އެމްޑީޕިން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ނަޝީދު [ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
02 ޖުލައި 2020 - 14:11
ނަމާދުތަކުގެ ރަކުއަތް މަދުކުރުމާ ގުޅޭގޮތުން ނަޝީދުގެ ނަންފުޅުގައި ކޮށްފައިވާ ފޭކް ޓްވީޓުގެ މައްސަލަ ބަލަން މިއަދު ހުށަހަޅުއްވާނެ ކަމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ޓްވީޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޓްވީޓާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ އެފަދަ ޓްވީޓެއް ކުރައްވާފައި ނުވާނެ ކަމަށާއި އެކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ހުށަހަޅުއްވާނެ ކަމަށެވެ.
އެ ޓްވީޓުގައި ބުނެފައިވަނީ އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގުނުވާގޮތަށް ކުރުން މި ވަގުތު މުހިއްމު ކަމަށެވެ. އެހެންވެ ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދުކޮށްލުމުން ވެސް ސަރުކާރުގެ ގަވައިދުގެ ތެރެއިން ނަމާދު ކުރެވިދާނެ ކަމަށް ފޭކް ޓްވީޓުގައި ވެ އެވެ.
Mi ee alhugandu koffava tweet eh noon. Mikan belumah kamaibehey faraiythakah miadhu husha alhaanan. pic.twitter.com/79HODBYVel
— Mohamed Nasheed (@MohamedNasheed) July 2, 2020
ޓްވީޓާ ގުޅިގެން، އޭގެ ހަގީގަތް ނޭނގި ނަޝީދަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 18 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލައިފަ އެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުކުރި އެވެ. ނަމަވެސް ލޮކްޑައުނަށް ދިން ލުއިތަކާއެކު، މި މަހުގެ 14 އިން ފެށިގެން ވަނީ މިސްކިތްތަކުގައި ނަމާދުކުރަން ހުއްދަދީފަ އެވެ. އަދި އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގުނުކުރުމަށް ވެސް އެދިފައި ވެ އެވެ.
އެ ހުއްދަ ދިން ނަމަވެސް، ކޮވިޑް-19 ކޮންޓްރޯލްކޮށް ފަށާ އާ މަރުހަލާއާއެކު ޖަމާއަތުގައި ނަމާދުކުރަން ފަށާފައިވަނީ އިއްޔެ މަޣުރިބް ނަމާދުން ފެށިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
02 July 2020
ވަރަށް ގިނަ މީހުންނަށް ޤަބޫލު ކުރެވުނު. އަހަރުމެންނޭ ކިޔައިގެން އެފަދަ ވާހަކައެއް ފެތުރިޔަސް ޤަބޫލު ކުރާނެ މީހެއް ނުހުންނާނެ.
02 July 2020
ރައިސް ނަޝީދު ނަމުގަ މިކަހަލަ ފޭކް ޓުވިޓް ކުރުމަކީ ވަރަށް ގޯސް އަމަލެއް
މުދިމު ކަތީބު
02 July 2020
އިސްލާމްދީނުގެ ނަމުގައި ފިތުނަ. ދީނާގައުމަށް ޓަކައި ފިތުނަ
02 July 2020
ކާކު؟
ނާސިރު ބޭނުމީ މިނިވަންކަން.
02 July 2020
ޑިމޮކްރަސީގެ ސަބަބުން ރާއްޖޭގެ ހަމަޖެހުމާ އަމަންކަން ނެތެނީ. ދޮގުހެދުން އާމުވަނީ ޤައުމު ހަލަބޮލިވަނީ. ރާއްޖެއަ އެމްމެރަގަޅީ ރަސްކަން ނުވަތަ ޗައިނާގަ އޮންނަ ކަހަލަ ވެރިކަމެއް. މީ ހަގީގަތް.
އާރިޝް
02 July 2020
ތިކަން ބެލޭނެވަރުގެ ބައެއް ތިފުލުހުންގެ ތެރެއަކުނެތް. އެމީހުން އެކޮޅުކޮޅުން ޖެހުނަސް ތިކަންކުރި ބަޔަކު ނުހޯދޭނެ.
މަންޑޭލާ
02 July 2020
އެމްޑީޕީ ވެރިކަމަ އަންނަ ކޮމްމެފަހަރަކު މިކަހަލަ ގޮއްތަކެވޭ. މިކަކީ ރެވިގެން ހިގަމުންދާ ކަންތައްގަޑެ. މީ ކޮންބައެއްކުރާ ކަމެއްކަން ދިވެހިންނަ އެގޭނެމިހާރު. ނަޝީދަ ގޮވަލަން މިގޮތައް ނޫޅުއްވަން.
އަދުހަމު
02 July 2020
ފޭކް ޓުވީޓުގެ މައްސަލަ ބަލާނީ ސަފާރީ ރޭޕުގެ މައްސަލަވެސް ބަލާ ފަރާތުން ދޯ! ދެން އިނގޭނުން ވާނެ ގޮތް.
ޝޮކްތެރަޕީ
02 July 2020
ތުރުކީ ކަހަލަ ޤައުމުތަ ސެކިއުލާ ތާރަފްކުރިގޮތް އަހަރުމެންނަ އެގޭ. މަނިކުފާން ތިއުޅުއްވަނީ އެމިސަލު ރާއްޖެއަ ތާރަފް ކުރަންވެގެންނުން. ފުކުރީ ހަގުރާމަ މަނިކުފާން ނުކުޅުއްވާ.
އުދުހޭ
02 July 2020
ހައްްދަވާ ބޮޑެތި ދޮގުތަށް ތަހުގީގުކުރަން ކެރޭނެތޯ؟ ކަރަންޓް ބިލަށް ސަލާން.
ހައްގުބަސް
02 July 2020
އަޅުގަނޑަ ހީވަނީ މަނިކުފާން ކުޅުއްވާ ޑުރާމާހެންމީ.