އެސްޓީއޯ މުވައްޒަފުން ކާޑު އުފުލުމުގައި-- ފޮޓޯ:އެސްޓީއޯ
06 މެއި 2020 - 14:12
އެސްޓީއޯ ކާޑު ގުދަނުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ އެކު، އެ ގުދަނުގެ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.
އެސްޓީއޯގެ ތަރުޖަމާނު އަބްދުﷲ މުހައްމަދު (އަބޯ) މިއަދު ވިދާޅުވީ، ކާޑު ގުދަނުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން މި ވަގުތު ތިބީ ކަރަންޓީނުގައި ކަމަށެވެ. އަދި ކާޑު ގުދަން މިހާރު އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކާޑު ގުދަނުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ތަނުގެ އެހެން ބައެއް މުވައްޒަފުންގެ ޝަކުވާތަކެއް ވެސް އެބަހުއްޓެވެ. އެއް ކަމަކީ ކާޑު ގުދަން ޑިސްއިންފެކްޓް ކުރުން ލަސްވުމެވެ. އަނެއް ކަމަކީ މުވައްޒަފުން މި ދުވަސްވަރު ގެއަށް ދިއުމުގެ ބަދަލުގައި އެ މީހުންނަށް ޚާއްސަ ތަނެއް ހަމަނުޖެހި އޮތުމެވެ.
އެސްޓީއޯ އިން މިހާރު ވަނީ އެ ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރާ ތަންތަން ޑިސްއިންފެކްޓް ކޮށްފަ އެވެ.
އަބްދުﷲ ވިދާޅުވީ، ކާޑު ގުދަނުން މުދާ އުފުލުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންކަން އެސްޓީއޯ އިން އެޗްޕީއޭއާ ގުޅިގެން ރާވަމުން އަންނަ ކަމަށެވެ.
އެސްޓީއޯ ސުޕަމާކެޓްގެ މުދާ އުފުލުމުގައި އުޅުނު މުވައްޒަފަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އީ-ސްޓޯރުގެ ހިދުމަތް ވެސް ވަނީ މި ވަގުތަށް މެދުކަނޑާލައިފަ އެވެ.
ކާޑު ގުދަނުން ކޮންމެ ދުވަހަކު ވެސް އެކި ރަށްރަށަށާއި އެކި ފިހާރަތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ކާޑު އުފުލަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ވެސް 40،000 ބަސްތާގެ ކާޑު އަތޮޅު ތެރެއަށް ފޮނުވާފައިވެ އެވެ. ކޮވިޑް-19 ހާލަތު އޮތް ނަމަވެސް ރޯދަ މަހާ ގުޅިގެން ކާޑުގެ ބާވަތްތަކަށް ޑިމާންޑް އިތުރުވުމުން އެ ތަކެތި ފޯރުކޮށްދޭން އެސްޓީއޯ އިން ގިނަ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ.
ކާޑުގެ ބާވަތްތަކުގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ވެސް ރާއްޖެ ގެނައުމާއި މެޑިކަލް ސާމާނާއި ބޭސް ރާއްޖެ ގެނެސް، އެ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ވެެސް އެސްޓީއޯ ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލޭ
07 May 2020
ތި ހުރިހާ ކަމެއް ދިމާވީ ހަމަ އެތާ މެނޭޖަރު ނަފީހާގެ ނާގާބިލު ކަމުން.
ބޮޑުމީހާ
06 May 2020
ރާއްޖޭގެ އުތުރާއި ދެކުނުގެ ޕޯޓުތަކަށް ވިޔަފާރިވެރިން މުދާ އިމްޕޯޓުނުކުރާ ސަބަބުތައް ދެނަގަނެ ހައްލު ހޯދައި އެ ދެޕޯޓަށް ރާއްޖެއިން ބޭރުން މުދާ އެތެރެކޮށް އެހެނިހެން ރަށްރަށަށް ފޮނުވޭނެ އިނތިޒާމު ހަދަން އެބަޖެހޭ. އޭރުން މުދާ އަގުހެޔޮވެފަ، މާލެއަށް އޮންނަ ބާރު ކުޑަވެގެންދާނެ
ދޮން މަނިކު
06 May 2020
ގައު މުގެ ހާލަތު ފުރަވެޓް ، ރިސޯޓު ސެކިޔުރިޓީ ބޭޜު މީހުން ގެ އަތްދަށައް.... އެ މް އެން ޑީ އެ ފް .... މިގައު މުގަ އެއްވެސް ސެކިޔުރިޓީ ސްޓޑީޒް އަދި އެނެލައިސް ކުރެވޭތޯ؟؟؟؟
އާރި
06 May 2020
ހެޔޮނުވާނެ ތިކާޑުބަސްތާތަކުގެ ސައިޒު 25 ކިލޯ އަށް ބަދަލުކޮށްބަލަ. މިހާރު ތިގެންގުޅޭ. 50 ކިލޯ ބަސްތާ އަކީ މިހާރު ތަހުޒީބު ގައުމު ތަކުގަ ގެންގުޅޭ ސައިޒެއްނޫން. ދިވެހިންވެސް އުފުލާނީ ސައިޒު ކުޑަޮއްގެން.
އޮނަރަބްލް އަފީފު ދީދީ
06 May 2020
މިހެންވެދާނެތީ އަހަރުމެން މާކުރިންވެސްބުނަމުންމިއަންނަނީ ރާއްޖޭގައި ބައިނަލްއަޤުވާމީ ކަނޑުގެ 3 ބަނދަރު އޮންނައިރު ކާޑްގެބާވަތްތައް އެތެރެކުރަން ބިޑަށްހުޅުވާލާއިރު އުތުރަށްބޭނުންވާ ކާޑް ކުޅުދުއްފުށި ނުވަތަ ހަނިމާދޫއަށް އަދި ދެކުނުން އައްޑޫސިޓީއަށް އަދި މެދުރާއްޖެތެރެއިން މާލެއަށް ގެންދާންޖެހޭގޮތަށް އެސްޓީއޯގެ ބިޑް އިއުލާންކުރަން. # ހަނިމާދޫއާއި އައްޑޫސިޓީގައި ކާޑްގުދަންހަދާ މިގޮތަށްމިކަންކުރާންފެށުމުން ލޮޖިސްޓްޙަރަދާއި ގެއްލުންކުޑަކުރެވި މިޙާލަތް މެދުވެރިނުވާނެ.
މަސްތު
06 May 2020
ތީގައި ނެތް އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް. ކާޑު ގުދަނުގެ މުވައްޒަފުން ތިބީ ކަރަންޓީނަކު ނޫން. އަދި ގުދަން އޮތީ އެޗްޕީއޭ ބެލުމުގެ ދަށަކު ނޫން. ގުދަން ޑިސްއިންފެކްޓް ކޮށްފި ރޭގަ. އަދި މުވައްޒަފުން ތިބޭނެ އެތައް ތަނެއްވެސް ވަނީ ހަމަޖައްސާފަ. ޕޮޒިޓިވް ވީ މީހުނާ ޑައިރެކްޓް ކޮންޓެކްޓްތައް އެޗްޕީއޭގެ އިރުޝާދުގެ ދަށުން ވަނީ ގެންދަންވާ ތަނަކަށް ގެންގޮސްފަ، އަދި މިހާރު ކާޑު ފޯރުކޮށްދެމުން އެބަދޭ.
ޖަރާސީމު
06 May 2020
ނިއު ނޯމަލްގައި ރާއްޖޭގެ އުތުރާއި ދެކުނުގައި އެސްޓީއޯ ކާޑު ގުދަން ކުރެވެންޖެހޭ.
ރަދީފްް
06 May 2020
ބަލަ ކުނިނަގަނީވެސް ދިވެހިން. މަޖޫރިންނަކީވެސް ދިވެހިން. ދިވެހިން ޖޮބްތަކުން ބާކީ ކުރުމުގެ ހިތިނަތީޖާ ހިތިކޮށް ފެންނާނީ. ބަންގާޅުގެ އެންމެން ބޮޑު އާގުބޯޓް ތަކަށް ލާފަ ބޭތިއްބުން ނޫނގޮތަކުން މިކަން ހައްލުނުކުރެވޭނެ! ސިންގަޕޫރުންވެސް ބިދޭސީން ވަކިތަނަކަށް ގެންގޮސްފއިވޭ މިގޮތުން ބޯޓުތަކަށް ބަދަލުކުރަމުން އެދަނީ
ރަދީފްް
06 May 2020
ދުނިޔޭގެ ކޮންގައުމެއްގަ މިނޫނީ އެގައުމުގެ ނޫން ބަޔަކާ ސެކިއުރީޖޮބް ދީގެން އުޅެނީ. ރާއްޖޭގައި އެމަސައްކަތައްވެސް ބަންގާޅީގެ މީހުން ނެރެފައިވަނީ. ނަތީޖާއަކަށް ވެގެންދިޔައީ ސަލާމަތާއި ރައްކާތެރިކަން އެގައުމކުން ގެއްލިގެން ދިއުން. މިފަދަ ހުރިހާކމަކީ ދައުލތުގެ ދޯހަޅިކަން.
ފުޑް އެންޑް ޑުރަގް މީހާ.
06 May 2020
ކާޑު ބަސްތާ މަތީ އެއުފުލާމީހުން އިށީދެ ތިބެނީ ކީއްވެތޯ.
ކޫސުނިސވލ
06 May 2020
މަބްރޫކާ ތި ސުވާލު ކޮށްލަން ވީނު.