މިނިސްޓަރު އަސްލަމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
14 ޖޫން 2020 - 12:42
މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ކަމުގެ މަގާމަށް މުހައްމަދު އަސްލަމް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި އަސްލަމް ވަނީ މަގާމުގެ ހުވާކުރައްވައިފަ އެވެ. އޭނާ އަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާދާ ޒާހިރު އެވެ.
ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ މަގާމަށް އަސްލަމް މި އައްޔަން ކުރެއްވީ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު އުވާލައްވައި ނޭޝަނަލް ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއަށް ހައުސިން މިނިސްޓްރީގެ މަސްއޫލިއްޔަތުތައް އިތުރު ކުރެއްވުމުންނެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސް މެމްބަރު އަސްލަމް މިހާތަނަށް ހުންނެވީ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރުގެ މަގާމުގަ އެވެ.
ހައުސިން މިނިސްޓްރީ އުވައިލުމާ އެކު، އެ މިނިސްޓްރީގެ މުވައްޒަފުން ވެސް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީ އަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހައުސިން މިނިސްޓްރީ އުވައިލެއްވީ އެ މިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޓިކެޓުގައި މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައި ހުންނެވި އާތިފާ އިސްތިއުފާ ދެއްވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ.
ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީ އުފެއްދުމާ އެކު، އެއީ މި ސަރުކާރުގެ އެންމެ ބިޔަ މިނިސްޓްރީ އަށް ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން999
14 June 2020
ހުވާކުރީ އަސްލަމްބާ ނުވަތަ އެހެން މީހެއްބާ؟؟ ނޭގޭ މޫނު ބުރުގާ އަޅާފައި ހުރީމާ.
ޞަބާ
14 June 2020
ގައު މުގެ ހާލަތު މިވަރުންދަނީކަމުގައިވާނަ މަ ހުކުރު ޚުތުބާވެސް ކިޔާނީ އަންހެނުންތާދޯ ހުވާލައިދެނީވެސް އަންހެނުން އޭނާގެ ހާލަތު އެގޭބާ
ނޫސަންގު
14 June 2020
އަސްލަމް ހިންގި ޕްލެގްޝިޕް ޕްރޮޖެކްޓް ތަކުގެ ފެންވަރު ކުރީގެ ޢަރަބިއްޔާ އާ ގާކޮށީގައި ހަދާފައިވާ ޢިމާރާތްތަކުން ފެނޭ.
ވަކިކުރޭ
14 June 2020
މުއިއްޒު އަށް ކުރާ ކައްކަދޭން އުޅުނު އިސް މީހާ ލައިގެން އަކުރަމު މެދުވެރިވެ ވައްކަން ކުރަންނާ އެއީ ގޯހެއް. ޝާނާ ވަކި ކުރޭ
އެމެރިކާ
14 June 2020
އެމްޑީޕީ ޤައުމު ފުނޑާލަމުން ދާއިރު ބަލަން ނުތިބޭނެ. އަދި ޖަލްސަތަކައްވެސް ނުދާނެ މީ ވަރައް ވާހަކަ. ރާއްޖެ މިދަނީ ރަނގަޅަކައްނުން ދަރިންނޭ.
މުޖޫ
14 June 2020
ކޮންގްރާ މިނިސްޓަރ އަސްލަމް
އަދި އިސްލާހް
14 June 2020
ތިޔަ މިނިސްޓްރީ ގެ ނަމަކަށް ވާން ޖެހެނީ މިނިސްޓްރީ އޮފް ޕްލޭނިން،، އެންވަޔަރމެންޓް، ފިޝަރީޒް، ޓްރާނސްޕޯރޓް، ޓޫރިޒަމް އެންޑް އިންފްރާސްޓްރަކްޗަރ ކަމުގައި ރައީސަށް ލަފާ އަރުވަނެވެ.
އަހަރެން ނުދެކެން
14 June 2020
މަޝެއް ތާއީދެ ނުކުރާނަން މިސަރުކާރަކަ އަޅުގަނޑަ މިހާރު ހީވަނީ ޤައުމު ވިއްކާލާފަހެން މިއޮތީ.
އެމްޑީޕީމީހާ
14 June 2020
އެމްޑީޕީގެ 5 އަހަރު ނިމޭއިރު ރާއްޖެ އޮންނާނީ އެއްފުޝުން އަނެއްފުޝަ ޖެހިފަ. އަލުން ޤައުމު މިނިވަންކުރަން ޖެހިފަ.
މަންޑޭލާ
14 June 2020
އެމްޑީޕީ އަޅަން އުޅުނު ފްލެޓްތަކެއް ނުހުންނާނެ މައުމޫން ދައުރުގާ ނަގަން ހުރިލޯނުތަ ނަޝީދުގެ ވެރިކަމަ ވާރަތުވީ. އަލިބެ އެބުނީ ތެދެ.
ނާސިރު ބޭނުމީ މިނިވަންކަން.
14 June 2020
ޤާއުމު ދެކެ ލޯބިނުވާ ބަޔަކު ވެރިކަމައް އެރުވީމަ ރާއްޖެއަ ލިބޭނީ ގެއްލުން.