06 ޖުލައި 2020 - 15:38
އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލާއި ތަފާސްހިސާބާ ބެހޭ ބިލް މަޖިލީހަށް ބަލައިގަތުމަށް މިއަދު ފާސްކޮށްފި އެވެ.
އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރު ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގަތީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ ޓެކްސްއާ ގުޅުން ހުރި ބިލަކަށް ވާތީ މުޅި މަޖިލީހުގެ ކޮމެޓީއަށް އެ ބިލް ވަނީ ފޮނުވައިފަ އެވެ.
Single used plastic etherekurun anna aharun feshigen manaa kuranee
The most trusted news source in the Maldives
Mihaaru
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުން
އެ ބިލް ބަލައިގަތުމަށް ފާސް ކުރުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާދަމާ އާއި ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި އެ ބިލްގެ ކަންކަން ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ހުށަހެޅުއްވި ތަފާސްހިސާބާ ބެހޭ ބިލް ބަލައިގަންނަން ވެސް ފާސް ކުރީ ވޯޓްގައި ބައިވެރިވި 62 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
Thafaashisaabu balahattaa idhaaraa minivan thanakah hadhanee
The most trusted news source in the Maldives
Mihaaru
ތަފާސްހިސާބާ ބެހޭ ބިލް ހުށަހެޅުން
އިމްޕޯޓު، އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖލީހަށް ހުށަހަޅާފައިވާ މި ބިލުގައި އެކި ސިނާއަތްތައް ފަށައި ތަރައްގީކުރުމަށް ބޭނުންވާ ތަކެއްޗާއި އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެތިން ނަގާ ޑިއުޓީ ކަނޑާލުމަށް ވަނީ އިސްކަން ދީފަ އެވެ. އަދި ތިމާވެއްޓަށް ގެއްލުންވާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން ބައެއް ތަކެތިން ޑިއުޓި ނެގުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެ ބިލުގައި ބުނެފައިވާގޮތުގައި އިމްޕޯޓުކުރާ ތަކެތީގެ ތެރެއިން ޕްލާސްޓިކް ހޮޅި އާއި ޑިސްޕޯސެބަލް ފިލްމާއި ޝީޓާއި ތަށި ފަދަ އެއްފަހަރާ ބޭނުންކޮށްފައި އުކާލާ ތަކެތިން މި އަހަރު ތެރޭގައި ޑިއުޓީ ނަގާނެ އެވެ. އަދި އަންނަ އަހަރުން ފެށިގެން އެފަދަ ތަކެތި އެތެރެކުރުން އެއްކޮށް މަނާ ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.
ޕްލާސްޓިކްގެ އިތުރުން ސިނގިރޭޓާއި ބިޑި، އަދި ބަނގުރާ ފަދަ ތަކެތިން ނަގާ ޑިއުޓީ ވެސް ބޮޑު ކުރުމަށް ވަނީ މިއަދު ހުށަހެޅި ބިލުގައި ހިމަނައިފަ އެެވެ.
އެ ބިލް މަޖިލީހަށް ބަލައިގަތުމުގެ ކުރިން ބަހުސް ކުރެއްވި މެމްބަރުން ވަނީ ގިނަ ހިޔާލުތަކެއް ހުށަހަޅުއްވައިފަ އެވެ. އަދި ސަރުކާރުން ހުށަހެޅުއްވި ގޮތަށް ގިނަ މެމްބަރުން ތާއީދު ކުރެއްވި އެވެ.
ތަފާސްހިސާބުގެ ބިލްގައި ހިމަނާފައިވަނީ ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުމަށް ވަކި ޑިޓާޕްޓްމަންޓެއްގެ ގޮތުގައި އުފައްދައިފައިވާ "މޯލްޑިވްސް ބިއުރޯ އޮފް ސްޓެކްޓިސް" އަކީ މިނިވަން އިދާރާއަކަށް ހެދުމަށާއި އެ ތަނަށް އިތުރު ބާރުތަކެއް ދިނުމަށެވެ.
ތަފާސްހިސާބު އެއްކުރުމަށް ހާއްސަ ޑިޕާޓްމަންޓެއް ރާއްޖޭގައި ހިންގާތާ 40 އަހަރު ވެފައިވާއިރު، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެކްޓިސް މިހާރު ހިންގަނީ ޕްލޭނިން މިނިސްޓްރީގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ahmed
06 July 2020
ޑިއުޓީ އިނާޔަށް ލިބިގެން ތިޔައިން ބަނދަރަށް ނަމުގާ ބަލާ ސައިކަލްތައް ، ހަގީގަތުގާ ހުޅުމާލޭ ގައި ގުދަން ކުރަނީ
Ahmed Shujau
06 July 2020
އިއްޒަތްތެރި މެންބަރު އެން ބަނދަރު ތަކަށް ގެންދާ އަގު ބޮޑު މުދަލަށް ވަނީ ކިހިނެއް؟؟
Ahmed Ismail
06 July 2020
އުތުރާއި ދެކުނަށް ގެންދާ ޑިއުޓީ ބޮޑެތި މުދާ ތަކަށް ވަނީ ކިހިނެއްބާ؟ ޕުލީޒް މެންބަރުން ސާފު ކޮށްލައްވާ
Ahmed Shujau
06 July 2020
އައްޑޫ އަދި ކުޅުދުއްފުއްޓަށް ގެންދާ ސައި ކަލް ކޮންޓެއަރ ، ކާރ ، އަދި ސިނގްރެޓް ފަދަ އަގު ތަކެތި އެ ސަރައްދަށް ބާލާ ގުދަން ކުރޭތޯ ބައްލަވައި ލެއްވުން އެދެން
ޙަސަނާ
06 July 2020
މަޖިލީހުން ފާސްކުރާ ބިލްތަކާ ގުޅިގެން މިނިވަން ކޮމިޝަން ތައް އުފެއްދީމާ އިތުރަށް ދައުލަތަށް ބުރަ ބޮޑުވަނީ.
ދޮން މަނިކް
06 July 2020
ސިގެރޭޓު ފޮއްޓެއް 200ރ ދުއިސައްތަ ރުފިޔާ އައް އަގު ބޮޑުވާނެ ކަ މައް ވަރައް ބޮޑަށް އުއް މީދުކުރަން ...... ހުރިހާ ބޭފުޅުންނައް ފުރިހަ މަ ސިއްހަތަކައް ދެއްވު މައް އެދި ﷲ ގެ ހަޟުރަތުގައި ދުއާދަންނަވަން......
ކަންމަތީ ސޭޓް
06 July 2020
ކުރިން އިއުލާނުކުރެވިގެން ސިންގެރޭޓު ކަހަލަ ތަކެތި އަގުބޮޑު ކުރީމަ އެތެރެކުރާފަރާތަކުން ހުންނަނީ އެތަހާސް ކޭސް ސިނގެރޭޓު އެތެރެކޮށްފަ ދެން އެތަކެތިނުވިއްކާ ބަހަށްޓާފަ ޑިއުޓީ ބޮޑުވީމަ ވިއްކަން ފަށަނީ އޭގެ ސަބަބުން ދައުލަދަށް އެތަށް އާމްދަނީއެއްގެއްލި ސިނފެރޭޓު އެތެރެކުރާމީހުންނަށް އެތަށް މިލިއަނަކުން ފައިދާވޭ މިކަން އެބަޖެހޭ މިނޫންގޮތަކަށް ކުރެވެން މިއަދުވެސް ސިނގެރޭޓުގަންނަން ގުޅީމަބުނީ ނުލިބޭނެޔޭ ދެން ލިބޭނީ އަންނަމަހުއޭ