ވިލާ އިންޓަނޭޝަނަލް ސްކޫލުގައި މީގެ ކުރިން ބޭއްވި ހަރަކާތެއްގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ-- ފޮޓޯ: ވީއައިއެޗްއެސް
04 ޖޫން 2020 - 19:41
ސެންޓަރުތަކަށް، އޭ ލެވެލް އިމްތިހާނުގެ ސެޓްފިކެޓުތައް ފޮނުވަން މިއަދު ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޭ ލެވެލް ހެދި ދަރިވަރުންގެ ސެޓްފިކެޓުތައް މާލޭގެ ސެންޓަރުތަކަށް ފޮނުވާފައިވާ ކަމަށެވެ.
އެ ތަންތަނުން އަންނަ ހަފުތާގައި ދަރިވަރުންނަށް ސެޓްފިކެޓް ދޫކުރާނެ ކަމަށާއި ނަމަވެސް ފުރަތަމަ ލިބޭނީ އެދިފައިވާ ދަރިވަރުންނަށް ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ދަރިވަރުންގެ އޭ ލެވެލް އަދި އޯ ލެވެލް ސެޓްފިކެޓުތައް ލިބުން ލަސްވުމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އޯ ލެވެލް ސެޓްފިކެޓުތައް ވެސް ހުރީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށް އަހުސަން ވިދާޅުވި އެވެ.
މިނިސްޓްރީން ކުރިން ބުނީ، ސެޓްފިކެޓުތައް ފޮނުވާ ހިސާބަށް ދިޔައިރު އިނގިރޭސިވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް، ގައުމުތައް ލޮކްޑައުންކޮށްފައިވުމުން ވެސް ސެޓްފިކެޓުތައް ގެނައުމުގައި ގޮންޖެހުންތަކާ ދިމާވި ކަމަށެވެ.
މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެ ނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވޭނެ ކަމަށާއި އެ ނަތީޖާ ކަށަވަރުކުރަން އިތުރު ލިޔުމެއް ބޭނުންވާ ނަމަ ޑީޕީއީއަށް [email protected] އަށް މެއިލަކުން އެދެވޭނެ އެވެ.
މިދިޔަ އަހަރު އޮކްޓޯބަރު/ނޮވެމްބަރުގައި 1،500 އާ ގާތްކުރާ އަދަދަކަށް އޭ ލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރިވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިރު
04 June 2020
ޕޮލިސް ޕޯޓަލްގަ ނެތް ސެޓްފިކެޓް ބަލާ ދާން ސިލެކްޓް ކުރެވޭކަށެއް... ދެން ކިހިނެއް ބާ ހަދާނީ...
ދޮންކުއެ
04 June 2020
އަޖައިބު އަންތަރީސް ވެދާނެ ހުވާ. މިސަލޭނިއަސް ނުވަތަ އެހެނިހެން ނަމުގަ އިންނަ ކެޓަގަރީއެއް އިންނާނެ ސެލެކްޓް ކުރެވެން. ސާނަވީ އިމްތިހާން ސެޓްފިކެޓެއް ލިބޭވަރު ކުއްޖެއް ވިއްޔާ އެވަރު އެނގޭނެ ކަންނޭގެ ކޮންމެ ކަމެއް އަލިފުން ޔާ އަށް ކިޔާނުދިނަސް.