މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީޑިއާ ކައުންސިލާ އެކު ކުރިން ބައްދަލުވުމެއް ބާއްވަނީ. މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލަން ސަރުކާރުން މަޖިލީހުގެ މި ދައުރަށް ހުށަހަޅާނެ. ފައިލް ފޮޓޯ
05 އޮކްޓޯބަރ 2020 - 21:11
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ" ގެ ނަމުގައި ވަކި މުއައްސަސާއެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 20 ބިލެއް ހުށަހަޅަން ނިންމައި، އެ ބިލްތަކުގެ ނަންތައް އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައިވާ އެއް ބިލަކީ އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލުމުގެ ބިލެވެ.
އެ ދެމުއައްސަސާ އެއްކޮށްލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ވެސް މީގެ ކުރިން މަސައްކަތްތަކެއް ކުރި އެވެ. މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން އެކަމާ ބެހޭ ގޮތުން މީޑިއާތަކުގެ ވެރިންނާ މަޝްވަރާ ވެސް ކުރި އެވެ. އެނގިފައިވާ ގޮތުގައި ،ކޮމިޓީން އޭރު އެއްކުރި މައުލޫމާތައް ވެސް މިހާރު އޮތީ ރިކޮމެންޑޭޝަންތަކެއްގެ ގޮތުގައި އޭޖީ އޮޮފީހަށް ފޮނުވައިފަ އެވެ.
އޭޖީ އޮފީހުން މިރޭ ބުނީ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް ފޮނުވާ ބިލްތަކުގެ މައުލޫމާތު ހާމަކުރާނީ އެއިން ކޮންމެ ބިލެއް ވެސް މަޖިލީހަށް ފޮނުވުމަށް ފަހުގައި ކަމަށެވެ.
- ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް.
- ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް.
- ފޮރިން އިންވެސްޓްމެންޓް ބިލް.
- އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލް.
މީގެ އިތުރުން ކާބޯތަކެއްޗާ ބެހޭ ބިލަކާއި އާއްްމު ދަތުރުފަތުރުގެ ބިލެއް އަދި އަބުރާ ބެހުމުން ބަދަލު ނަގައިދިނުމުގެ ބިލެއް ވެސް މި ދައުރަށް ފޮނުވާ ބިލްތަކުގެ ލިސްޓުގައި ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިސޫރި
06 October 2020
ބޭކާރު ކަމެއް ޙަރަދެއް ވަކިކުޑައެއްނުވާނެ ބައިއެޅޭނީ ކެއޮޅައް ފެންނަގޮތަކައް އޮޑިވެރިފަރާތައް ދައްކާނީގެއްލުން
ރަބަރު
06 October 2020
ކޮންމެ ސަރުކާރެއް އައިސް ނަން ބޯޑު ބަދަކުރުން ނޫންކަމެއް ނުކުރޭ. ނަން ބޯޑާ އެތާކުން ދޭޚިދުމަތާ އޮތީ ކޮން ގުޅުމެއްތަ؟ ނަން ބޯޑު ބަދަލުކުރުމަކީ ދައުލަތުން ކުރާ ބޭކާރު ހޭދައެއް.
ކުރުކުރު
05 October 2020
ރަށުތެރޭ ދެގެއަކުން ހިންގާ ދެތިން ޓީވީޗެނަލަކާއި އޮންލައިން ހައެއްކަ ވެބްސައިޓެއްގެ ކަންކަން ބަލަހައްޓާނެ ގޮތެއްނޭނގިގެން އަދިވެސް މިއުޅެނީ އިނގިރޭސި ނަންނަމުގަ ޒާތްޒާތުގެ އޮފިސްތައް ހަދައިގެންވެސް.