ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް މުއިއްޒު ޖަވާބު ދެއްވަނީ. --ފޮޓޯ/މަޖިލިސް
16 ޖުލައި 2020 - 14:57
ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައި އޮތް ގޮތަށް ބަދަލެއް ނުގެނެސް މި ސަރުކާރުން ނިންމައި ފްލެޓްތައް ހަވާލުކުރި ނަމަ އެއީ ރައްޔިތުންނަށް ހައްގު މިންވަރަށް ވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަރައްގީ އާއި ގައުމީ ތަރިކައިގެ ކޮމިޓީ އަށް ހާޒިރުކުރުމުން އެ ކޮމިޓީގެ މެމްބަރުން ކަންބޮޑުވުންފާޅުކުރެއްވީ ޔުނިޓަކަށް 62،000 ޑޮލަރު ނަގައިގެން ހަދާ ތަންތަނުގެ ސައިޒު ކުޑަވެފައި އިމާރާތްތަކުގެ ތޮއްޖެހުން ބޮޑުވާ ގޮތަށް ޕްލޭންކޮށްފައިވާ ސަބަބާ ގުޅޭ ގޮތުންނެވެ.
މުއިއްޒު ވިދާޅުވީ ދެ ވަނަ ފިޔަވަހީގައި 25 ބުރީގެ ޓަވަރުތައް އަޅަން ފެށީ، ހުރިހާ މަސައްކަތެއް ނިންމައި ހައްގުވެރިންނަށް ވަދެވޭވަރަށް ހަވާލުކުރަން ކަމަށެވެ. އެކަމަކު އެކަން ބަދަލުކުރީ މި ސަރުކާރުން ކަމަށާއި ފިނިޝިން ފުރިހަމަ ނުކޮށް ހަވާލުކުރުމަކީ ކުރީގެ ސަރުކާރުގެ ނިންމުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެގޮތަށް ސޯޝަލް ހައުސިން އަށް ފްލެޓް ދޫކުރުމަކީ އެެެހެން ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. އެ ފްލެޓްތަކަކީ އެންމެ ކުދި، އަދި އެންމެ އަގުބޮޑު ފްލެޓްތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ފިނިޝިންއާ އެކީގައި އަގު ހަދާފައި ހުރީ. މި ސަރުކާރު އައިސް އެއީއެއް ނޫނޭ ރައްޔިތުންނަށް ހައްގު މިންވަރަކީ ކަނޑައަޅާފައި ބޭރު ދޮރު އެކަނި ލާފައި ދިނުމަކީ ކުރީ ސަރުކާރުން ޒިންމާވާން ޖެހޭ ކަމެއް ނޫނޭ،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަން ރާވާފައި އޮތް ގޮތަށް ނިންމި ނަމަ އެއީ ހައްގު މިންވަރު. އެކަމަކު މިހާރު މިދެނީ އެއްބައި އުނިކޮށްލާފައި. އަނެއްކާ އަޅުގަނޑުމެން ނިންމާފައި އޮތް އަގު ދެ ގުނައަށް ބޮޑުކޮށްލާފައި. އެހެން ވެއްޖިއްޔާ، ހައްގު މިންވަރެއް ނޫން."
މުއިއްޒުގެ މި ވާހަކަ އަށް ރައްދު ދެއްވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ޗައިނާގެ ސްޓޭޓް ކުންފުންޏާ އެކު ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ފެންނާން އޮތީ، ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރާ ގޮތަށް ކަމަށެވެ. އެއީ މި ސަރުކާރުގެ ނިންމުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ފްލެޓެއް 62،000 ޑޮލަރަށް ހަވާލުކުރީ، ފުރަތަމަ އެއްބަސްވެފައިވާ ގޮތުން ނަމަ އެ އަށް ވުރެ ހެޔޮ އަގުގައި 52،000 ޑޮލަރަށް އިމާރާތް ކުރެވެން އޮއްވަ އެވެ. ފަހުން އަގު ބޮޑުވި ސަބަބާ މެދު އަސްލަމް ހާމަކުރެއްވި މައުލޫމާތުތަކުގައި އޭނާ ސުވާލު އުފެއްދެވި އެވެ.
އެޗްޑީސީ ޒިންމާވާ ގޮތަށް ލޯނެއް ނަގައިގެން އިމާރާތްކޮށްފައިވާ ފްލެޓްތައް، ކުރީގެ ސަރުކާރުން ހިސާބު ޖަހާ ގޮތަށް މަހު ކުލީގެ ގޮތުގައި 5،600ރ. އަށް ނުދެވޭނެ ކަމަށާއި އެ ވާހަކައިގައި ހަގީގަތެއް ނެތް ކަަމަށް އަސްލަމް ވިދާޅުވި އެވެ. އެޗްޑީސީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި ހިސާބު ޖެހުމުން ކޮންމެ މީހަކަށް ވެސް ފްލެޓްތަކުގެ ހަގީގީ އަގު ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ތަފްސީލް ދެމުން ފްލެޓް ކޮމިޓީން އިއްޔެ ބުނެފައި ވަނީ 9،517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް މިދިޔަ ސަރުކާރުގައި އާއްމުކުރި ކަމަށާއި އެކަމަކު އޭގެ ތެރޭގައި 2،500 ފްލެޓު ވުޖޫދުގައި ނެތް ކަމަށެވެ. އެކަމަކު މި ތުހުމަތު މުއިއްޒު ދޮގު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 7،000 ފްލެޓު އަޅަން ޗައިނާގެ ސްޓޭޓް ކުންފުންޏާ ހަވާލުކުރި ގޮތަށް ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި އެހެން ވެސް އަމިއްލަ ކުންފުނިތަކާ އެކު ހިޔާ މަޝްރޫއުގެ އެއްބަސްވުންތަކެއް ހެދި އެވެ.
ހިޔާ މަޝްރޫއުގައި ހިމެނޭ އެއް ކޮޓަރީގެ ފްލެޓްތައް ހަވާލުކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެވެ. ފްލެޓް ކޮމިޓީން އެ ބުނާ 2،500 ފްލެޓް އަޅަން ވެސް ބަޔަކާ އެކު ސޮއިކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު ކުރީ ސަރުކާރުގައި ފެށި ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ކަން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
17 July 2020
ތިމާމެންގެ ވެރިކަމު މާލޭ ސިޓީކައުންސިލަށް ހެދިގޮތް ހަދާންވޭތަ . މި ހާރުތިބުނަނީ ބިންހިއްކާނަމޭޭ.ފުލެޓް ދޭނަމޭ
މަކީޓާ
16 July 2020
ފްލެޓްތަކުން ބައެއް ކާލިނަމަ އެއީ ހައްގުމިންވަރު.
ާއުނިމާ
16 July 2020
ކުންފުނިތަކާއި ހަވާލުކޮށްފަވާ މަޝްރޫއުތައް މިސަރުކަރު އައުމުން ނުހިގަނީ މިސަރުކާރުގެ ނާގާބިލްކަމުން
ކަދުރު
17 July 2020
ހަވާލު ކުރި ކުންފުންޏެއް ވުޖޫދަކުނެތް. ޢޮތްނަމަ ހާމަ ކޮއްލަބަލަ.
މިލިޓަރީ
16 July 2020
ހައްގުމިންވަރުތަ ރައްޔިތުންނަ އޮޅުވަލުން. އެތަކެއް މަޝްރޫއުތައް މިސަރުކަރުން ވަނީ ހުއްޓުވާފަ ރޔާމިން ފެޝިކަމަކައްވަތީ. ރޔާމިން ޖަލައްލީ ރާއްޖެ ތަރައްގީ ކޮއްދިނީމަ އެހެންވެ މަޝައް ސިފަވަނީ މިގޮތައް މިހަރު.
ހައްގުބަސް
16 July 2020
އެހެންވީމަ މިކަމުގަ ދޮގު ހަދަނީ އަސްލަމް. އަމިލްލަޔައް އަސްލަމް އެއޮތީ ބުނެފަ ކުރީގެ ސަރުކާރުގެ މަޝްރޫއުތައް އެމްޑީޕީ ސަރުކާރުން ހުއްޓުވާފަކަމަ. އެހެންވެ ކީކޭ މިކިޔަނީ
ޝޮކްތެރަޕީ
16 July 2020
މި ސަރުކާރުގެ 3ވަނައަހަރައް މި އަޅަނީ. އަލުން ފްލެޓު އެޅިޔަސް ނިމޭނެހާދުވަސް ސަރުކާރައް ލިބިއްޖެ. މިހާރު ރައިސް ޔަމިން ވެރިކަމުގަ ހުރިނަމަ ފެސް 2ގަ މީހުން ދިރިއުޅޭނެ.
ހާސް
17 July 2020
ޔާމީން ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ހަމައެކަނި މަސްރޫއަކީ ހިޔާ މަސްރޫއު. މަސައްކަތްފެށީ 2016 ވަނަ އަހހަރު ނިމެނިކޮން. ވެރިކަން ލިބުންތާ 3 އަހހަރު ފަހުން. 5 އަހހަރުކޮށްފަ ދިޔައިރު އެކަންވެސް ނުނިމޭ. މިހާރު މިއިނގެނީ އެއީވެސް ދަންތުރައެއްކަން.
ދޮންބެއަލީ
16 July 2020
ކޮމެޓީ ބަލަށް އަޅުގަނޑު ހާދަ ލަދެއްގަތޭ...އެމް.ޑީ ޕީ މެމްބަރެއްގެ ގޮތުން...ކަލޭނޭ މެމްބަރުނަށްނަށް ނޭގުނޭ ބީ އޯ ކިޔޫ ހަދަން ޖެ ހޭ މަރުހ ހަލާވެސް.....ހެޔޮނުވާނެ ތިކުރާ ކަންކަމުން ރައްޔިތުން ކުރިމަތީ ސަރުކާރު ސޯޓް ބޭލެނީ...ސަލީމް ވެސް ހާދަ އޮށްޓަރެއްނެތް ސުވާލޭ ކުރީ....1 ސިޓީ އެއް މިދައްކަނީ ..ޕްލީސް ހޯމް ވޯރކް ހަދާ ބަލަ....
އިސް ބަސް
16 July 2020
ފްލެޓް ނެތޭ ފްލެޓް އަގުބޮޑޭ ފްލެޓް ކުޑައޭ ފޮލެޓް ނުނިއްމައޭ، މިއީ ހައްތާވެސް އަސްލަމް ޖައްސާ ޑްރާމާ، އަސްލަމަކީ އަސްލަށް ދޮގުހަދާ ޤަސްދުގައި ޙަޤީޤަތް އޮލުވާލަންއުޅޭ މީހެއްކަން މިހާރު ރައްޔިތުންނަށް ސާބިތު ވެއްޖެ، މިނިސްޓަރަކަށް ހުރެގެން ރައްޔިތުންގެ ކުރިމަތީގައި މިފަދަ ބޮޑެތި ދޮގު ހަދައި ޙަޤީޤަތް އޮޅުވާލަންއުޅޭ މިފަދަ ނުބައި ނުލަފާ މީހުންގެ މައްސަލަ ބަލައި ކްރިމިނަލް ކޯޓަށް ހުށަހަޅަން ޖެހޭނެ، އެހެންނޫނީ މިފަދަ ކަންކަމެއް މިގައުމަކުން ނުހުއްޓޭނެ.
ހާސް
16 July 2020
ދޮގު މުއިއްޒު. އެއްބަސްވުން ފެންނަންއޮތްއިރުވެސް ކޮމިޓީގަ ހަމަ ދޮގުހަދަނީ. އެންމެ މަސައްކަތެއްވެސްނެތޭ ތާކުންތާކުޖެހޭގޮތަކަށް ކޮށްފައެއް. ނަސީބެކޭ 2018 އަތުވިކަން.
އަލީގ
16 July 2020
އަހަރެން އެންމެ ކުރިންސުރެވެސް އަޑުއަހަމުން އައީ މި ފްލެޓްތައްދެނީ ފިނިޝިން ނަހަދައޭ އެކަމަކު އެބުނާ ފިނިޝިންގަ ހިމެނެނީ ކޮންބައިތަކެއްކަމެއް ނޭގެ. މާލޭގަ އިމާރާތްކުރުމުގެ އަގުތަކައް ބަލާއިރު މިތަން ހަދަންކުރި ހަރަދުބޮޑު، ބޮޑު އިމާރާތަކައްވީމަ ކަމައްވެސް ވެދާނެ. މިތަން ފިނިޝިން ނުލާ ފްލެޓަކައް މިޖެހެނީ ގާތްގަނޑަކައް މިލިއަނެއް އެއީ ބިމައް އެއްވެސް އެއްޗެއް އަގުނުކޮއް. ހުޅުމާލެ އެހެން އިމާރާތްތަކާ އަޅާކިޔާނަމަ މިއަގުބޮޑު.
ޞަބާ
16 July 2020
ކޮވިޑް ވިލޭޖްހަދަން ކި ހާ ފައިސާއެއް ދިޔަތޯ ފަރުކޮޅުފުއްޓަށް ކޮވިޑް ގެންދަން ކިހާ ފައިސާއެއް ހަރަދުވިތޯ ތިމާ ގެ ގައިގާވާ ނަޖިސް ނުފިލުވާ އެ މީހުން ގަޔަށް ބުރުއްސަން މަސައްކަތްކުރާނީ ޖާހިލުންގެ ކަމެއް