ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ސޫޒަން.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ ވެބްސައިޓް
17 ސެޕްޓެމްބަރ 2020 - 16:03
ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފު އެއް މަސް ދުވަހަށް ސަސްޕެންޑު ކޮށްފި އެވެ.
ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޫޒަންއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާއި އެ ކޮމިޝަނުން ހިންގި ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިދާރީގޮތުން ބަލަންޖެހޭ މައްސަލަތަކެއް ބެލުމަށް، މުސާރަ ލިބޭ ގޮތަށް އެއް މަހަށް ސޫޒަން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
ސޫޒަންއާ ގުޅޭގޮތުން، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ސީއެސްސީއަށް ފޮނުވި ސިޓީއެއްގައި ބުނީ އޭނާގެ ކިބައިގައި މަގާމުގެ ޒިންމާ އަދާކުރުމުގެ ގާބިލްކަން ހުރިކަމާ މެދު ސުވާލުއުފެދޭ ކަމަށެވެ. އެކަންކަމުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ޕީއެސްގެ މަގާމުގައި ހުންނަވައިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ސިޓީގައިވާ ގޮތުން، މިނިސްޓްރީގައި އޮންނަ އެޗްއާރުއެމްޑީ ކޮމިޓީއާ މަޝްވަރާ ކޮށްގެން ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ވެސް އެ ކޮމިޓީއާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ސޫޒަން ވަނީ ނިންމަވައިފަ އެވެ.
"އެގޮތުން އޮފީހުގެ ސިވިލް ސާވިސް އިސް މުވައްޒަފެއް ވަޒީފާއިން ސަސްޕެންޑުކުރުމުގައި ވެސް އެޗްއާރުއެމްޑީ ކޮމިޓީއާ މަޝްވަރާކޮށްފައި ނުވެ އެވެ. އަދި މިނިސްޓްރީގެ ސިޔާސީވެރިންގެ އެންގުންތަކާ އެއްގޮތަށް ސިވިލް ސާވިސްގެ ގަވައިދާ ހިލާފަށް ޕާމަނަންޓް ސެކްރެޓަރީ އަމަލުކޮށްފައި ވެ އެވެ. އެގޮތުން ސިވިލް ސާވިސްގެ އުސޫލުތަކާއި ހިލާފަށް މުވައްޒަފުން މަސައްކަތް ކުރަމުންދާ ސެކްޝަން ބަދަލުކުރުން ފަދަ ކަންކަން ކޮށްފައިވާއިރު މިފަދަ ކަންކަން ހުއްޓުވުމުގައި ޕާމަނަންޓް ސެކްރެޓަރީ ވަނީ އިހުމާލުވެފަ އެވެ،" ސީއެސްސީގެ ރައީސް މުހައްމަދު ނާސިހަށް ފޮނުއްވި ސިޓީގައިވެ އެވެ.
މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ކަންކަމުގައި ބޮޑެތި އިހުމާލުތަކެއް ވުމުގެ އިތުރުން އެކި މުވައްޒަފުންގެ މެދުގައި ވެސް ޕީއެސް ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު، މިދިޔަ އާދިއްތަ ދުވަހު ފޮނުވި ސިޓީގައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަންޕި
19 September 2020
ޢެހެއެހެހޭ! ދިގުޗުއްޓީއެއް ދެއްވީ!
ގޯރޯންކީ
19 September 2020
މުސާރަ ލިބޭ ގޮތަށް އެއް މަހަށް ސަސްޕެންޑުކުރީމަ މާ ރަނގަޅެއްނުން.ގޭގަ ހުރެގެން ރުފިޔާ ލިބުނީނުން.ތިހެން ހުންނަން ޖެހިދާނެ މައްސަލަ ނުނިމި އަހަރު ވަންދެންވެސް.ގޭސް ގަނޑެއް އަނބުރަނީހެން ހީވަނީ،މިއޮތީވާ ސަރުކާރެއް.ވަގުން ކަންކަން އޮޅުވާލަން ކުރާ ކަންތައް.
ޓަކި މޫނާ
18 September 2020
ސަރުކާރުގެ އިސް މަޤާމުތަކުގަ ނާގާބިލް މީހުންނަށް މިތީ މަޤާމުތައް ދީފަ.
ޝަރުމީލަ
18 September 2020
އެޕްރެއިޒަލް އިން ލުބުނީ 35 ކަމަށްވަނީ، 40 އަށްވުރެ ދަށުން ލިބިއްޖެންޏާ މަޤާމުން ވަކިވާނެ
މމމމމމހސނ
18 September 2020
ހާދަ ބާރު ގަދަ މުވައްޒަފުން އުޅުއްވާ ތަނެކޭ..
މީޝާއަހްމަދުމަނިކު
18 September 2020
ތަންތަނަށް ވަޒީފާ އިއުލާން ކުރަނީ، ބިޑްކުރަން އިއުލާނުކުރަނީ ދޭނެމީހުން ނިންމާފަ. ކަމަށް ކިތަންމެ ގާބިލްމީހަކު ލިޔަސް ލިބޭނީކީ ނޫން. ލިބޭނީ އެތާގެ ވެރިޔެއްގެ އާއިލާއަށް ނުވަތަ ކަޓެއް ލިބޭގޮތަށް. ސަރުކާރެއްނޫން ވަކި. މުޅިގައުމު މިގޮތުގައި. ބިރުގަންނަ ހިސާބަށް ކަންކަންތައް މިހެރަވަނީ. އަދިވެސް ދިވެހިން ވިސްނަންނުވޭތޯ؟ ގައުމުގެ ކުރިއެރުން ހުއްޓި، ހައްގުތަށް ފުނޑި، ހެޔޮމަސައްކަތްކުރާ މޮޅެތި މީހުން މަގުމަތިވެ. މީތޯ ދުނިޔޭގަ އޮތްގޮތަކީ މިގައުމުގަ؟ އިބޫ؟
ގައު މީ ޔުނިވަރސިޓީ
18 September 2020
މިތަނުގެ ވެރިންވެސް ބަދަލްކުރަންޖެހޭ....އިންސާފާ ހަ މަހަ މަ ކަންދަންނަ ބައެއްނޫން މިތާތިބީކީ.
ތުއްތުބޭ3
18 September 2020
ތްރީ ލައިން ވިޕްގެ އެހީގައި ބަޔަކު ކޮމިޝަނަކަށް އައްޔަންކުރީމާ، އެމީހުން މިނިވަންވާނެވަރު މިއޮތީ ފެންނަން. ޕާރމަނަންޓް ސެކްރެޓަރީގެ މަސައްކަތް ފާއިތުވީ އެއް އަހަރު ބައްލަވައި އެފްރައިޒް ކުރެވުނުގޮތަކީ ކޮބައިތޯ؟ އަދި 3 މަސް ހަމަވެގެން މަގާމަށް ދާއިމީ ކުރެވުނީ ކޮން ގޮތަކަށްތޯ؟ މިއީ ކޮމިޝަނުގެ ފައިލިއަރއެއް.
ގހހ
17 September 2020
މުސާރަ ލިބޭގޮތަށް ޗުއްޓީ
ސުޕުން ބައްޕަ
17 September 2020
މުސާރަ ނުލިބޭ ގޮތައް ސަސްޕެންޑް ކުރިނަމަ ،