ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން މަގުމައްޗަށް ނިކުމެގެން އުޅުނު ކުއްޖަކު އެތަނަށް ވައްދަނީ: ހަ މަހުގެ ކުއްޖަކު މަރުވި މައްސަލައެއް އަންނަނީ ތަހުގީގުކުރަމުން -- ފައިލް ފޮޓޯ/ މިހާރު
17 އޮކްޓޯބަރ 2016 - 12:42
ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އައި ހަ މަހުގެ ކުއްޖަކު މިއަދު މަރުވި މައްސަލައެއް ފެންމަތިވެ، އެކަން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 11:14 ހާއިރު ކުޑަކުދިންގެ ހިޔާއިން ކުއްޖަކު މަރުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެ އެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ނުލާތީ ކުއްލިއަކަށެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބަލަހައްޓަން ހާއްސަ އެ މަރުކަޒު ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެތަން އިމާރާތްކުރީ ޔޫއޭއީގެ ވިޔަފާރިވެރިއެއްގެ ހަރަދުގަ އެވެ. އެ މަރުކަޒުގައި މިހާރު ވެސް 85 ކުދިން އަންނަނީ ބަލަހައްޓަމުންނެވެ.
ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ފާރު މަތިން އަރައިގެން ވަގަށް ބޭރަށް ނުކުތުމުގެ މައްސަލަ މި ފަހުން ވަނީ ދިމާވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިންނާއި ބަފައިންގެ ޒިންމާ
19 October 2016
ކުއްޖާ ބަސްނާހާތީއޭ ކިޔާފަ މައިންބަފައިންތިބި ކުދިންވެސް ހިޔާއަށްލާފަ އެބަތިބި ހިޔާއަށް ކުއްޖާލައިގެން ކުއްޖާ އިސްލާހެއް ނުވާނެ. ކުއްޖާ އިސްލާހު ކުރެވޭނީ ކުއްޖާގެ މައިންބަފައިންނަށް ވީމާ މިގޮތައް ކުއްޖާ އިސްލާހުކުރަން ހިޔާއަށް ކުއްޖާލައިފައިތިބި މައިންބަފައިން ކުއްޖާ ހިޔާއިންނެރެ އަމިއްލައަށް ކުއްޖާ އިސްލާހުކުރަން އުޅުން ބުއްދިވެރި.
އެކަމަކުވާ
18 October 2016
ކުޑަކުދިންގެ ހިޔާގައޭ ކިޔާފަ ކުއްޖަކު މަރުނުވާނެތަ؟ 86 ކުދިން އެއީ ރާއްޖެއާ ބަލާފަ ހާދަ ބޮޑު އަދަދެކޭ!! ކޮބާތަ އެކުދިން ވިހާފަ އެއްލާލާ މައިން އަޅެފަހެ!!! ތިމާ ގޮތްގޮތަށް އުލެއުޅެފަ ވިހަވިހާފަ ބަލަން ހަވާލު ކުރަންވީ އެހެންބަޔަކާތަ، އަޅެ ސަރުކާރާވިއަސް ވިހާ މައިމިހާގެ ޒިންމާ ކޮބާތަ، ބައްޕަވެސް ވާނެދޯ ކޮންމެ ކުއްޖެއްގެވެސް ކީއްވެތަ އެމީހުން އެކުދިންނުބަލަނީ!!! ހަޔާތް ކުޑަކަމުން ދެންކޮންކަމެއް!! ވަރަށްރުޅިއާދޭ!!!
އަހާނަމަ
17 October 2016
ކަންކަން ރަނގަޅުކުރަން ބޭނުންނަމަ ރަނގަޅަށް ތަހުގީގުކޮށް ތަނަށް އެކަށީގެންވާ މުވަޢްޒަފުންނާއި ސާމާނު ހުރިތޯ ބަލަންޖެހޭ. ޢަޅުގަނޑުގެ މައުލޫމާތު ކުއްކަމުގައި ނުވާނަމަ އެތަނުގައި ވ މުވައްޒަފުނަ މަދު. ޢޯވަރ ލޯޑްކޮށަ މަސައްކަތް ކުރާނަމަ ކޮލެޓީ ދައްވާމެ. ޙިއުމަން ރައިޓްސްއަށަ އަޅުގަނޑު މި ގޮވަލަނި މިކަން ރަނގަޅަށް ތަހުގީގު ކުރަން.
ގގ
17 October 2016
އިންސާނުން ޖަނަވާރުން ގެންގުޅޭ ގޮތަކަށް އިންސާނުން ނުގެން ގުޅެވޭނެ ކުއްޖަކު ތިތަަނަށް ގެންދަންޖެހިގެން އަދި ގެންދިޔަޔަސް ވީހާވެސް އަވަހަކަށް ކޮންމެސް އާއިލާ އަކާއި ދަރުމަޔަށް އެކުއްޖާ ބެލުން ހަވާލު ކުރަންޖެހޭ. ކުދިން އެކަހެރިކޮށް ބޮޑުކޮށްގެން ނުވާނެ ކޮންމެސް އާއިލާ އެއްގެ ތެރޭގައި ތިބެގެން ބޮޑުވާންޖެހެނީ!
އިއްސޭ
17 October 2016
އާކުން އެބަޖެހޭ މިކަމާގުޅިގެން ވަރުގަދަ ބަޔާނެއް ނެރެން.
ސިލްސިލާ
17 October 2016
އިންނާލިﷲވައިންނާއިލާހި ރާޖިއޫނަ ހަމަކޮންމެފަހަރަކު ނެގެޓިއުކޮށް ދެކެގެންނުވާނެއެވެ. ފުރާނައަކީ އެހެންފަރާތެއްގެ މިލްކެއް ހަމަ ކޮންމެވަގުތަކުވެސް ކޮންމެ ތަނަކުވެސް މަރުވެދާނެ ވީމާ ކެއްތެރިވެ އެކުއްޖާގެ ފުރާނައަށް ހެޔޮރަޙްމަތް ލެއްވުންއެދި ދުޢާކުރަންވީ
ބަލްކު އެންޑް ބަލަކް
17 October 2016
އިންނާލިﷲ ވައިންނާ އިލަހި ރާޖިޢޫން.
ޢަނާ
17 October 2016
ޢިތުބާރު ކުރާނެ އޮފީހެއް، ޖަމިއްޔާއެއް، މަކުތަބެއް، ކޯޓެއް، އިދާރާއެއް، މީހެއް ނެތެވެ. :(
ސުނީތާ
17 October 2016
ރައީސް ޔާމީނުގެ ސަރުކާރުން ރާއްޖޭގެ އިޖްތިމާޢީ ދާއިރާ އަށް ސަމާލުކަން ނުދިނުމުގެ ނަތީޖާ މިފެންނަނީ. ދަރިން ޢާއިލާއާ ވަކިކޮށްގެން ގެނެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން އެކުދިންގެ ޙާލަތު އިތުރަށް ގޯސްވަމުންދާތަން ފެންނަކަމީ ކަންބޮޑުވާންޖެހޭ ކަމެއް.
އެމްސް
17 October 2016
ތަފްސީލެއް ހާމަ އެއް ނުކުރާނެ، ތަޙްޤީގީ ރިޕޯރޓެއް ހާމައެއް ނުވާނެ