01 އޮކްޓޯބަރ 2020 - 16:42
ޓްރީޓޮޕް ހޮސްޕިޓަލުން އެ ހޮސްޕިޓަލުގެ މި އަހަރުގެ ހިތާނީ ޕެކޭޖް ތައާރަފްކޮށް ނަންނޯޓުކުރުމަށް ހުޅުވާލައިފި އެވެ.
މި ޕެކޭޖް ނަގަން ބޭނުންވާ މީހުންނަށް، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނަން ނޯޓް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޓްރީޓޮޕުން ބުނީ އާސަންދަ އަށް ކެނޑުމަށް ފަހު ޕެކޭޖުގެ އަގަކީ 4،000ރ. ކަމަށެވެ.
ހިތާނީ ކޭމްޕުތައް ފަށާނީ މި މަހު 15 ވަނަ ދުވަހު އެވެ. ހޮސްޕިޓަލުން ބުނީ މި ކޭމްޕުގައި އިސްކޮށް ހަރަކާތްތެރި ވާނީ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމަށް ހާއްސަ ޑޮކްޓަރުންނާއި، ހޭނެއްތުން އަދި އައްސި ކުރުމަށް ހާއްސަ ޑޮކްޓަރުންގެ އިތުރަށް ނަރުހުންގެ ޓީމެއް ކަމަށެވެ.
ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ދެމުން އަންނަ ޓްރީ ޓޮޕުން މީގެ ކުރިން ވެސް ވަނީ ޚިތާނީ ޕެކޭޖް ތައާރަފްކޮށް އޭގެ ދަށުން ގިނަ ބަޔަކަށް ޚިދުމަތް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑައިވަރޭ
01 October 2020
ހައްޖުގެ މަތިވެރި އަޅުކަމަކީވެސް ވާޖިބެއް. ހައްޖަށްވެސް ދެވެނީ ނުލާހިކު ބޮޑު އަދަދެއް ދައްކައިގެން، ދީނީކަމެކޭ ކިޔާފައި އަގުހެޔޮވާ އެއްކަމެއްވެސް ނެތް
1828
01 October 2020
ފިރިހެން ކުދިން ހިތާނު ކުރުމަކީ ދީނީކަމެއް. ވީއިރު އެވަރުގެ ކަމަކަށް 4000ރ ބޮޑެއް ނޫން ތޯ؟
ސާމިރާ
01 October 2020
ހައްޖުވުމަކީ ވެސް އަދި މާ ބޮޑު ދީނީ ކަމެއް. އެކަމަކު ހައްޖަށް އެބަ ނަގާ 700000 ރުފިޔާ! އެހެނެއް ކަމަކު އަޅުގަނޑުގެ ދަރިފުޅު ޔޫރިން އިންފެކްޝަނެއް އުފެދިގެން ހިތާނުކުރަން ޑޮކްޓަރ ބުނީމާ ވެސް، އޭޑީކޭ ޓްރީޓޮޕް ތަންތަން އަގު ބޮޑުކަމުން ، ވަގުތުން އެކަން ނުކުރެވިފައި މި ހުންންނަނީ... ދެ ތިން މަހުން ލާރިކޮޅެއް ޖަމާކޮށްލައިގެން ކުރަން. އައިޖީއެމްއެޗުން އެކަން މި ދުވަސްވަރު ނުކުރޭ! އަދި އެހާ އުނދަގޫ ކަމެއް ... މިހާރު ތި އަގު އަތްފޯރާ. ޝުކުރިއްޔާ ޓްރީޓޮޕް.
1828
01 October 2020
ހައްޖުގެ މަތިވެރި އަޅުކަމާއި ހިތާނު ކުރުމާއި އަޅާ ނުކިޔޭނެ.