މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަދި ޕޮލިސް ކޮމިޝަނަރު ހަމީދު ބައިވެރިވެވަޑައިގަންނަވަނީ
23 ޖޫން 2020 - 12:38
އިންސާނީ ކަރާމަތަށް އިސްކަންދީގެން ޣައިރު ގާނޫނީ އެއްވުންތައް ރޫޅާލުމުގެ ގާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކިވަޑައިގަންނަވަން ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
"މަޖިލިސް ހޭލައްވާ"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިއަށް އިއްޔެ ހެނދުނު އެއްވެ މުޒާހަރާ ކުރަން އުޅުމުން ފުލުހުން ވަނީ އެ މީހުން ދުރަށް ޖައްސައިފަ އެވެ. "ނަވާނަވައި" ޖަމިއްޔާއިން ބޭއްވި މުޒާހަރާގެ ބައިވެރިވިން ދުރަށް ޖެއްސުމުގައި ފުލުހުން އަމަލުކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އެ މުއައްސަސާ އަށް އަމާޒުވެފައިވެ އެވެ.
އެކަމާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޣައިރު ގާނޫނީ އެއްވުންތައް، ޕްރޮފެޝަނަލްކޮށް ރޫޅާލެވޭނެ ގާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކިވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީނުތަކުގެ ތެރެއިން ކުރިއަށް އޮތްތާ އެކަން ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެެއް ކަމަށްވާ ނަވާނަވައި އިން ބޭއްވި މުޒާހަރާ ރޫޅާލުމުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މޫސާ ސިރާޖާއި އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
Insaanee karaamathah iskandheegen profesional koh ghair qaanoonee evvunthah roolhaaleveyne qaabilukan fuluhunge kibaiga hunnathan dheken beynun. Fuluhunnah dhevey thauleemaai thamreen thakuge therein kuriyah oyithaa ekan kashavaru kuraanan iA.
— Imran Abdulla (@ShimranAb) June 23, 2020
އިމްރާންގެ ޓްވީޓް
އެކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރު، ސިރާޖު ވިދާޅުވީ ހިޔާލުފާޅުކުރަން ނުކުތުމުން އެކަމަށް ހުރަސްއަޅައިގެން ނުވާނެ ކަަމަށެވެ.
"އޭރު ވެސް މިހާރު ވެސް އަޅުގަނޑު މިކަމާ [ހިޔާލު ފާޅުކުރުން ހުއްޓުވުމާ] ދެކޮޅު. ހިޔާލު ފާޅުކުރަން ނުކުތީމަ އެކަމަށް ހުރަސްއަޅައިގެން ނުވާނެ. ބާރުގެ ބޭނުން ކުރަންޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފައި އޮންނަ ހާލަތުގައި އެކަނި،" ސިރާޖު ވިދާޅުވި އެވެ.
މި އެއްވުން ރޫޅާލުމަށް ފަހު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވެސް ވަނީ މި ހާލަތުގައި އެއްވުމުގެ ބަދަލުގައި ހިޔާލުފާޅުކުރުމަށް އެހެން ގޮތެއް ހޯދުމަށް އިލްތިމާސްކުރައްވައިފަ އެވެ. ލޮކްޑައުން ނޫން ހާލަތްތަކުގައި އެއްވެއުޅުމުގެ ހުއްދަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހުއްދަ ދޭން ވާނީ ގައިދުރުކުރުމާއި މާސްކު އެޅުން ފަދަ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުމީހާ
23 June 2020
ކަލޭ ފުލުހުންގެ ބޮަޑު މީހަކަށް ލާފަ ތިހުރީ ޓްވީޓުކުރަންތަ. މުއައްސަސާ ރިފޯމުކުރަން މަތިން ބަޔަކު އަންްނަނީތަ.
ހަސަނު1
23 June 2020
ތިތަނަށް އިއްޔެ އެއްވެތިބި ބައެއް މީހުން ފެނިފަ ކަރާމާތޭ ބުނީމައި މަގޭ ގާތަށް ޒާތެއްގެ ހިންޏެއް އަންނަނީ. ނަވާނަވައި ގުރޫޕަކީ އެމީހުންގެ ގިނަމީހުންގެ ފަރާތުން އޭތީސްޓް ވިސްނުމުގެ ޕޯސްޓްތަކާއި ހަޔާތް ގެއްލިފައިވާ މިންވަރު އެނގޭ ޕޯސްޓްތަށް ސޯޝަލް މީޑީއާއިން ބޯކޮށް ފެންނަށްއޮތް ބައެއް. އަދި ގުރޫޕުގެ އިސްކޮށް ހުރި މީހާއަކީ ޒުވަން އަންހެން ކުދިން ގުރޫމް ކުރުމުގެ ތުހުމަތު ބައެއް އަންހެނުން ފާޅުގައި ހާމަކޮށްފައިވާ މީހެއް. ދެން ކަރާމާތް އޮތްވަރު އެނގޭތާ!!
ބިލް ކުލިންޓަން
23 June 2020
ރޫޅިގެން ދާއިރު އެމީހުންވެސް ގަދަދައްކައިގެންނުވާނެ. ނޫނީ ތިޔަބުނާހާ ސަލިކޮށް ރޫޅައެއްނުލެވޭނެ.
ފުންއަސަރު
23 June 2020
އެއްވުންތައް ރޫޅާލާއިރު ތިޔަބުނާ ކަރާމާތަށް ބަލައިގެން ކަންކޮށް ނިންމާކަށް ލާހިކު ކުޅަދާނައެއްނޫން. އެއްވުންތަކަށް އެދަނީ އެތަނުން އުފުރާލަންއުޅޭއިރު ޝޯދައްކަން އެއްވަނައިގެ މީހުން. ބޭނުމަކީވެސް ޝޯދައްކާ އިޝްތިހާރުކޮށް ވީޑިއޯއާ ފޮޓޯނެގުން. ބޭނުންވާ ފޮޓޯލިބެންދެން މިބުނާ ކަންކަން ތަކުރާރުވާނެ. އެފަދަ ވަގުތުގާ އެތަނުން ދާން އެންގިޔަސް ނުދާނެ. އަދި ގައިގަ އަތްލާ ހިސާބުން މީހާ ހޭނެތޭނެ. ގައިގާ ވަރެއް ނުހުންނާނެ. ނޫނީ ގަދަދައްކާ ހަޅޭއްލާނެ! ދެން....!
ޝެމެކްޝް
23 June 2020
އެމްޑީޕީ މެމްބަރުން ގެ ރުހުން އަބަދުވެސް އިމްރާނަށް ލިބޭނެ، އަނިޔާ އަކީ އެއްވެސް ބަޔަކު ބަލައިގަނެވޭނެ އަދި ގަބޫލު ކުރާނެ ކަމެއް ނޫނެވެ. މިއަދު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ތަރްތީބުވަނީ ހަރުދަނާ ގޮތުގައި މިނިސްޓަރުން ކުރަމުންދާ ބުރަ މަސައްކަތްތަކުންނެވެ.
ޜަދުން
23 June 2020
ސިޔާސީ އެއްވުން ތަކަށް ނުދާ މީހުންގެ ކަރާމާތަށް ވެސް ބަލަން ޖެހޭނެ، އެމީހުންގެ ހައްގު ތަކަށް ތަންވެސް ދޭންޖެހޭނެ
ރާއްޖެ
23 June 2020
ތި ވާހަކަ ބުނަން ވީ އަހަރެމެން ކައިރިޔަކު ނޫން. ބަސް ނުވިކޭ އޮޑިއެއްގެ ދިރުބާ ކޮޅުގަ ނުހުރެ އިސްތިއުފާ ދީ.