އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ސެންޓަރު--
22 އޯގަސްޓް 2020 - 19:45
އެމްޑަބްލިއުއެސްސީން ކުރިއަށްގެންދާ "އެއްހާސް، އެއްހާސް" ޕްރޮމޯޝަންގެ ފުރަތަމަ ދެ ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު 10 ނަސީބުވެރިން ހޮވާނެ އެވެ. އަދި ކޮންމެ ނަސީބުވެރިއަކަށް އިނާމުގެ ގޮތުގައި 1000ރ. ގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.
އެމްޑަބްލިއުއެސްސީން ބުނިގޮތުގައި ފުރަތަމަ ދެ ހަފްތާގެ 20 ނަސީބުވެރިން ހޮވައި އެ މީހުންނަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ހުރިހާ ފެން ބިލަކަށް ފައިސާ ދައްކައި ހަލާސް ކުރާ ކަސްޓަމަރުންނަށެވެ. އަދި ވަކިވަކި މަސްތަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކާ މީހުންނަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕާއި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކާއި ނަގުދު ފައިސާ އިން ވެސް ބިލް ދެއްކޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ގެންދަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން އެ ކުންފުނިން ނަރުދަމާގެ ހިދުމަތްދޭ ކ. މާފުއްޓާއި ރ. ދުވާފަރާއި ހދ. ކުޅުދުއްފުއްޓަށް އަމާޒުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
23 August 2020
މާރަންގަޅުވާނެ އާންމުހިޔާލައް ހުޅުވާލިއްޔާ، ފެންބިލު ނުދެއްކިގެން އެއުޅެނީ ގައުމުގެ އިކޮނަމީ ހުއްޓިފައިވާތީ
އާންމު މީހެއް
23 August 2020
ހޮވުނު 20 މީހުންނަކީ ކޮންބައެއްކަން އެގޭނެ ގޮތެއްނެއްތަ؟
ހަނާ 1
23 August 2020
ފެނަކީ ނަސީބުވެރިންގެ ހައްޤެއްތަ؟
ޜަެްޔިތުނ
22 August 2020
ޜައްޔިތުން ފެލާފަ ޕްރޮމޯޝަން އެކޭ ކިޔާފަ ދެން ފެންތިކެއްވަރު އެއްޗެއްދީ. ފެނާކަރަންޓް ކުޑަކުރަން ނޭގޭ ވައުދު ފުއްދަންނޭނގޭ ސަރުކާރު