އެމިރޭޓްސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓް--ފޮޓޯ:އެމްއޭސީއެލް
16 ޖުލައި 2020 - 16:51
ތިން މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވައިލުމާ އެކު އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސައިފި އެވެ.
،ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން، މެދުކަނޑާލި، އަދި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ގެންނަ ބޮޑު އެއާލައިންގެ ފްލައިޓުން 101 ޕެސެންޖަރުން އައި ކަމަށް، އެމްއޭސީއެލުން ބުންޏެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވުމުން އެންމެ ފުރަތަމަ އިއްޔެ އައީ، 212 މީހުންނާ އެކު ގަތަރު އެއާލައިންސެވެ. އެ ފްލައިޓުން 104 ޓޫރިސްޓުން ރާއްޖެ އަ އެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް ހުއްޓިފައި އޮންނަތާ ތިން މަހަށް ފަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕެވެ.
ގަތަރާއި އެމިރޭޓްސްގެ އިތުރުން އިއްތިހާދު އެއާލައިންގެ ދަތުރުތައް ވެސް، މި މަހަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
އެކަމަކު ރާއްޖެ އަންނަ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފަށަން އޮތީ އަންނަ މަހު އެވެ. އެގޮތުން ހަ އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށާނެ އެވެ. އޭގެ ތެރޭގައި ގަލްފް އެއާ އާއި ހޮންކް ކޮންގް އެއާލައިނާއި އިންޑިގޯ އާއި ސިލްކް އެއާ އާއި ސިންގަޕޯ އެއާލައިންސް އަދި ސްރީ ލަންކަން އެއާލައިންސް ހިމެނެ އެވެ.
އެމްއޭސީއެލުން ބުނީ މިހާތަނަށް ޖުމްލަ 11 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި ކުރިއަށް އޮތް ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަންގައި މިހާރު ޝެޑިއުލްކޮށްފައިވާ މިންވަރަށް ވުރެ ތިން ގުނަ އިތުރަށް ފްލައިޓްތައް ބާއްވަން ވެސް އެއާލައިންތަކުން ހުށަހަޅާފައިވާ ކަމަށެވެ. މި ވަގުތު އެއާލައިންތަކުން ޝެޑިއުލްކޮށްފައިވަނީ ނިސްބަތުން މަދު ދަތުރުތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯސް
16 July 2020
ހެޔޮނުވާނެ އެހެންގޮތަކުން އިގްތިސޯދު ބައްޓަންކޮށްބަލަ. އައިހެވަން ޑިވެލޮޕްކޮށް މަސްވެރިކަމާއި ދަނޑުވެރިކަން ހެސްކިޔާފަ ޖައްސަބަލަ. ނިކަން މަށާ މިކަންކަން ހަވާލުކޮށްބަލަ ދިވެހިރާއްޖެއަށް ބަދަލު ފެންނާނެ.
ސދފގ
17 July 2020
އައި ހެވަން ނެތް ކުރެވޭކަށް ... ތަރައްޤޣި ކުރަންވާނީ އައްޑު އަތޮޅު އެކަނި
ފެއިލްޑް
16 July 2020
ފަސޭހައިން ފައިސާ ހޯދާލައިގެން ފުއްދާލަން 1972 ން ފެށިގެން، ގައުމުގެ އިގްތިސާދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާކުރި ކުރުމަކީ ވެރިންނާއި، ސިޔާސީ މީހުންނާއި، ޕޮލިސީ މޭކަރުންގެ ބޮޑުވެގެންވީ ފެއިލިއަރ އެއް. އަދިވެސް ވިސްނުންހުރީ ހަމަ އެދިމާލަށް. އިންޑިޔާ ނުރުއްސަވާތީ އައިހެވަން ޓްރާންޝިޕްމަންޓް ޕްރޮޖެކްޓްސް ފަދަ ކަންކަން ކުރިއަށް ގެންދާކަށް ނުކެރެ. ތިމާވެށްޓޭ ކިޔައިގެން ތެޔޮފެނޭތޯ ބެލުންފަދަ ކަންކަން ނުކުރުމަށްވެސް ދައްކަނީ އުޒުރު. ފެއިލްޑް ސްޓޭޓް!
ޙިނި
16 July 2020
ހާދަ ފްރަޖައިލް އިކޮނަމީއެކޭދޯ. މިގައުމުގެ ކަންކަމާމެދު ވިސްނާ ފިކުރުކުރާ ޕްލޭނަރުން ބޮޑުތަނުން ފެއިލްވެއްޖެ. 1972 ގަ މުޅިގައުމު އެޔައްބަރޯސާވާ ޓުވަރިޒަމް އައީއްސުރެ ގައުމު މިއޮތީ ވަޅިއެއްގެ މިޔަމަތީ
ލުތުފީ
16 July 2020
ވަރަށް ބޮޑު ތެދެއް. އެންމެ ފަސޭހައިން ފައިސާ ހޯދޭ ގޮތަކީ އެންމެ ރަގަޅުގޮތް ކަމުގަ ނުވެދާނެ.
ރިހޭފޮއި
16 July 2020
ދެން ދައްކަބަލަ 2 ބިލިއަންޑޮލަރަށް ބޮޑުކުރެވިދާނެ ދެވަނަ އިންޑަސްޓްރީ އެއް.
ޒަބޫ
17 July 2020
ރިހޭފޮއި - ވ ސިމްޕަލް. ފެށުމަކަށް ފޯން ނޫނީ އިލެކްޓްރޯނިކް ސާމާނު ހަދާ ބައެއްގެ ކޮމްޕޯނަންޓެއް - ބެޓެރީ ނޫނީ ޗާޖަރު ހަދަން ފެކްޓްރީ އަޅަން ފުރުސަތު ދިނަސް އެއީ އެތައް ވަޒީފާއެއް. އަތޮޅުތެރޭ މިކަން ކުރީމަ ވަޒީފާ ލިބެންޔާ އެއްކަލަ މާލޭގަ އުޅޭމީހާވެސް ދާނެ. ރަށްތައް ތިޔާގިވާނެ. އާންމުންގެ އަތްމަތި ތަނަވަސް ވާނެ. ދައުލަތުގެ ރިކަރަންޓް ކުޑަވާނެ. ބަންގާޅުގަ އޮންނަ ގާމަންޓް އިންޑަސްޓްރީ އަކީވެސް ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް.