މިނިސްޓަރު އަމީރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މައުލޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު
31 އޯގަސްޓް 2020 - 12:40
ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވުމާ ގުޅިގެންނެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުނީ ރާއްޖެއަށް ވަންނަ ޑޮލަރު މަދުވުމުގެ ސަބަބުން ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 18ރ. އިން މައްޗަށް އަރައިފަ އެވެ.
އަމީރު ވިދާޅުވީ ރާއްޖެއަށް ލިބޭ ޑޮލަރުގެ 80 ޕަސެންޓު ވަންނަނީ ޓޫރިޒަމް ދާއިރާއިން ކަމަށް ވާއިރު އެ ދާއިރާ އެއްކޮށް ހުއްޓިފައި އޮތުމުން ޑޮލަރު ވަންނަ ދޮރުތައް އެއްކޮށްހެން ބަންދުވީ ކަމަށެވެ. ނަމަވެސް ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދުވަސްކޮޅެއްގެ ތެރޭގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕެރެލަލް މާކެޓުގެ ރޭޓްސް މަތިވަމުން އަންނަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެކަންތައްތައް މެނޭޖު ކުރުމަށް އިންޑިއާގެ ކަރަންސީ ސްވަޕްގެ ތެރެއިން އެމްއެމްއޭއިން މަސައްކަތްތައް އެބަ ކުރޭ،" އަމީރު ވިދާޅުވި އެވެ.
ކަރަންސީ ސްވަޕުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ހިލޭ އެހީގެ ގޮތުގަ އާއި ލޯނުގެ ގޮތުގައި ލިބޭ ޑޮލަރު ވެސް އަގު ކޮންޓްރޯލް ކުރުމަށް ބޭނުން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި 190 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.9 ބިލިއަން ރުފިޔާ) ރާއްޖެއަށް ލިބިފައިވެ އެވެ. އަދި އިންޑިއާއިން ބަޖެޓް ސަޕޯޓުގެ ގޮތުުގައި 200 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ) ދޭން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
31 August 2020
އަމީރޫ މޮޔަފުޅުވީތޯ ޑޮލަރު މިހާރުވެސް ހުރީ ކޮންޓުރޯލްކޮށްފައި އެއީ 20 ރުފިޔާޔަށް 1 ޑޮލަރު ،
ޙިނި
31 August 2020
ޑޮލަރުން ވިޔަފާރިކުރުން މަނާކޮއްބަލަ، މިކަން މަނާ ނުކުރެވެނީ. 3 4 ޖީލު ހަފުސް ވާއިރުވެސް މިކަމެއް ހައްލުނުކުރެވިގެން މިއުޅެނީ
އަހުމަދުބިންސުލައިމާން
31 August 2020
މިނިސްޓަރ ކަ މަކު ހިސާބު ޖަހާފައި ވާހަކަ ދައްކާ. 50،000*600= 30 މިލިއަން ޑޮލަރު މަހަކު ބަންގާޅަށް ބޭރު ކުރޭ. އަދިކޮބާ އެހެނިހެން މަތީ ލެވެލް ތަކުގައި ތިބި ބޭރު މީހުން. 40 މިލިއަން ޑޮލަރު ބޭރުވާނެ. ޑޮލަރު އަގު ނުހިފެހެޓޭނެ ފްލޯޓް ކޮށްގެން ނޫންގޮތަކަށް.
މަރީ
31 August 2020
ކޮބަހޭ އަހަރެމެންގެ ފްރަންޓްލައިން ލާރިކޮޅު
އަނބިމީހާގެފިރިމީހާގެކާފަ
31 August 2020
މިހާތަނަށް މައްޗަށް ގޮއްސިއެއްޗެއް ތިރިވެފައެއްނެތް. ބޯސަކަރާތްވާހަކަނުދައްކާ.
ހައްމާދު
31 August 2020
ލޯނަށް ދޫކުރާ ފައިސާ މިދަނޑިވަޅުގައި ޑޮލަރުން ދިނިއްޔާ ކީއްތަވާނީ.
ޕީއެސްއެމްގެ ސިޔާސީރައިވަރު
31 August 2020
އެންޑީޕީއަށް ވެރިކަން ލިބުމާ ކޮންމެ ޑަލޮރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓަންޖެހުމާ މިދަނީ އެއްކޮށެވެ.
ފިސާން
31 August 2020
އަދި 4ބިލިއަން ރުފިޔާ ޗާޕްކޮށް ނެރެފަ ދެން ބުނޭ ޑޮލަރ ކޮންޓްރޯލް ކުރާނަމޭ...
މުހައްމާދު ސައްތާރު
31 August 2020
ފުރަތަމަ ކަމަކަށް އެއްޗެއް ނުއަގުގައި ނުވިއްކޭނެ. އެއްޗެއްގެ އަގު އަންނަނީ ސަޕްލައިއާއި ޑިމާންޑަށް. ސަރުކާރުން ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަކީ އެއްޗެއްގެ އަގު ނުއަގުގައި ވިއްކަން މަޖުބޫރުކުރުން. އެހެންވެ ބްލެކް މާކެޓް އޮންނަނީ. އަގު ކޮންޓްރޯލް ކުރުން ދޫކޮއްލައިފިނަމަ ގިނަ މީހުން ވިއްކަން ޝައުގުވެރިވާނެ. ސަބަބަކީ ފައިދާ ލިބޭނެތީވެ. އަދި އޯޕަން މާކެޓްުގައި އަގު ބޮޑުވުމުން ގަންނަ މީހުން މަދުވާނެ. ނަތީޖާއަކީ ޑޮލަރުގެ އަގު ދައްވުން.
ހަޖޫޖާ
31 August 2020
ދިވެހިރާއްޖޭގެ ކަންކަން ގޯހުން ގޯހުން ދަނީ ސިޔާސީ މީހިން ބޮޑެތި މަހުޖަނުންގެ އުނގަ ވެއްޓިފައިވުން. ޑޮލަރުގެ ބާޒާރުގައި ބޮޑު ވިޔަފާރިވެރިއެއް ކޮންޓުރޯލްކޮށް މި ވިޔަފާރިން ފައިދާ ނަގަމުންދޭ!