ހެރަތެރަ ރިސޯޓު
06 މެއި 2020 - 20:59
ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އައްޑު އަތޮޅު ހެރެތެރެ ރިސޯޓްގައި ކަރަންޓީންކޮށްފައި ތިބި މީހުންގެ ތެރެއިން ދިވެހި ފަސް ފިރިހެނަކު ފިލާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނީ ފިލި ފަސް މީހުންގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާ ކަމަށެވެ. އަދި އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ހެރެތެރެ ރިސޯޓު އޮންނަނީ އައްޑޫ ހުޅުމީދޫއާ ވަރަށް ގާތުގަ އެވެ. އެ ރިސޯޓުން އެރަށަށް ފަތާފައި ވެސް އެރޭނެ އެވެ.
ހެރެތެރެ މިހާރު ހާއްސަކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކުން ކަރަންޓީންކުރަން ޖެހޭ މީހުންނަށެވެ. ރިސޯޓްގައި ހުރުމާއި ކެއުމުގެ ކަންކަން ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
ގިނަ ރިސޯޓްތަކެއްގައި އެތައް ސަތޭކަ ބަޔަކު ކަރަންޓީން ކޮށްފައިވާއިރު މިއީ ކަރަންޓީން ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.
ނަމަވެސް މީގެ ކުރިން ވަނީ ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި ބައެއް މީހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކަރަންޓީނަށް ގެންގޮސްފަ އެވެ. އަދި ލޮންޑައުން ކޮށްފައިވާ ބައެއް ރަށްރަށާއި ރިސޯޓުތަކުން އެހެން ރަށްތަކަށް ދިޔަ މީހުން ވެސް މީގެ ކުރިން ހައްޔަރުކޮށްފައިވެ އެވެ.
ހާއްސަ ފަރުވާއެއް ނެތް ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 618 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި މާލޭގެ އިތުރުން ބައެއް ރަށްރަށުން ވެސް ވަނީ ބަލި ފެނިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
06 May 2020
ހާދަ މޮޔަ ބައެކޭ. ފިލައިގެން ކޮންތާކައް ދާނީ؟ ވަށައިގެން މިއޮތީ މާސިންގާ ކަނޑު.
ދަރަނި ދަންތުރަ
06 May 2020
ތިޔަމީހުން ހޯދާ ވަކިން ފަޅުރަށެއްގައި ހައްޔަރުކުރޭ. ކިހާދެރަކަމެއް މުޅިދުނިޔެ މިކަމާ ހަނގުރާމަ ކުރާއިރުވެސް ގޮތެއް ފޮތެއްނެތި ހިތުހުރި ގޮތަކަށް އަމުރަށް ކިޔަމަންނުވެ އަމިއްލަ ގަދަކަން ދައްކަނީ އަތުޖެހުނިއްޔާ ރަނގަޅު ފިލާވަޅެއްދޭތި ؟
ރަދީފްް
06 May 2020
ސެކިއުރިޓީންނަށް ތިބެނީ ބަންގާޅުގެ މީހުން. ރިސޯޓްތަކަށް އެއްވެސް ކަމެއްނުކުރެވޭ ކޮންވާހަކައެއް. ކޮބާ ޗަންޕާގެ ރުސޯޓުން ފުރަތަމަ ގޯސްހެދީ ވީކަމެއް ކުރެވުނު ކަމެއް ހަރާމުން ހަރާން. އަލީވަހީދު ވެސް ޓީވީއަށް އަރާފޮނިކެނޑުން ނޫންކމެއް ނުކުރޭ!
މުލޭ
06 May 2020
ތިމީހުންނާއި ތި މީހުން ފިލަން އެހީތެރިވި އެންމެންނަށް ހަރުކަށި އަދަބެއް ދޭންޖެހޭ. މުޅި އައްޑޫސިޓީ ނުރައްކަލަށް ހުށަހެޅުނީތި.
ފެން ނުފެންނަ
06 May 2020
ކުޑަ ގޮޅިއަށްވލާށެވެ.
ގެރިގާ
06 May 2020
ބޮޑު ތަޅުއަޅުވަބަލަ ތި މީހުން ތިބޭ ކޮޓަރިތަކުގަ ކިހާބޮޑު ކަމެއް.
ދަތްނެތްކުއްޖާ
06 May 2020
ތިޔަ ބަޔަކު ހޯދާ ހިފާ ހައްޔަރު ކުރުމަށއފަހު ޖިނާޢީ ދަޢުވާ ތިމީހުންގެ މައްޗަށް ކުރަންޖެހޭނެ. ރައްޔިތުންގެ ފުރާނައަށް ނުރައްކާ ކުރަން އުލުމުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރިކަން ދެއްކުގމުގެ ދަޢުވާ އާއި މިނޫންވެސް ގިނަގުނަ ދަޢުވާ ކޮއް އުމުރުދުވަހު ޖަލުގައި ހޭދަކުރުވާ. އޭރުން ތިބެދާނެ ރާކަނިމަސް ކައިގެން.
ފިލިވަހީދު
06 May 2020
އައްޑޫ މީހުންނޭ ބުނާ ވަރުގެވެސް ބައެއް ނޫން ތި ފިލި މީހުންނަކީ
ހާމަ333
06 May 2020
ކޮބާ ސެކިއުރިޓީ? ތީ ހުޅުމީދޫއާ ވަކިކޮށްފަ އޮތްޔަނެއް...ކޯޒްވޭ ބްރިޖްގެ ސެކިއުރިޓީ ބެލެހެއްޓުނު ނަމަ ތިހެންވާނެތާ....ދެން ތީ ހާދަ ގަމާރުބައެކޭ ތިފިލީ...ތިމީހިން ނަން ހާމަކޮށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން....މުޖުތަމައަށް ނުރައްކާތެރިބައެއްތީ....
ދޮން ދީނި
06 May 2020
ދެންފެންނަނީ 1 މަސް ދުވަހު ޖަލުގައި ބާއްވަން.