25 ސެޕްޓެމްބަރ 2020 - 10:08
ތާރު އަޅައިގެން އައްޑޫގެ އިތުރު މަގުތަކެއް ހަދަން ބޭނުންވާ ސާމާނު ގެނެސް މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މި ފަހަރު މަގުތައް ހަދަނީ އިންޑިއާގެ އެހީގެ ދަށުންނެވެ. އެގޮތުން އައްޑޫގެ އަވަށްތަކުގެ 18 މަގެއްގައި ތާރު އަޅައިގެން ހަދާނެ އެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ދިވެހި ސަރުކާރާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23ގަ އެވެ.
އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަށް ހެދުމުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި ތާރަ ގެނެސްފި. މިމަޝްރޫއުގެ ދަށުން މުޅިން އަލަށް 18 މަގެއް ހެދޭނެ. pic.twitter.com/Cd1WduDcSm
— Addu City Council (@AdduCityCouncil) September 24, 2020
އައްޑޫ ސިޓީ ކައުންސިލުން ބުނީ ޖީކޭ ޑިވެލޮޕްމަންޓްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން، ކައުންސިލުން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
JK Development ge Road Project ge machinery thah miadhu @adduport in unload kurumuge masaikah kuriyah dhanee.@Portmv @shahid2742 pic.twitter.com/qpJ9HoFYxe
— Hithadhoo Port Limited (@adduport) September 24, 2020
އެގޮތުން ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް އައްޑު އަށް ޖެނުއަރީ މަހު ގެނެސްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ދެވަނަ ޝިޕްމަންޓްގެ ދަށުން ތަކެތި ގެނެސްފައި ވަނީ ބުރާސްފަތި ދުވަހު އެވެ. މިއާ އެކު އައްޑޫގެ މަގުތައް ހެދުމުގެ ދެވަނަ މަޝްރޫއެއް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑާއި އެލް އީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައި ހަވާލުކޮށްފަ އެވެ.
އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީއާ ހަވާލާދީ ކައުންސިލުން ބުންޏެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގެ މަގުތަކެއް ތާރު އަޅައިގެން ހަދާ އިރު 2010 ގައި ސްރީ ލަންކާ ސަރުކާރުގެ ހިލޭ އެހީގައި، އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ބޮޑުމަގުތައް ތާރު އަޅައިގެން ހަދާފައިވެ އެވެ. އަދި އައްޑޫގެ ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ބޮޑުމަގުގައި ތާރު އަޅައިގެން ހެދުމުގެ މަސައްކަތް އެމްޓީސީސީން ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
26 September 2020
އައްޑުއަށް މިވަގުތަައް ބޭނުންވަނީ އާމްދަނީ ލިބޭނެ ގޮތްތައް.
އައްޑޫ
25 September 2020
25 ކިލޯމީޓަރުގެ މަގަކީ ވަރަށް ކުޑަ ތަންކޮޅެއް!
ކުރަފި
25 September 2020
މިހާރުވެސް ތާރު އަޅާފައޮތް ބޮޑުމަގު ރީސާފޭސް ކޮށްލަން 130 މިލިއަން ރުފިޔާ، ޑެޓް ޓްރެޕަކީ ކޮބައިކަން އޮޅިފަ މިތިބީ.
ރަންނަ
25 September 2020
ތިކިޔާއެއްޗެއް ސާފުކޮށްބަލަ. ހަސަދަ އުފެއްދިޔަސް ބޮޑުވަރުތީ
ހަބީބު
25 September 2020
2023 ގަ އިބޫއައްވޯޓުލާތި އިންޑިޔާއިން އައްޑޫގެ ތަރައްގީއައް އެދަނީ އެހީވަމުން ތާރުމަގާ ބިންހިއްކުމާ އެއީނޫންތޯ ބޭނުމަކީ ތަރައްގީއަކީ ތަރައްގީ އަކީ ޖީބުފުރުމެއްނޫން ބެންކުން އިންޓްރަސްޓް ކުޑަލޯނުދޫކުރުމެއްނޫން ކަރަންޓައް ކުރާ ހޭދަ ކުޑަކުރަން ސޯލާ އިންސްޓޯލައް ދިނުމެއްވެސްނޫން
ބެލް
25 September 2020
ޥަރަށް މޮޅަށް ތާރުއަޅާ ބައެއް ފެންހިންދޭނެ ގޮތެއް ނޯންނާނެ ގަސްއންދާނެ ތަން ޕޭމަންޓުގަ ދޫކޮށްފައެއް ނޯންނާނެ
ރަންނަ
25 September 2020
އައްޑޫ މީހުންކޮސް ކަމުންތާ އެހެންހަދާ ނިންމިއިރު ބަލަންތިބީ. ދެން ތިހެން ކިޔާނެކެމެއްނެތް
ސްކިޕަރ
25 September 2020
އައްޑޫގެ މެޖޯރިޓީ ދެން ލިބޭނީ ދެބަސްނުވެވޭ ވަރުގެ ސާފު ނަތީޖާ ދައްކާ ސަރުކާރުތަކަށް. ތާރުކޮޅަކުން، އައްޑޫގެ ވޯޓު ނުލިބޭނެ. އައްޑު އަތޮޅު ރައްޔިތުން ބޭނުންވަނީ އަތޮޅުގެ އިގްތިސާދު ، އުމްރާނީގޮތުން މުޅި އަތޮޅު ކުރިއަރައިގެން ދާން. ހުޅުމީދޫ އާއި އެހެން ރަށްތައް ވަކިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ހުޅުމީދޫއާއި ހިތަދޫއާއި ދެމެދު ބްރިޖެއް އެޅިގެން ދާން. އަތޮޅުގެ ޓުއަރިޒަމް ކުރިއަރައިގެން ދާން. ރައްޔިތުންގެ ޖަމިއްޔާއަކުންވެސް ތާރުއެޅިދާނެ.
މުފީދު
26 September 2020
ސާބަހޭ ސްކިޕަރ! ތި 100 ގެ ވާހަކައެއް
އައްޓަމަސް
25 September 2020
ދިވެހިރާއްޖޭގައިއޮތީ އައްޑޫ އެކަނިބާ?
އައްޑޫ
25 September 2020
އާނ،
ހުނިގޮނޑި
25 September 2020
ސާމާނުގެ ފުރަތަމަ ޝިޕްމެންޓް ގެނައީ ޖެނުއަރީގަ. ދެވަނަ ޝިޕްމެންޓް އަދި މިލިބުނީ. އެހެންމާ ވަރަށް ބާރަށް ތިމަސައްކަތް ކުރިއަށް ތިދަނީ. 2023 ގެ ވޯޓަށް ތިމަސައްކަތް ނިމޭނީ.
ރަންނަ
25 September 2020
މީ ތަފާތު ދެ ޕްރޮޖެކްޓެއް. އޮޅުވާނުލާ
ކޮތަރުގެ އަސަރު
25 September 2020
ތާރު އެޅުމުގެ ކުރިން މަގުގައި ވަޅުލަންޖެހޭ ކޭބަލް އަދި ހޮޅި ފަދަ ތަކެތި، ތާރުގަނޑު ކަނޑާގެން ކޮންމެފަހަރަކު އަޅަން ނުޖެހޭފަދަ ގޮތަކަށް އަޅާށެވެ. މަގު ޕްލޭންކޮށް ކޮންމެވެސް އެއްފަޅިއެއް ކަރަންޓްއަށް އަނެއްފަޅި ކޮމިއުނިކޭޝަން ކޭބަލްއަޅަން ޚާއްސަކުރާއިރި މަގުގެ މެދު ފެނާއި ނަރުދަމާއަށް ޚާއްސަކުރާށެވެ. ޕްލޭނަކާއި ނުލައި ކަމަކަށް ކަމެއް ކުރާ އުސޫލުން ތިޔަކަން ކުރާނަމަ ނުކުރިޔަސް މާރަނގަޅުވާނެއެވެ.
ހާމަ333
25 September 2020
ޝުކުރިއްޔާ ސަރުކާރު...ތި ސާމާނު ތިހެންހުރެ ބާ ދަގަޑަށް ނުވަނީސް ތާރުއެޅިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު....އެކަމަކު ތާރު އެޅުމުގެ ކުރިން ނަރުދަމާ ނިޒާމު ފުރިހަމަވާން އެބަޖެހޭ....އެނޫނީ އަނެއްކާ ތާރުނަގައި މަގުހަލާކުކުރަންޖެހި ބޭކާރު ހަރަދަކަށްވާނީ...ފޭދޫ މަރަދޫ މަގަށްވީ އެހެން....މައުލޫމާތު ލިބޭ ކައުންސިލުން ހިތަދޫ ފުއްޓަރު ފަރާތުން ގޯތިދޭން އުޅެނީ ނަރުދަމާ ހޮޅިއަށް ބެލުމެއްނެތި ގޯތިތަކުގެ ތެރެއަށް އެ ހޮޅި އޮންނަ ގޮތަަށް ކަމަށް....މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ހިތާމާހުރިކަމެއް...
ކުރަފި
25 September 2020
ގެނައި އިރުވެސް އެހެރީ ދަބަރުޖަހަޖަހާ ބާދަގަނޑަށްވާން ކައިރިވެފަ.