ޔޫއޭއީ އާއި އިޒްރޭލުގެ ގުޅުމާ ބެހޭ ގޮތުން ބޮޑުވަޒީރު ނަތަންޔާހޫ އިއްޔެ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
31 އޯގަސްޓް 2020 - 11:17
ތެލް އަވީވް (އޮގަސްޓް 31) - ވަރަށް ގިނަ އަރަބި ލީޑަރުންނާ އެކު އިޒްރޭލުން ސިއްރު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ގުޅުން ބަދަހި ކުރުމަށް ފަހު، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އުސޫލުން ވައިގެ ދަތުރުތައް ފެށުމުގެ ކުރިންނެވެ.
"އިޒްރޭލާ ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ވަރަށް ގިނަ އަރަބި އަދި މުސްލިމް ލީޑަރުންނާ އެކު ކުރިއަށް ދޭ،" އެެއްވެސް ގައުމެއްގެ ނަން ހާމަނުކޮށް ނަތަންޔާހޫ ވިދާޅުވި އެވެ.
އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ޔަހޫދީ ދައުލަތާއި ޔޫއޭއީއާ ދެމެދު ގުޅުން ގާއިމްކުރާކަން އިއުލާންކޮށްފައި ވަނީ އޮގަސްޓް 13 ވަނަ ދުވަހު އެވެ.
އިޒްރޭލުން ޔޫއޭއީ އަށް ހޯމަ ދުވަހު ބާއްވާ ކޮމާޝަލް ފްލައިޓުން އިޒްރޭލުގެ މަތީ ފެންވަރުގެ ވަފުދެއް ޔޫއޭއީ އަށް ދަތުރުކުރާނެ އެވެ. އިޒްރޭލުގެ ވަފުދުގެ އިސްވެރިކަށް ހުންނާނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މެއިރް ބެން ޝަބަތެވެ.
ޔޫއޭއީން ހޮނިހިރު ދުވަހު ވަނީ އިޒްރޭލް ބޮއިކޮޓް ކުރުމުގެ 1972 ވަނަ އަހަރުގެ ގާނޫނު އުވާލައިފަ އެވެ.
އިޒްރޭލާއި ޔޫއޭއީން ގުޅުން ބަދަހި ކުރުން ފަލަސްތީނުން ސިފަކޮށްފައި ވަނީ "ފަހަތުން ހަންޖަރު ޖެހުން" ފަދަ ކަމެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާލިބް
01 September 2020
ފެންނަ މަންޒަރުތަކުން މިއަދު އެގެނީ އަރަބިންނަށް ވުރެން އަޖަމީން އިސްލާމްދީން ދެކެ ލޯބިވާ މަންޒަރު
އަދުރެޓިކްސް
31 August 2020
ދިވެހި ސަރުކާރުން އިޒްރޭލް އާއި އަގައިންބުނިކަން އެގުނަސް ހުންނާނެ ފޯރިއެއް! އަރަބިންނަށް ވުރެ އިސްލާމްކަން ފުރިހަމަވެގެން އުޅޭ ބަޔެއް މިތާމިއުޅެނީ
ސަރުދާރު
31 August 2020
ޔަހޫދީންނާ ނަސާރާއިން އަހަރުމެންނާ ރުހޭނަމަ އޭގެ މާނަ އަކީ އަހަރުމެން މިތިބީ ނޭނގިނަމަވެސް އެމީހުންގެ މިއްލަތައް ތަބާވެވިގެނޭ. ގުރުއާން ކިޔަވާ އެއާމެދު ފިކުރު ކޮށްބަލަ. ޢަރަބި ނަމެއް ކިއީމަ މުސްލިމަކަށް ވާކަމެއް ނުދެނެހުރިން.
ައަފުރާސިޔާބު
31 August 2020
އަރަބިންނޭ ބުނީމާ އެމީހުންނަކީ މާ ފުރިހަމަ މާސާފު ކުށެއް ނުކުރާނެ ބައެއްކަމަށް ދޯ ތިދެކެނީ. ކީރިތި ރަސޫލާގެ ހައްޖަތުލް ވިދާޢުގައި ހަދީސްކުރައްވާފައިވޭ އަރަބަކަށް ވިޔަސް އަދި އަޖަމީއަކަށް ވިޔަސް އެމީހަކު މާތްވާނޭ ގޮތް. އަދިވެސް ރަސޫލާގެ ހަދީސްތަކުންނާއި ކީރިތި ގުރުއާނުގެ އަލީގައި ބަލާ ބަޔަކަށް ފެންނާނެ ފަހުޒަމާނުގައި ތިޔަ އަރަބިން ކަންކުރާނޭ ގޮތް. ޔަހޫދީންގެ ބާރު އަރަބީންގެ މައްޗަށް ހިނގާނޭ ކަން. އެކަން އެހެންވަނީ ﷲގެ މަގަށް ފުރަގަސްދިނުމުން.
ރަދީފްއޮފިޝިއަލް
31 August 2020
ނަތަންޔާހޫ ކަލޭގެ ޓާމް ވެސް އޮކްޓޫބަރު 2021 ގެ ހަމަވާނެ ދޯ.އޭގެ ފަހުން ކަލޭގެ ތަރި އޮއްސުނީ.
ރަދީފްއޮފިޝިއަލް
31 August 2020
މުސްލިމް ލީޑަރުން ހިންގާނެ ތިހުރިހާ ހުތުރު އަމަލުތައް.މުސްލިމުންގެ ގޮތުގަ ފަގުޑި އަޅައި ޖުއްބާ ލައިގެން ތިއްބަސް އެމީހުން އެއީ އަމިއްލަ މަންފާއަށް ކޮންމެ ފަދަ ކަމެއް ކުރަންވެސް ޖެހިލުން ނުވާނެބައެއްކަން އަހަރުމެންނަށް އެނގޭ.މުސްލިމު ހުރިހާ ދައުލަތްތައް އެކައްޗެއް ކިޔައި އެއް އަމާޒަކަށް މަސައްކަތް ފަށައިފިނަމަ ޔަގީން ނަތަންޔާހޫ ޖެހޭނީ މަހަށް ދާން.ފަލަސްތީން ވެސް މިނިވަން ވާނެ.އިހްލާސްތެރި ވެރިން ނެތީމަ މިއަދު މުސްލިމުން ދަނީ ނިކަމެތިވަމުން.ދެރަ.
ކެޔޮޅު.
31 August 2020
މަހައްދިއުމޭ ކަލޭ މާނަތިިކުރީ އެއްމެ ދަށު ދަރަޖައިގެ ކަމަކަށް. މީހަކު ގޮތް ހުސްވީމަ ކުރާ ކަމަކަށް. ނިކަން ހަމަޖެހިލައިގެން މަހަށް ދިޔުމާ މެދު ވިސްނާލަބަލަ.
ރަދީފް ބުން ރަދައިފަ
31 August 2020
ޔަހޫދީންނާ ވާހަކަ ދެއްކުމަކީ ހަރާން ކަމެއްތަ؟
ރަދީފްއޮފިޝިއަލް
31 August 2020
އަހަރެން ބުނި އެއްޗެއްގެ މާނަ އޮޅުވާނުލުމަށް ނަސޭހަތްތެރިވަން.(ޔަހޫދީންނާ ވާހަކަ ދެއްކުން ހަރާމޭ އަހަރެން ނުބުނަން.މުސްލިމު ވެރިން މުސްލިމުން ކަރަށް ފައިން އަރަން ޔަހޫދީންނަށް ވާގިވެރިވުން އެއީ ގޯހެއް.ރަނގަޅުކަންތައްތަކުގަ އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވާން އަހަރުމެންގެ ދީންއަންގަނީ.ނަތަންޔާހޫ މަހަށް ދާންޖެހުން އެއީ ދެން ވަރަށް ހެއްވާކަމަކަށް ދޯ ވާނީ.އެހެންވެ އެހެން ބުނެލީ).
ައަފުރާސިޔާބު
31 August 2020
ޔަހޫދީންނާއި ނަޞާރާއިންނާ ވަހާކަދެއްކުމާއި ވިޔަފާރިކުރުމަކީ ހުއްދަކުރެވިފައިވާ ކަމެއް. މަނާވެގެންވަނީ އެމީހުންނަށް ތަބަޢަވުމާއި އެމީހުން މުސްލިމުންގެ މައްޗަށް އިސްކުރުން. އަދި އެމީހުން މުސްލިމުން ގަތުލުކުރަމުންދާއިރު އެމީހުންނަށް މަގުފަހިވާ ކަންކަންކުރުމަކީ ﷲ އާއި އެކަލާނގެ ރަސޫލާ މަނާކުރައްވާފައިވާ ކަމެއް. އަދި ޔަހޫދީންނާއި ނަޞާރާއިން މުސްލިމުންނާ ހަގުރާމަނުކޮށް ނުވަތަ އަނިޔާވެރިނުވާ ޙާލަތުގައި އެމީހުންގެ ބޯކަނޑައި މުދާ ފޭރުމަކީވެސް ހުއްދަކުރެވިފާވާކަމެއްނޫން