ވެއްޓުނު ބޯޓުގެ ކެޕްޓަން ދީޕަކް ވަސަންތު ސައްތޭ
08 އޯގަސްޓް 2020 - 12:22
ކާލިކަޓު (އޮގަސްޓް 8) - ކެރަލާގެ ކޮޒިކޯޑް އެއާޕޯޓަށް ރޭ ޖައްސަނިކޮށް ރަންވޭއިން ކަހާލައިގެން ގޮސް ވާދީއަކަށް ވެއްޓުނު އެއާ އިންޑިއާ އެކްސްޕްރެސް ބޯޓުގެ ކެޕްޓަނަކީ އިންޑިއާގެ ވައިގެ ސިފައިންގެ ކުރީގެ ޕައިލެޓެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެ ހާދިސާގައި ވަނީ ކެޕްޓަން ދީޕަކް ވަސަންތު ސައްތޭ އާއި ކޯ-ޕައިލެޓް އަކިލޭޝް ކުމާރު ވެސް މަރުވެފަ އެވެ. އިންޑިއާގެ އެއާ ފޯސް އިން ރިޓަޔާ ކުރުމަށް ފަހު ކެޕްޓަން ސައްތޭ ފުރަތަމަ މަސައްކަތް ކުރީ އެއާ އިންޑިއާގަ އެވެ. ފަހުން ވަނީ އެއާ އިންޑިއާ އެކްސްޕްރެސްގެ ޕައިލެޓަކަށް ބަދަލުވެފަ އެވެ. އޭނާ އަކީ ބޯއިން 737 ގެ ބޯޓުތައް ދުއްވުމުގެ ވަރަށް ތަޖްރިބާކާރު ޕައިލެޓެއް ކަމަށްވެ އެވެ.
ވެއްޓުނު ބޯޓުގެ ކޯ-ޕައިލެޓް އަކިލޭޝް ކުމާރު
ހައިދަރުއާބާދުގެ އެއާ ފޯސް އެކަޑަމީން ސްވޯޑް އޮފް އޮނާގެ ލަގަބާ އެކު ސައްތޭ ގުރެޖްއޭޓްވެފައި ވަނީ 1981 ވަނަ އަހަރު އެވެ. އޭނާ ވަނީ ނޭޝަނަލް ޑިފެންސް އެކަޑަމީގެ ގޯލްޑް މެޑަލް ހާސިލްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެއާ އިންޑިއާގައި ކެޕްޓަން ސައްތޭ ދުއްވާފައި ވަނީ އެއާބަސް 310އެސް އެވެ.
ކޯ-ޕައިލެޓް އަކިލޭޝް ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.
ދުބާއީން ފުރައިގެން ކޮޒިކޯޑަށް ދަތުރު ކުރި ބޯޓުގައި ތިބި 191 މީހުންގެ ތެރޭން 18 މީހުން ވަނީ މަރުވެފަ އެވެ. ރަންވޭ މަތިން ގޮސް ވާދީއެއް ބޯޓު ވެއްޓުމާ އެކު އެ ބޯޓު ވަނީ ދެ ބުރިވެފަ އެވެ. ބޯޓު ޖެއްސިއިރު ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީށް
09 August 2020
ނިއްކުރީގަ ލިޔެވިފައެއް ނޯވޭ 40 ހުން މަތިވެފައޭ! ގައެމު 45 ވާ އެިރު ވެސް ވ ޒުވާން ކޮށް ތިބޭ ކިތައްމެ މީހުން ތިބޭ! އެމީހުން ނަކީ 40 އަހަރުން ދަށް މީހުން ކަމަށް ހީކޮށް ޒުވާނުން މި ލަފުޒު ބޭނުންކުރޭ! .. ރަދީފުބޭ ހާދަ ފަހަތުގަ! ނިކަން ވިސްނަވާ ލައްވާ ތަންކޮޅެއް ފުންކޮށް!
ރިޝް
09 August 2020
ފިރިހެނަކު އަދި އނެއްހެން މުސްކުޅިޔެއް ނުވާނެ 55 ވިޔަސް! އެކަމަކު ތި މީހާ އަށް 60 ވެދާނެ! ބަލަ ތަޖުުރިބާ ހުންނާނެ! ޒުވާނުން މާ ފަރުވާ ކުޑަވާނެ! ތި ރަދީފު މުސްކުޅި ނުވާނެ ތަ!
ރަދީފްއޮފިޝިއަލް
09 August 2020
ކިތަންމެ ރުޅިއަޔަސް އެއީ މުސްކުޅިއެއް.ރާއްޖޭގަވެސް 40 މަތިވީމަ ނުކިޔާނެ ޒުވާނެކޭ.ރުޅިއަޔަސް ހަގީގަތްވާނީ ހަގީގަތަށް.ހެހެހެހެހެ
ވުނިމާދު
09 August 2020
އެމީހުންނަކަށް ނޭނގޭނެ އަދައިގެ ބޯޓު ދުއްވާކަށް . މިލިޓަރީ އެއްޗިސް ދުއްވިދާނެ އަންހެން ވެރިންނަށްވެސް.
ޢަފްލާ
08 August 2020
މިހާދިސާގަ މރުވި މުސްލިމުން ކަމަށް ވާނަމަ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދއއްވުން އެދި ﷲ ގެ ޙަޒްރަތުގައި ދުޢާ ދަންނަވަން އެންމެނަށް ހެޔޮރަޙުމަތް ލަހވާށި
ނުގުޑާ އަޒުމު
08 August 2020
ރަހުތްތެރި ބައެެއް ޕީޕީއެމް ސޮރުން ނާއި މިހާރު ވާހަކަ ދައްކާލަން ވެސް ދައްޗެވެ. ކޮންމެ ވާހަކަ އެއްގެ ތެރެއިން ވެސް ރާއްޖެ އާއި އިންޑިޔާ ގެ ގުޅުމުގެ ވާހަކަ ނުބައި ގޮތަކަށް ނަގާނެއެވެ.ކޮވިޑް19 ގެ ވާހަކަ ނުބައި ގޮތަކަށް ނަގާނެއެވެ.ޓާގެޓް އަކީ ސަރުކާރު ބަދުނާމު ކުރުމެވެ.
ރަދީފްއޮފިޝިއަލް
08 August 2020
ބޮޑު މުސްކުޅިއެއް ދޯ.އެއާ އިންޑިޔާގަ ގިނައިން ތިބޭނީ މުސްކުޅިން.އިންޑިޔާގެ އެއާޕޯޓްތަކުގަ ޗެކިން ކައުންޓަރު ތަކުގަވެސް ތިބެނީ މުސްކުޅިން.
ކަސަބު
08 August 2020
ތަޖްރިބާ ހުންނާނީ ޅަކުދިންގެ ދޯ.
ރުމާގަމީހެއްތީ
08 August 2020
ހަމަޖެހޭ ކޮަމަންޓު ކޮށްބަލަ. މުސްކުޅި ޕައިލެޓުން ތަޖުރިބާ ހުންނާނެ. މުސްކުޅުވީމަކަ ނޫން ގަމާރުވަނީ. ބޯހަލާކު.
ޕިސް ޕިސް
08 August 2020
ތިޔަ ހުންނެވީ މުސްކުޅިނުވާ ބޭސް ފަރިއްކުޅުއްވައިގެން ދެއްތޯ؟
އަހަންމަދާ
08 August 2020
މުސްކުޅިއަކަސް ޒުވާނަކަސް މިހާރު އެބޭފުޅާ ދުނިޔެއަކު ނެތޭ. ހެޔޮއެދޭށޭ. ތިބާވެސް މަރުވާނެއެވެ.
މުސްކުޅި
08 August 2020
ތިވާނީ ފަޚްރުވެރި ދިވެއްސަކަށް
ކިޔާ ގޮތް
08 August 2020
އޯލްޑް އިޒް ގޯލްޑް..