22 އެޕްރީލް 2020 - 11:14
މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރާއިރު، ކޮވިޑް-19 ފަދަ ބަލިމަޑުކަމުން ސަލާމަތްވެ ތިބުމަށް ވެސް ރިއާޔަތް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވި އެވެ.
މިއަދު ފާހަގަ "އާތު ޑޭ" އާ ގުޅިގެން ރަައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ވަނީ ދުވަހަކު ވެސް ބޮޑުނުވާ ވަރަށް އިތުރުވެފައި ކަމަަށެވެ.
"މޫސުމީ ބަދަލާއި ކޮވިޑް-19 ގެ ވަބާ އެކުވުމުން، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ވަނީ ނުރައްކާ ބޮޑުވެފައިި. މިފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ މަސައްކަތް ކުރާއިރު މޫސުމީ ބަދަލާއި ކޮވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތްތަކަށް ވެސް ރިއާޔަތްކުރަންޖެހޭ،" ރައީސްގެ ޓްވީޓްގައި ވެ އެވެ.
On #EarthDay the climate crisis is more urgent than ever. Climate change combined with COVID19 heightens the vulnerability of island nations such as Maldives. Future efforts to build resilience must address vulnerabilities from climate shocks as well as pandemics such as COVID19.
— Ibrahim Mohamed Solih (@ibusolih) April 22, 2020
ދުނިޔޭގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓް--
"އާތު ޑޭ" އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން މަސައްކަތް ކުރުމަށް ކޮންމެ އަހަރެއްގެ އޭޕްރީލް 22 ގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. އެ ދުވަސް ފާހަގަކުރަން ފެށީ 1970 އިން ފެށިގެންނެވެ.
ނާޒުކު ތިމާވެއްޓެއް ލިބިފައިވާ މި ރާއްޖޭގައި ވެސް މިދުވަސް މީގެ ކުރިން ކުލަ ގަދަކޮށް ފާހަގަކުރެ އެވެ. ނަމަވެސް ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެން ފެށުމުން މިުދުވަސް މިއަހަރު ފާހަގަ ކުރަނީ ވަރަށް ކުޑަކޮށެވެ.
ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 86 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިދިޔަ ހަފުތާ ބުދަ ދުވަހު އެ ބައްޔަށް މާލޭން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވި ފަހުން ބަލިޖެހިފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާތަނަށް މާލެ އިން ވަނީ ކޮވިޑް-19 އަށް 66 މީހަކު ޕޮޒިޓިވްވެ، ސީރިއަސް ހާލަތަަކަށް ގައުމު ވެއްޓިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުޑުގުޑާ
22 April 2020
ﷲ އައްޓައި މިގައުހާކޮއްނުލާ މަނިކުފާނު އިސްތިއުފާދެއްވާ
ހަވީރު4
22 April 2020
މަނިކުފާނުގެ ފާއިތުވެގެން މިދާ ދެ އަހަރާ ނިމިދިޔަ ވެރިކަމުގައިވެސް ކާނުތައް ގަވައިދުން ސާފުކުރަމުން ނުގެންދެއެވެ ގައުމަށް ލިބޭހާއެއްޗެއް މި 2 ކިލަޮމީޓަރު މާލެއަށް ޚަރަދުކުރާއިރު ފެންހިތްކައި ނުލެވެއެވެ ކިރިޔާ ވާރޭކޮޅެއް ވެހިލާއިރަށް ފެނަށް އެރެން ޢައްމުން ޖެހެއެވެ މަނިކުފާނާ ވަޒީރުން ކާރުކޮޅުގަ ފެނަށްއެރޭކަށް ނުޖެއެވެ އާއްމު ޞިއްޙަތަށް ސަމާލުކަންދީ ގަވައިދުން މަދިރިބޭސް ނުޖަހައެވެ ނުވާވަރުވީމަ ލޮލަށްބޮލަށް ދުން ޖެހުން މީ ކަމުގެ އުޞޫލެއް ނޫނެވެ
އާރީ
22 April 2020
ރައީސް. ބެންކުއޮފް މޯލިޑިވުސް އިން ލޯނުތައް 6 މަސްދުވަހަށް ލަސްކޮށް ނުދޭ އަދިވެސް. މި މަހު ވެސް ރުފިޔާ ކެނޑ. ނޫސް ކޮށްފަރެސް ތަކުގަ ދަށްކާވާހަކަ އާއި އަމާލާ ދިމާ ނުވާތީ ރަށްއިތުން ބެންކަށް އިތުބާރު ނުކުރަނި.
ކާމިލު
22 April 2020
މަނިކުފާނު އެބަ އުޅުއްވަމ މުތޯ ؟
:353566
22 April 2020
ކުރިންވެސް ދައްކާ ޢަދަދށް ކުލި ދައްކަން ޖެހޭ ކުޑައެއް ނުވޭ
ބަޖިޔަ
22 April 2020
ގަދަ ރައިސް، މިއޮތީ ދެ ޓޮޕިކް އެއްކޮއްލާފަ. ކުލައިމެޓް ޗޭންޖާ ކޮވިޑްއާ. މިޔައް އިތުރުކޮއްލާނެ އެހެން އެއްޗެއްނެއިތަ. ކިހިނެއްވާނީ މަންމަމެންދުވަސް. ރަގަޅުވާނެ ކޮންބައިން އޭކިޔާ ދަމާކަޑާލާފަ މީގެ ތެރެޔައްވައްޓާލާ.. ކިޔާމާހާ ކޯޗެއް އިގޭނީދޯ.
ނިރު
22 April 2020
މީނަ މިކަމުންވެސް ފެއިލް ވަމުންދާ މަންޒަރު ފެންނަނަމުން ދަނީ...
ޙުސާމް
22 April 2020
މަނިކްފާއި އެކު މިތިބީ. މިކަމުން އަރައި ގަންނާނެ . ސަނާ ކިޔާ މަސައްކަތް ނުކުރާމީހުން ދުރު ކުރާނެ ކަމަށް އުއްމީދު ކުރަން