މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޮފީސް-- ފޮޓޯ: ނިޝާން އަލީ/މިހާރު
01 ޖޫން 2020 - 17:15
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކޭޝްބެކް ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، އެމްއައިބީގެ ޕޮސް އާއި މޯބައިލް ޓްރާންސްފާ އާއި ފައިސާ ޕޭއިން ވިޔަފާރި ކުރާ މީހުންނަށް ދެ ޕަސެންޓު އަނބުރާ ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މި ހާއްސަ ޕްރޮމޯޝަންގައި، އެއް ވަނަ އަށް ހޮވޭ މީހަކަށް 10،000ރ. ލިބޭނެ އެވެ. ޕްރޮމޯޝަންގައި ބައިވެރިވާ އިތުރު ހަތަރު މީހަކަށް 2،500ރ. ލިބޭނެ އެވެ. އެއް ވަނަ އަށް ހޮވޭނީ އެންމެ ގިނަ ޓްރާންސެކްޝަންތައް ހަދާ ކަސްޓަމަރެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލުތައް އެމްއައިބީގެ ވެބްސައިޓުން ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން އިތުރު
01 June 2020
ތިޔައީ މީހުން ވާވައްދަން ހިންގާ އެއްޗެހި! ކޮބާ ބީއެމްއެލް ގެ ޕްރޮމޯޝަން ގެ ނަތީޖާ؟ ކޮބާ މިހާރު ރޯދަ ކުއިޒް ގެ ނަތީޖާ؟ ހަމަ ވަގުތު ނޫހުގެ ކާރަށް ތިވެސް ވާނީ!