23 އެޕްރީލް 2020 - 08:58
ބޮޑެތި ކަންކަމާ ކުރިމަތިލައިގެން ވަރަށް އަވަހަށް އެކަންކަމުން އަރައިގަތުމަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގެ ހާއްސަ ސިފައެކެވެ. މުޅި ދުނިޔެ މިހާރު ހަނގުރާމަކުރަމުން އަންނަ ކޮވިޑް-19 އުފަންވެ، އެ ބަލީގެ ނުރައްކާ އެންމެ ބޮޑުވި ގައުމު ވަނީ އެކަމުން އަރައިގަނެ، އާންމު ހާލަތަކަށް ރުޖޫއަވާން ފަށައިފަ އެވެ. ކޮރޯނާވައުރަސް ފެތުރެން ފެށުމާ އެކު ޗައިނާ އިން ވަނީ ހައެއްކަ ދުވަހުންނާއި 10 ދުވަހުން ބޮޑެތި ވަގުތީ ހޮސްޕިޓަލްތަކެއް ވެސް ބިނާކޮށްފަ އެވެ. އހެންވެ އެ ގައުމުގެ ފަންނުވެރިކަމާއި ކުޅަދާނަކަމާ ދޭތެރޭ އެއްވެސް ބަޔަކު ޝައްކެއްނުކުރާނެ އެވެ.
އެ ގައުމުގެ އިގުތިސާދު ވެސް ހިނގައިގަނެ، ބޮޑެތި މަޝްރޫއުތައް ވެސް މިހާރު އަންނަނީ ފަށަމުންނެވެ. މިގޮތުން ޗައިނާގައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމް ބިނާކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ގައުމުގެ ގުއަންގްޒޫ ސިޓީގައި ބިނާކުރާ މި ސްޓޭޑިއަމަކީ 100،000 މީހުންގެ ޖާގަ ހިމެނޭ އަދި ލޮޓަސް މަލެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ ތަނެކެވެ. މި ސްޓޭޑިއަމަކީ ޗައިނާގެ ކުލަބެއް ކަމަށްވާ ގަންގްޒޫ އެވަގްރަންޑޭ އިން ބިނާކުރާ ތަނެކެވެ. ސްޓޭޑިއަމަށް 12 ބިލިއަން ޔުއާން (1.7 ބިލިއަން ޑޮލަރު) ހަރަދުކުރާނެ އެވެ.
Chinese side Guangzhou Evergrande have begun construction on their new 100,000-seat stadium, at an estimated cost of $1.7 billion 🤯🌸 pic.twitter.com/AWXLuZNtxy
— ESPN FC (@ESPNFC) April 18, 2020
މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަމާޒަކީ 2022 ސްޓޭޑިއަމް ނިންމައި ހުޅުވުމެވެ.
#CSL soccer club Guangzhou Evergrande’s home stadium on Thur started construction in Guangzhou. Shaped in lotus, the stadium is scheduled to finish construction within three years and will be able to hold over 100,000 audiences, surpassing that of #CampNou (Rendering pics) pic.twitter.com/rPeprnyx8w
— Sports China (@PDChinaSports) April 16, 2020
އޭޝިއާގެ އެންމެ ކާމިޔާބު ކުލަބްތަކުގެ ތެރޭގައި ހިމެނޭ އެވަގްރަންޑޭގެ ރައީސް އަދި ރިއަލް ސްޓޭޓް ވިޔަފާވެރިޔާ ޒިއާ ހައިޖުން ބުނިގޮތުގައި ޗައިނާގައި ބިނާކުރާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމްވެގެން ދާނީ ދުނިޔޭގެ އެންމެ އުސް އިމާރާތް ދުބާއީގެ ބުރުޖް ޙަލީފާ އާއި ސިޑްނީ އޮޕެރޭ ހައުސް ފަދަ، ޗައިނާގެ ލޭންޑްމާކަކަށެވެ.
މި ސްޓޭޑިއަމް ފަރުމާކޮށްފައި ވަނީ ޝަންހާއީގައި ދިރިއުޅޭ އެމެރިކާގެ ޑިޒައިނަރު ހަސަން ސައީދެވެ. ލޮޓަސް މަލެއްގެ ބައްޓަމަށް ސްޓޭޑިއަމް ފަރުމާކުރަން ނިންމީ އެވަގްރެންޑޭގެ ޗެއާމަން ޒޫ ޖިއާޔިންގެ ތަސައްވުރުގެ މަތިންނެވެ. ސަބަބަކީ ސްޓޭޑިއަމް ބިނާކުރާ ގްއަންގްޒޫ އަކީ "ފްލާވާ ސިޓީ" ގެ ގޮތުގައި ވެސް މަޝްހޫރުވެފައިވާ ތަނަކަށްވުމެވެ.
މި ސްޓޭޑިއަމްގައި ހުންނާނެ ބައިތަކުގެ ތެރޭގައި 100،000 މީހުންނަށް ކުޅިބަލަން ތިބެވޭނެ ޖާގަ އާއި 16 ވީވީއައިޕީ ޕްރައިވެޓް ކޮޓަރި އާއި 152 ވީއައިޕީ ޕްރައިވެޓް ކޮޓަރި އާއި ދުނިޔޭގެ ފުޓްބޯޅައިގެ ޖަމިއްޔާ ފީފާ އަށް ހާއްސަ ތަނަކާއި ކުޅުންތެރިންނާއި މީޑިއާ އަށް ހާއްސަ އެންމެ މި ޒަމާނުގެ މަތީ ފެންވަރުގެ ތަންތަން ހިމެނެ އެވެ.
ސްޓޭޑިއަމްގެ މަސައްކަތްތައް ކުރިއަށް ދަނީ.
ޒިއާ އީއެސްޕީއެނަށް ދިން އިންޓަވިއުއެއްގައި ބުނީ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ޗައިނާގައި 80،000-100،000 މީހުންގެ ޖާގައިގެ އިތުރު ތިނެއް ނުވަތަ ފަސް ސްޓޭޑިއަމް ބިނާކުރުން ކަމަށެވެ. އަދި ހުވަފެނަކީ ކޮންމެ ވެސް ދުވަހަކުން ޗައިނާގައި ވޯލްޑް ކަޕް ބޭއްވުމުގެ ޝަރަފު ހޯދުން ކަމަށް ބުންޏެވެ.
މި ވަގުތު ދުނިޔޭގެ އެންމެ ފުޓްބޯޅަ ސްޓޭޑިއަމަކީ 99,354 މީހުންގެ ޖާގައިގެ ސްޕެއިންގެ ބާސެލޯނާގެ ކޭމްޕް ނޯއު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
23 April 2020
ކޮބާ ފެނޭ ހަމަ ޗައިނާވަރެއްްނުވާނޭ އިންޑިޔާ ކަމަކީ ގެރިގުއި ކައިގެން މީހުން ރޭޕުކުރުން ދެން އިބޫއާ ގުޅިގެން ދިވެހިރާއްޖެ ލޫޓުވުން ރަހުމަތްތެރިޔާގެ ލަގަބު ދީގެން
ކަކުނިބޯ
23 April 2020
އެ ގައުމުގެ ގުއަންގްޒޫ ސިޓީގައި ބިނާކުރާ މި ސްޓޭޑިއަމަކީ 100،000 މީހުންގެ ޖާގަ ހިމެނޭ އަދި ލޮޓަސް މަލެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ ތަނެކެވެ. މި ވަގުތު ދުނިޔޭގެ އެންމެ ފުޓްބޯޅަ ސްޓޭޑިއަމަކީ 99,354 މީހުންގެ ޖާގައިގެ ސްޕެއިންގެ ބާސެލޯނާގެ ކޭމްޕް ނޯއު އެވެ.
ލިޔާމީހާ ކުށް
24 April 2020
މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަމާޒަކީ 2022 ސްޓޭޑިއަމް ނިންމައި ހުޅުވުމެވެ.