިވެހިން، ޑާކާއަށް ގެންދަން ވޭތުވެ ދިޔަ ދެ ދުވަހު ބަންގްލަދޭޝް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެ ގައުމުގައި ތިބި ދަރިވަރުންނަށް ރާއްޖެ ނާދެވުނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ދެ ގައުމު ލޮކްޑައުންކޮށް ބޯޑަރުތައް ބަންދުކުރުމުންނެވެ.
ބަންގްލަދޭޝްގައި ތިބި ދިވެހިން ގެނައުމާ ގުޅޭ ގޮތުން އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮކްޓަރު އަބްދުލް މޫމިންއާާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެ ފަހަރެއްގެ މަތިން ފޯނުން މަޝްވަރާކުރެއްވި އެވެ. ރާއްޖެ އައި ބޯޓުން ވަނީ ބަންގްލަދޭޝްގެ 70 ރައްޔިތަކު އަނބުރާ ގެންދަން ނިންމައިފަ އެވެ.
ބަންގްލަދޭޝް އިން ވަނީ 100 ޓަނުގެ ހިލޭ އެހީ ވެސް ރާއްޖެއަށް ހަދިޔާކުރަން ނިންމައިފަ އެވެ. ކާޑުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ އިތުރުން ބޭހުގެ ބާވަތްތައް ވެސް އެ އެހީގެ ތެރޭގައި ހިމެނެ އެވެ. އެހީގެ ތަކެތި ހިފައިގެން އަންނަ މަނަވަރު މާދަމާ ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޫލާ ކިންގްސްޓަން
21 April 2020
ކިހާ ދެރަ؟
ހނ
21 April 2020
މެލޭޝިޔާގައި ހާލުގަޖެހިފަ ތިބި ކިޔަވާކުދިން ގެނެސްދެނީ ކޮންއިރކުންބާ! ސަރުކާރުގެ އިސްމީހުންގެ އާއިލާތަކާއި ރައްޓެހިން ގެނެސްދެނީ...ދެރަނިކަމެތިން މަގުމަތިވެފަ.ކޮބާ އިންސާފު! ހަމަހަމަކަން!
ހޯރަބޭ
21 April 2020
ކީއްވެގެންތޯ ރެޑްކާފެޓްގަ މަރުހަބާ ނުކީ ދަރިވަރުންނާއި ޑަކުޓަރުން ޓީމަކާއި މެޑިކަލު އެހީ ނުފުދުނީތޯ. އިންޑިޔާއިން ބޭސް ކޮޅެއް ގެނައިމަ ރެޑްކާފެޓް ގަ މަރުހަބާ ތަފާތު ކުރުން ހުއްޓާލާ. .ހުރިހާ ބޭފުޅުން ވެސް ގޭގަ ތިބޭތި.
ދެރަ
21 April 2020
ބަންގްލާދޭޝް ސަރުކާރުން ކޮށްދިންކަންތަކަށް ޝުކުރުދަންނަވަން. ޢެކަމަކު މިފަދަކަމަކުން މިކުޑަގައުމުގައިތިބި އެތައްހާސް ބަންގްލާދޭޝް ރައްޔިތުން މަދުކުރުމުގެ މަސައްކަތަށް ހުރަސް އެޅިގެންނުވާނެ. މިގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވާވަރަށް މިއަދު ބިދޭސީން އެބަތިބި. ޢަހަރެމެން ވެސް މިއުޅެނީ ވަރަށްދަތިކޮށް. ޥީމާ ދެ ސަރުކާރުން ވާހަކަދައްކައިގެން ބިދޭސީން ފޮނުވާލުން ބުއްދިވެރި. ޢަދި އިތުރަށް ބިދޭސީން 10 އަހަރުވަންދެން ނުގެނެވޭގޮތް ހަދަން ގޮވާލަން.
ރަންދެލި
20 April 2020
ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގަ އެންމެ ބޮޑު އެހީތެރިކަމެއް ދިވެހި ސަރުކާރަށް ފޯރުކޮށްދިނީ ބަންގްލާދޭޝް ސަރުކާރުން ކަން ހަނދާން ހުރި ބޭފުޅަކު މިހާރު އުޅޭ ހެން ހިއެއްނުވޭ! މީ ވަރަށްވެސް ދެރަ ކަމެއް.
ވަތަން އިސްކުރަންޖެހޭ
20 April 2020
ރާއްޖޭގަ މިކަހަލަ ބޯޑުގަޑެއްވެސް ނެށް ދިން ހެލިކަޕްޓަރަކީވެސް އަހަރުމެންގެ ބާރުގެ ދަޝުގަ އޮންނަ އެއްޗެއްނުން. ރާއްޖެގަ ރަގަޅު ވެރިއަކައްއެރީވެސް ރޔާމިން ދެންތިބީ ޤައުމުދެކެ ލޯބިނުވާ މީހުން.
އަންޑާޕޫލްމާ
21 April 2020
ކަލޯ ތިކިޔޭނުކިޔޭއެއް އިނގޭތަ؟
ގހޮލށ
21 April 2020
ރ ޔާމިން ވެރިކަމުން ފެއިބީ މިކަހަލަ އެތަ ބޯޓު ތަކެއް ހޯދާދީފަތަ؟؟؟ ރ ޔާމިން ލޯބިވީ ރ ޔާމިންދެކެ. ސުކުރިއްޔާ.
ނ
20 April 2020
ރަށައް ގޮސި
ބަނިއާދަން
20 April 2020
އިންޑިޔާއިން އައި ސިފައިންގެ މެޑިކަލް ޓީމު ތިބިި ހިސާބަކާއި ކުރާ މަސައްކަތެއް ބަލާލަދީބަލަ.
ސޯލިހު
20 April 2020
ރާއްޖޭގަ ރައްރަށައްނުދެވިފަ ތިބިމީހުން ރައްރަށައްނުފޮނުވުނު !!! އެކަމަކުބަނގުލަދޭށްގަ ނޭޕާލުގައި ތިބިމީހުން ގެނެވިއްޖެ މީކިހާމަޖާކަމެއް
ކުޑަމީޙާ
20 April 2020
ޝަކުވާކުރުން މަދުކުރަންވެއްޖެނު؟ އެތަނުން އެގެނައީ ސިއްޚީ ޚިދުމަތްތެރިންނޭ! ތިމާޔަށާއި ދެންތިބިމީހުންނަށް ފަރުވާދީ އަޅާލަން. އަނެއްކާ އެގެނައީވެސް އެހެންގައުމެއްގެ އެހީގަކަން ނޭގުނުދޯ؟ ރަށްރަށަށް ނުދެވިފައި އެތިބެނީ ކަމެއްޖެހިގެން. މިއޮށްހުރިހާދުވަހު ދެވުނެއްނު؟ ކެތްކޮށްލުން ކިހިނެއްވާނެބާ؟ ތިމާތިޔައީ އަނެއްކާ ނުދެވިފަހުރި މީހެއްތަ؟ މިހާރުވެސް ރަށްރަށަށް މީހުންގޮސްގެން އެއުޅެނީ ބަންދުކުރަން ޖެހިގެން
ޝޮކްތެރަޕީ
20 April 2020
އިންޑިޔާއައްވުރެ ބަގްލަދޭސްވެސް ރަގަޅު.
އަންޑާޕޫލްމާ
20 April 2020
އެއީ ކީއްވެ؟
އޮރިޖިނަލް މޮހަނު
20 April 2020
އިންޑިއާ ތިކަހަލަ ކަމެއް ކުރުމުގެ 3 އަހަރު ކުރިން އެކަން ނޫސްތަކުގަ ޖަހާ ފޮޓޯ ނަގާނެ. ދެން އެ މުއްދަތުގެ ތެރޭގަ އެކި އެކި ކޮންޑިޝަންތައް ކަނޑައަޅާނެ. އިންޑިއާގެ ބޭންކުތައް ރުއްސައިގެންނޫނީ ފަންޑިންގ ނުލިބޭ ގޮތް ހަދާނެ. އަދި ތިކަމުގެ ފީޒިބިލިޓީ ހަދަން ރާއްޖޭން ޖެހޭނެ އިންޑިއާ ކުންފުންޏަކަށް ލާރިގަނޑެއްދޭން. މިކަމަށް ތައްޔާރުވާން ބޮޑު މިލިޓަރީ ޓީމެއް ފޮނުވާނެ އެމީހުން ތިބޭނެހާ ދުވަހަކު ތިބެ އޭގެ ޚަރަދު ދިވެހިން ދިނުމަށް. އާޚިރުގަ ކަންވެސް ނުވާނެ.