23 އޯގަސްޓް 2020 - 10:14
ބާސެލޯނާ (އޮގަސްޓް 23) – ބާސެލޯނާ އަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެކަމަކު ލިއޮނަލް މެސީ ދޫކޮށްލުމަކީ ހައްލު ނޫން ކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ރޮނާލްޑޯ ބުނެފި އެވެ.
ފަހަކަށް އައިސް ބާސެލޯނާގެ އެތެރޭގެ ކޯޅުމާ ހެދި އެ ޓީމުގެ ކުޅުމަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއޫއާ މެސީއާ މައްސަލަތަކެއް އެބައުޅެ އެވެ. މި ސީޒަން ހުސް އަތާ ނިންމާލަން ޖެހުމާ ބަޔާން މިއުނިކް އަތުން 8-2 އިން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓުމުން އެ މައްސަލައިގެ ހުޅުގަނޑު ވަނީ ފަޅައިގެންގޮސްފަ އެވެ. އެހެންވެ ހާއްސަ އިހުތިޔާރެއްގެ ދަށުން މެސީ އެ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް އަޑުތައް ވަނީ އަރައިފަ އެވެ.
މާސާއާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މެސީ އަކީ ބާސެލޯނާގެ ފެންވަރުގެ މިންގަނޑު ކަޑައަޅާ ކުޅުންތެރިޔާ ކަމަށެވެ. އަދި އޭނާ ބާސެލޯނާގައި ހުރި ނަމަ އެއްވެސް ހާލެއްގައި މެސީ ދޫނުކުރާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.
"އޭނާ ވެފައިވަނީ ތަފާތު މޮޅު ކުޅުންތެރިޔަކަށް. އަދި ކްލަބާ ވަރަށް ވަރުގަދަ ގުޅުމެއް އޮވޭ. ޗެމްޕިއަންސް ލީގު މެޗުން ބަލިވުމުން ހާލަތު މިވަނީ ބަދަލުވެފައި. އެހެންވާ އެކު މެސީ އަށް ޓީމުގެ އެހެން ކުޅުންތެރިންގެ އެހީ ބޭނުންވާނެ،" ބާސެލޯނާ އަށް 1997/1998 ގައި 49 މެޗުން 47 ގޯލް ޖަހައިދިން ރޮނާލްޑޯ ބުންޏެވެ.
އޭނާ ބުނީ ބާސެލޯނާ އިން އަންނަ ސީޒަނަށް ތަފާތެއް ގެންނަން ޖެހޭ ކަމަށާއި އެކަމަކު އެ ބަދަލަކީ މެސީ ޓީމު ދޫކޮށްލުން ނޫން ކަމަށެވެ.
ބާސެލޯނާގެ އާ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވެސް ވަނީ މެސީ މަޑުކުރަން އެދޭ ކަމަށް ބުނެފަ އެޗެ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ޖޫން މަހަށް ހަމަވާނެ އެވެ. އަދި މިހާރު އޮތްގޮތުން އަންނަ ޖެނުއަރީ މަހުގެ ކުރިން މެސީ ބާސެލޯނާގެ އެއްބަސްވުން އާ ނުކޮށްފިނަމަ ހިލޭ ޓްރާންސްފާއެއްގައި އެ ޓީމު ދޫކޮށްލަން އެހެން ކްލަބަކާ އެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރުމުގެ އިހުތިޔާރު ލިބިގެންދާނެ އެވެ.
"ބާސެލޯނާއާ އެކު މެސީގެ ކޮންޓްރެކްޓްގައި އެއް އަހަރު އެބައޮތް. މެސީ އަކީ ބާސެލޯނާގެ ހިއްސާއެއް. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެންމެ މޮޅު ކުޅުންތެރިޔާ އަމިއްލަ ޓީމުގައި ބަހައްޓަން. އިދިކޮޅު ޓީމުގައި ހުންނާކަށް ނޫން،" ކޫމަން ބުންޏެވެ.
"ކޯޗެއްގެ ހައިސިއްޔަތުން މެސީއާ އެކު މަސައްކަތްކުރަން ވަރަށް ބޭނުން. އެއީ އޭނަ އަމިއްލަ އަށް ވެސް މެޗުތަކުގެ ނަތީޖާ އެބަނެރޭ. އަހަރެން އޭނައާ ވާހަކަ ދައްކާނަން. އަހަރެންގެ އުއްމީދަކީ ގިނަ އަހަރުތަކެއް ވަންދެން އޭނައާ އެކު މަސައްކަތްކުރުން."
މެސީ އަށް ޝައުގުވެރިވާ ކްލަބްތަކަކީ މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ އަދި އިންޓަ މިލާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣުޒުރުބެ
23 August 2020
މެސީ ރަނަގަޅީ އާރޖެންޓީނާ ގައުމީ ޓީމައް ވެސް ނުކުޅުނީޔާ
ގައިސާން އަބޫބަކުރު (ގާފަރު)
23 August 2020
ތި މެސީ ތީ އަހަރުން ދަންނަ މީހެކޭ! އެއުޅެނީކީ ކޮންމެހެން ދާކަށް ނޫން ލިބޭ ލާރިކޮޅު ބޮޑުކޮށްލަން ރޮއެގެން! ލާރިޔާ ހެދި ބޫތު ކައިފަ! ހެޑްލައިނަށް އަރަން އެއްޗެކޭ ކިޔާފަ! ވާކަމެއް ހަރާމޭ! ގޯޓޯ! ލަދް
ރަދީފްއޮފިޝިއަލް
23 August 2020
ކަލެއަށް ތިއޮތީ މެސީ އެނގިފަ ގާފަރޭ.މަހަށް ދޭބަލަ.
ރަދީފު ސީނިއަރ
24 August 2020
ގާފަރޭ އަށް އެކަންޏެއް ނޫން މުޅި ދުނިޔެއަށް އެޔޮތީ މެސީގެ ސޮޑު ކަން އެނގި ސޯޓް ބޭލިފަ. ދަށްވިޔަސް ބޮޑުވަރު. މެސީ ރަނގަޅުވާނެ އޮށްކެޔޮ ހޮވަން ވަނިއްޔާ ޑްރާމާ ނުކުޅެ!
ސައްދާމު ހުސައިން
24 August 2020
ރަދީފް ހީކުރަނީތޯ މަސްވެރިކަމަކީ ވަރަށް ދެރަ މަސައްކަތެކޭ! އަޅުގަނޑުމެން ފަދަ ކިތަންމެ ބަޔަކު ކައިގެން ބޮއެގެން މިއުޅެނީ މަސްވެރިކަމުން! ހަމައެކަނި ބޮޑުގޮނޑީގަ ތިބެގެން ހޯދާ ލާރިތޯ ހަލާލު ވަނީ!
ރަދީފްއޮފިޝިއަލް
24 August 2020
މެޗަކުން ބަލިވުން އެއީ ކުޅުންތެރިޔާގެ މުޅި ކުޅިވަރުގެ ހަޔާތުގަ ހުތުރު ލަތްގަނޑެއް ޖެހެން ޖެހޭ ސަބަބެއް ނޫން.ކުޅިވަރު އެއީ ބަލި އަދި މޮޅުވުން އޮންނަ އެއްޗެއްކަން ކަލޭމެންނަށް ނޭނގުން އެއީ ކަލޭމެންގެ އަސްލު ސައިޒް އެނގި ސޯޓް ބޭލޭނެ ކަމެކޭ ނުބުނަން މަމެން ނެތިން.މެސީ ހިނގި މަގަކުން ކަލޭމެންގެ މުޅި ހަޔާތުގަ ވެސް ދެވޭނެތަ؟ މޯސްޓް ޕްރަބްލީ ނޯ ދޯ.ވ.ވެދުން