ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ގައުމީ ސްކޮޑުގައި ދާދު އާއި އިއްބެ އަދި ސައްޓު ނެތް

އިއްބެ (ކ) ސައްޓު (މ) އަދި ދާދު (ވ): ގައުމީ ސްކޮޑުގައި މި ފަހަރު ނެތް.-- ފޮޓޯ: މިހާރު

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް އަލުން ފަށަން އެކުލަވާލި ސްކޮޑުން މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ޓީސީގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ބާކީކޮށްފި އެވެ.

އެފްއޭއެމްގެ "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ވިދާޅުވީ ދާދި ފަހުން ގައުމީ ޓީމުގެ ކޯޗުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސްކޮޑު ފައިނަލްކުރި ކަމަށް ކޯޗިން ސްޓާފުން ބުނެފައިވާ ކަމަށެވެ.

ރަސްމީކޮށް އެފްއޭއެމުން މީޑިއާ އަށް ހިއްސާކޮށްފައި ނުވި ނަމަވެސް "މިހާރަ"ށް ލިބިފައިވާ ފައިނަލް ކުރި 25 ކުޅުންތެރިންގެ ސްކޮޑުގެ ލިސްޓުގައި ދާދު އާއި އިއްބެ އަދި ސައްޓު ނުހިމެނެ އެވެ. މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ފުރަތަމަ އެކުލަވާލާ ސްކޮޑަށް ފަހުން ކުޅުންތެރިން އިތުރުކޮށްފަ އެވެ.

މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި ދާދު އާއި އިއްބެ އަށް އަނިޔާގެ ސަަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ. އަނިޔާ އަށް ފަހު ކުޅުމަށް އެނބުރި އައިސް އިއްބެ ވަނީ މާޒިޔާގެ މެޗުތަކުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެފަ އެވެ. އެންމެ ފަހުން މާޒިޔާ ކުޅުނު އޭއެފްސީ ކަޕްގެ މެޗުތަކުގައި އަނިޔާގެ ސަބަބުން ދާދު ނުކުޅެ އެވެ.

ދާދު އަށް އެންމެ ފަހުން ގައުމީ ސްކޮޑުން ޖާގަ ގެއްލުނީ މީގެ ދެ އަހަރު ކުރިން ޕީޓަ ސެގާޓް ނެގި ފުރަތަމަ ގައުމީ ޓީމުގެ ސްކޮޑުންނެވެ. އަލުން ދާދު އަށް ފުރުސަތު ދިން މެޗުގައި އޭނާ ވަނީ ބޫޓާނު ކޮޅަށް މާލޭގައި ހަތަރު ގޯލު ޖަހައިފަ އެވެ.

ގައުމީ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން އާއި އެސިސްޓަންޓް ކޯޗުން ކަމަށްވާ ނެދަލެންޑްސްގެ ރިނޭ ހިޑިންކް އަދި ރާއްޖޭގެ މަޝްހޫރު ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މިދިޔަ ފެބްރުއަރީ މަހާއި މާޗް މަހުގެ ކުރީކޮޅުގައި ވަނީ ގައުމީ ޓީމުގެ ޕްރެކްޓިސްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އަނިޔާގައި ހުންނަން ޖެހުމާއި އޭއެފްސީ ކަޕް އޮތުމާ އެކު ދާދު އާއި އިއްބެ އަށް އޭރު ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިއެއްނުވެވުނެވެ. މި ފަހަރު ގައުމީ ސްކޮޑު ނެގީ އޭރުގެ ޕްރެކްޓިސް ތަކަށް ބަލައިގެން ނަމަ އިއްބެ އާއި ދާދު އަށް ފުރުސަތު ގެއްލުނީ އޭރުގެ ޕްރެކްޓިހުގައި ބައިވެރިނުވުމުން ކަމަށް ވުމުގެ ފުރުސަތު އެބައޮތެވެ.

Sattu qaumee jersey ga kulhun: uhmeedheh!

Sattu qaumee jersey ga kulhun: uhmeedheh!

The most trusted news source in the Maldives

Mihaaru

ސައްޓު: ގައުމީ ޓީމުގައި ހިމެނުނީ ކުޑަ ވަގުތު ކޮޅަކަށް.

އޭރުގެ ޕްރެކްޓިހުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ބާކީވީ އެއް ކުޅުންތެރިއަކީ ސައްޓު އެވެ. ސައްޓު އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ ދިގު އިންތިޒާރަކަށް ފަހު އެވެ. މިދިޔަ ސީޒަނުގައި 16 ގޯލު ޖަހައި ގިނަ މެޗުތަކެއްގައި އެއް ފެންވަރުގެ މޮޅު ކުޅުމެއް ދެއްކި ސައްޓު ބާކީކުރުމަކީ ޕްރެކްޓިސްތަކަށް ބަލައި ކޯޗު ނިންމި ނިންމުމެއް ކަމަށް ވެދާނެ އެވެ. އެކަމަކު ސައްޓު އަކީ މިދިޔަ ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައި ސީޒަން މެދުކަނޑާލިއިރު ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއެކެވެ.

ސްކޮޑުގައި ނުހިމެނޭ އިތުރު ކުޅުންތެރިންނަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އަސަދުﷲ އަބްދުﷲ އާއި މުހައްމަދު ނާއިމް އާއި މުހައްމަދު ޖައިލަމް (އޮގީ) އަދި ހައިޝަމް ހަސަން (ބިޑި) އެވެ. އަދި ކުރިން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އައި މާޒިޔާގެ މުޖުތާޒް މުހައްމަދު (މުޖޭ) ވެސް މި ފަހަރު ނުހިމެނެ އެވެ.

ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ފަހުން މާޒިޔާ އަށް ބަދަލުވި އާދަމް ނިޒާމް (ކިތުނާ) ވަނީ ގައުމީ ސްކޮޑުގައި މި ފަހަރު ވެސް ހިމެނިފަ އެވެ. އަދި ޓީސީ އަށް ދާދި ފަހުން ބަަދަލުވި އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ސްކޮޑުން ފުރުސަތު ހޯދައިފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)

ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު)

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް

ގައުމީ ޓީމުގެ ޕްރެކްޓިސްތައް އަންނަ މަހު ފެށޭނެ އުއްމީދު އެބައޮތް: ބައްސާމް

ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފެބްރުއަރީ މަހު ބޭއްވީ މާޗް މަހު ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް އޭރު ތާވަލުކޮށްފައި އޮތުމުންނެވެ. އެކަމަކު ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ އޭރު ވަނީ މާޗް މަހާއި މި މަހުގެ މެޗުތައް ފަސްކޮށްފަ އެވެ. އޭއެފްސީން ވަނީ މިހާރު ކުރިއަށްދާ ގޮތަށް ހާލަތު ރަނގަޅުވަމުން އަންނަ ނަމަ އޮކްޓޫބަރު މަހާއި ނޮވެމްބަރުގައި ކޮލިފައިން މެޗުތައް ބާއްވާނެ ކަމަށް ދާދި ފަހުން ބުނެފަ އެވެ.

ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު ބަންގްލަދޭޝާއި ސްރީލަންކާ އިން އަންނަނީ ގައުމީ ޕްރެކްޓިސްތައް ފަށަން ޕްލޭންތަކެއް އެކުލަވާލަމުންނެވެ. ބައްސާމް ރޭ ވިދާޅުވީ މި މަހު ގޭގައި ތިބެ ގައުމީ ޓީމުގެ ކުޅުންތެރިން ފިޒިކަލް ޓްރެއިނިންތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ކުޅުންތެރިންނަށް ލަފާ ދީފައިވާ ކަމަށެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކޫޕްމަން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޗްޕީއޭ އާއި ސަރުކާރުގެ ހުއްދައާ އެކު ނިއުނޯމަލްގެ ތެރެއިން ގައުމީ ޓީމުގެ ޕްރެކްޓިސް އަންނަ މަހު ދަނޑުގައި ބޭއްވޭނެ ގޮތެއް ހޯދޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެއީ ހާއްސަ ގައިޑްލައިންތަކެއްގެ ތެރެއިންނެވެ.

"އަންނަ މަހު ދަނޑު މައްޗަށް ނިކުންނަން ފެށޭނެ އެ އޮންނަ ގައިޑްލައިންގެ ތެރެއިން ހަ ކުޅުންތެރިންގެ ގްރޫޕް ޓްރެއިނިން ގޮތަށް ކަމުގައި ވިޔަސް. މި ބަލަނީ އެޗްޕީއޭ އާއި ސަރުކާރުން ދޭ ލަފާގެ މައްޗަށް،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ބައްސާމް ވިދާޅުވީ މާލޭގައި ޕްރެކްޓިސް ބާއްވަން ހާލަތު ތަން ނުދޭ ނަމަ ވަސީލަތްތައް ރަނގަޅު ރަށެއްގައި ގައުމީ ޓީމު ކޭމްޕްކުރުމަކީ ވެސް ގެންގުޅޭ ވިސްނުމެއް ކަމަށެވެ. އެ ގޮތަށް ކުރިއަށްދާނީ ރަނގަޅު ޓާފް ދަނޑަކާއި ޖިމް ފަދަ ވަސީލަތްތަކަށް ހުރި ރަށަކަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

މިހާރު އޮތްގޮތުން ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭނެ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު 17 ގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސްއާ އެވެ.

ބައްސާމް ވިދާޅުވީ އެ މެޗުތަކަށް ދިއުމުގެ ކުރިން ފުރުސަތު އޮތް ނަމަ ރާއްޖޭން ބޭރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާނެ ކަމަށެވެ. އެ ގޮތުން ގައުމީ ޓީމުގެ ކޯޗު ކޫޕްމަން ބޭނުންވަނީ ޗައިނާ އާއި ސީރިއާ މެޗުގެ ކުރިން ސައުދީ އަރަބިއްޔާ ނޫނީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަން ކަމަށެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގައި ރަނގަޅު ހިސާބެއްގައި އޮވެ ނިންމާލައިފިނަމަ އޭގެ ސަބަބުން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ދިއުމަށް ރާއްޖެ އަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.

7 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 15%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދާދުގެ ސަޕޯޓަރެއް

12 June 2020

ދާދު ބާކީ ވުމުން ވަރަަަށްވެސްސައް ދެރަ!ހިއްވަރު އެލުވާނުލާތި ދާާދު އަދި އިރާދަ ކުރެއްވިޔާ ވާނެ! ހިތްވަރާއެކު ތެދުވޭ!?

The name is already taken The name is available. Register?

ސްކޮޑް

10 June 2020

ޙަމަ އެއްގޮތަކަށްވެސް ނުވިސްނުނު ކީއްހވެ ކަމެށް ދާދުއާ އިއްބެ ސްކޮޑުން ބާކީ ކުރީ... ބަލަބަ ފިލިޕީންސް މެޗުގަ ދާދު ޖެހިލަޑު ހަމަ އެކަނި އެ ގޯލް އިންވެސް އިގޭ ދޯ ދާދުގެ ތަފާތުކަން.. ސްކޮޑަށް އިއްބެ އާއި ދާދު ނުނެގުމަކީ ވަރަށް ހިތާމަ ކުރާކަމެއް

The name is already taken The name is available. Register?

ކުދުބެއްޔާ

10 June 2020

ސައްޓު ނެތުމަކީ ވަރަށް ދެރަކަމެއް. އެކަމު ޕާފޯމަންސް ނުދެއްކޭނަމަ ނުވަތަ އިންޖަރީގަ ތިބޭ ކުޅުންތެރިން ބާކީކޮށް އަލަށް އަންނަ ކުޅުންތެރިންނަށް ޖާގަދިނުމަކީ މުހިއްމު ކަމެއް..މަގޭ ނަންވެސް ޓީމުގަ ނެތް މަވެސް ވަރަށް ބޭނުން ޓިމުގަ ހިމެނި ކުޅެން އަދި މުސާރަވެސް އެކަމު ފުރުސަތު ނުލިބުނު

The name is already taken The name is available. Register?

ދާގީނާ

10 June 2020

ސައްޓު ބާކީ ވުމުން ވަރަަށް ދެރަ! އެކަމްވެސް ކިތުނާ ޓީމަށް ނެގުމުން ވަރަށް އުފާވި! ހިއްވަރާއި އެކު ކުރިޔަށް ދިޔުމަށް އެދެން. ސައްޓޫ ހިއްވަރު އެލުވާނުލާތި އަދި އިރާދަ ކުރެއްވިޔާ ވާނެ!

The name is already taken The name is available. Register?

ފުޓްބޯޅަ

10 June 2020

ސައްޓު ބާކީ ކުރުމަކީ ރާއްޖޭގެ ގައުމީ ޓީމަށް ލިބުނު ވަރަށްބޮޑު ދެރައެއް

The name is already taken The name is available. Register?

ބާރު

10 June 2020

ތިޔަބުނާ ޓިމެއްގެ ކޯޗަކަށް ބައްސާމް ހަމަޖެއްސުމުން ބޭރުވާ ފައިސާ އަށް ހައްލެއް ލިބިދާނެ. އެއީ މިހާރަށް އެންމެ ރަނގަޅުގޮތް.

The name is already taken The name is available. Register?

އދުރުބެ

10 June 2020

ޒުވާނުން ނޭ ކުޅީވަރައް ބަރޯސާވެގެން ނޫޅޭ ، އަމިއްލަމަސައްކަތެއް ކޮއްގެން އުޅެވޭތޯބަލާ ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454