މިނިސްޓަރު ފައްޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
06 އޯގަސްޓް 2020 - 16:13
ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލިގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވަނީ 1،449 މީހަކު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ފައްޔާޒު ރޭ ވިދާޅުވީ 4،000 އެއްހާ މީހުންގެ ވަޒީފާ ގެއްލުނު ކަމަށް ބުނެ ފަތުރަނީ ހަގީގާތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ވަޒީފާ ގެއްލިގެން މިހާތަނަށް 1،449 މީހަކު ރަޖިސްޓަރީ ކޮށްފައިވާއިރު، ގިނައީ މުސާރަ ކުޑަކުރި މީހުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ދާއިރާތަކަށް ބެލި ނަމަވެސް ގިނަ ބައެއްގެ ވަޒީފާ ހިފެހެއްޓިފައި އޮތީ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުންނެވެ. އެގޮތުން ރިސޯޓުތަކުގެ ކުލި ފަސްކޮށްދިނުމާއި ވިޔަފާރިތަކަށް ލޯނު ދިނުމާއި ކުރިން ނަގާފައި ހުރި ލޯނުތައް ދެއްކުމުގެ މުއްދަތު ހަ މަސް ދުވަހަށް ފަސްކޮށްދިނުން ހިމެނެ އެވެ.
ކޮވިޑް-19ގެ ކަންތައްތައް އިތުރަށް ގޯސްވާ ނަމަ ކުރިއަށް އޮތް މަސްތަކުގައި ވެސް ސަރުކާރުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ ޖުލައި އޮގަސްޓު، އަދި ސެޕްޓެމްބަރަށް އަނެއްކާ ވެސް އިންކަމް ސަޕޯޓު އެލަވަންސް ފުޅާކޮށް ކުރިން އޮންނަ އުސޫލުގެ ތެރެއިން ނުދެވޭ މީހުންނަށް ވެސް ލިބޭ ގޮތަށް ބައްޓަންކޮށް ގާނޫނީގޮތުން ކުރަން ޖެހޭ ކަންތައް ކުރަމުން. އަދި އިތުރަށް ސްޓިމިއުލަސް ވޯކު ވެސް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވިގޮތުގައި ވަޒީފާ އަށް އަސަރުކުރި މީހުންގެ ތެރެއިން މިހާތަނަށް 8،500 އެއްހާ މީހުންނަށް ވަނީ އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 45 މިލިއަން ރުފިޔާ ދޫ ކުރަން ނިންމައިފަ އެވެ. މީގެ ތެރެއިިން 40 މިލިއަން ރުފިޔާ މިހާރު ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެސްއެމްއީ ބޭންކު މެދުވެރިކޮށް 1،725 ކުދި ވިޔަފާރިތަކަށް 300 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާއިރު ބީއެމްއެ މެދުވެރިކޮށް 332 ބޮޑެތި ވިޔަފާރިތަކަށް 476 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި މި ވަގުތު ލޯނު ދައްކަން ދަތިވާ މީހުންގެ ތެރެއިން 17،000 އެއްހާ މީހުންގެ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޑީޕީމީހާ
07 August 2020
ފޭކު ސަރުކާރެއް
Ali Gasim
07 August 2020
މިސަރުކާރު ރައްޔިތުންނަށް ކޮށްދިން ކަމެއްނެތް މިގައުމުގަ އުޅޭބިދޭސިންނަށްވުރެ ދިވެހިން ދެރަ ސަރުކާރެއްމި އެހެންވީމާ ދިވެހިން މިސަރުކާރަކަށް އިތުބާރެއް ނުކުރޭ
ރައްޔަތު
07 August 2020
ޔާމިނޭ މައުމޫނޭ ކިޔާނެ ކަމެއްނެތް ގައުމުގެ އާންމުދަނީ ދައްވެ އިގްތިސާދު ހުއްޓިފައިވާ މިދަނޑިވަޅުގައި ކުލައަކަށް ބެލުމެއްނެތި ދައުލަތުން އިންކަމް ސަޕޯޓައް އެދުނު ފަރާތް ތަކަށް ތި ދެއްވި އެހީގެ ސަބަބުން އަޅުގަނޑުގެ އާއިލާ ފައްޔާޒައް ޝުކުރު ދަންނަވަން މިނޫނީ ވިއްޔާ ޖެހެނީ ވަކިބަޔެއް ގާތު ސަލާން ޖަހަން މިއީ ނުދޭ އެއްޗެއް ކަމައް ހަދަން ބަޔަކު މަސައްކަތް ކުރިއަސް ގިނަބަޔަކަށް ލިބި މީގެ ފައިދާ އާއިލާތަކައްކުރި.ޝުކުރިއްޔާ ސަރުކާރު
މަންޑޭލާ
06 August 2020
މީ ޤައުމު ފުނޑާލަން އައި ބައެއްތަ؟
އެމެރިކާ
06 August 2020
ރައިސް ޔާމިން ހުރިނަމައޭ ދިވެހިން މިހާރު ހިތައް އަރާނެ. ހަމަ ގައިމުވެސް އަޅުގަނޑު ހިތައްއަރާ.
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
06 August 2020
ތިކަމުން ތިޔަދައްކައިދެނީ ރައްޔިތުން ސަރުކާރަށް އިތުބާުރުނުކުރާ މިންވަރު.