ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބްރިޖެއް މަތިން ބަޔަކު ސައިކަލުގައި ދުއްވާފައި ދަނީ: ހިޔާ ފްލެޓްތަކުގެ މަސައްކަތް ފެބުރުއަރީގެ ނިޔަލަށް ނިމޭނެ. -- ފޮޓޯ:ނިޝާން އަލީ/މިހާރު
22 އޮކްޓޯބަރ 2020 - 13:44
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް އަންނަ މާޗް މަހު ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ 25 ބުރީގެ ޓަވަރުތަކުގައި މިހާރު ކުރަނީ ތަޅުން އެޅުމުގެ މަސައްކަތެވެ. އެއީ، ކުރަން ހުރި އެންމެ ފަހުގެ މަސައްކަތް ކަމަށާއި ކަރަންޓާއި ފެން ވައިރުކޮށް ފެބުރުއަރީގެ ނިޔަލަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތާ އެކު ޕާކިން އާއި ލޭންޑް ސްކޭޕިންގެ މަސައްކަތް އެބަދެ އެވެ.
"އެހެންވީމަ މި އުއްމީދުކުރަނީ ފެބުރުއަރީގެ ނިޔަލަށް ނިންމައި، މާޗް މަހު ފްލެޓްތައް ހަވާލުކުރެވޭނެ ކަަމަށް،" ސުހެއިލް ވިދާޅުވި އެވެ.
މި ސަރުކާރުން ކުރިން ނިންމީ ފިނިޝިން މަސައްކަތްތައް ވެސް ނިންމައި ފްލެޓްތައް ހަވާލުކުރާށެވެ. އެކަމަކު، އެކަމަށް ވަގުތު ނެގުމާއި ފްލެޓްތަކުގެ ކުލި ބޮޑުވާނެތީ ފަހުން ވިސްނުން ބަދަލުކުރީ ކުރީގެ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރުމެވެ.
ސުހެއިލް ވިދާޅުވި ގޮތުގައި ފިނިޝިން ނިންމަން ފްލެޓް ލިބޭ މީހުންނަށް މުއްދަތެއް ދޭނެ އެވެ. އެ މުއްދަތުގައި، ކުއްޔެއް ނުނަގާނެ ކަމަށް އެޗްޑީސީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުން ބުނެފައި ވަނީ ދެ ކޮޓަރީގެ އެ ފްލެޓްތަކުގެ މަހު ކުލި 7،000ރ. އަށް ވުރެން ބޮޑު ނުވާނެ ކަމަށެވެ.
ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯ ޚާއްސަކޮށްފައި ވަނީ ވިޔަފާރިތަކަށެވެ. އަންނަ މަހުގެ ތެރޭގައި، އެތަންތަނަށް ކުރިމަތިލާން ވެސް އިއުލާން ކުރާނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.
މި މަޝްރޫއު އަށް ކުރީގެ ސަރުކާރުން ވަނީ ލޯނެއް ނަގައިފަ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން 434 މިލިއަން ޑޮލަރުގެ އެ ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
211111
23 October 2020
މާލެ އެޕާޓްމަންޓް ކުލި ........2023 ޑިސެމްބަރ 1 ރޫމް އެޕާޓްމަންޓް 5000 ރ 2 ރޫމް އެޕާޓްމަންޓް 10000ރ 3 ރޫމް އެޕާޓްމަންޓް 12000ރ 3+1 ރޫމް އެޕާޓްމަންޓް 15000ރ 4 ރޫމް އެޕާޓްމަންޓް 18000ރ.... 14800 އިމާރާތް ކުރެމުންދާ އެޕާޓްމަންޓް ތައްނިމޭނެ ކަމައް ލަފާކުރެވެނީ...... 2023 ޑިސެމްބަރ
ސަނޫ
23 October 2020
ބިމާއި ޖައްވާ ދޭތެރެ ކޮންމެ މީހަކަ ފުލެޓުގެ ޒައިޒަ ވާވަރަ ތަަންކޮޅެ ހަވާލު ކުރޭ އަމިއްލައަށް ހަދާގޮތަ...
ޟބކހކބކ
23 October 2020
ހިއެއްނުވޭ މާރޗްގަވެސް ތިކަންވާނެހެނެއް. ހިތާމަޔާއެކުވެސް ބުނަންޖެހެނީ ޔާމީންގެ ސަރުކާރު ހާ ފާސްޓެއްނޫނޭ މިސަރުކާރު. ފިނިހަކި ދުވެއްޔަށްވުރެވެސް ލަސް. އެވެސް ނިމިފަހުރި ފްލެޓްތަކަކާ ގުޅޭކަމެއްގަ.
ޞޒބސގ
23 October 2020
ފުރަތަމަ ޑިސެންބަރު، ދެން ފެބްރުއަރީ މިހާރު މާރޗް، މަށަށްހީވަނީ ދެންދުވަސްކޮޅަކުންބުނާނެހެން ހިޔާ ފްލެޓްތައްނިމޭނީ 2023 ގައޭ. އަދިއެތަންތަނަކީ މާލޭގައުޅުއްވާ ބަންގްލަދޭޝް ބޭފުޅުންގެ އެކޮމަޑޭޝަންއޭ. ދިވެހިންނަށް އެތަންތަން ދީފިއްޔާ މާލޭމީހުން ބަނޑަށްޖެހޭނޭ
އިސްލާހު
23 October 2020
"ކުރީގެ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރުމެވެ." އޮޅުވާ ނުލާށެވެ. ކުރީ ގެ ސަރުކާރުން ނިންމާފައި އޮތީ ފިނިޝިން އެއްކޮށް ނިންމާފައި ހަވާލު ކުރާށެވެ.
ޢަތޮޅޭ
23 October 2020
ކަންކން ވާނީ ކަންކަން ކުރެވޭ މީހުންނަށެވެ. ތަންތާ ތިބޭ މަރުމޯލިންނަކަށް ނުވާނެއެވެ.
ޢަލީ..
22 October 2020
އަހަރެންގެ ބެންކައްވުރެ ރަނގަޅު ލުއިލޯނޯ އެކަމަކު 18 ޕަސަންޓް ދަމައިގަނޭ
ދިދަ
22 October 2020
މިދިޔަ ހަފްތާގައި ބުނީ ފެބްރުވަރީ މަހު ހަވާލުކުރާނޭ.. މިހާރު މާރޗް އަށް ބަދަލުވީ.. ނިމިފަ ހުރި ތަނެއްގަ ދޮރު، ޓައިލްސް އަދި ލައިޓް ނެތި ހަވާލުކުރަންޏާ ކޮން ފިނިޝިންގ މަސައްކަތެއްތަ 2 އަހަރު ވީ އިރުވެސް ނުނިމިގެން ތިޔައުޅެނީ؟؟؟ ހާސަރު ނުދަމާ ހުރިގޮތަށް ހަވާލު ކުރެވޭތޯ ބަލާބަލަ.. ހައްޤުވެރިން އެތިބީ ވަށާ ފާރު ރާނައިގެންވެސް ވަންނަގޮތަށް..
ގްބޯ
22 October 2020
ތަޅުންވެސް އަޅާނެކަމެއް ނެތް ފުލެޓް ލިބޭ މީހާ އަމިއްލައަށް ތަޅުން އަޅަންޖެހޭގޮތް ހަދާލާ ދިވެހި އާދައިގެ ރައްޔިތުންގެ ހައްގް މިންވަރަކީ ކޮތަރު ކޮށި ފްލެޓް. ކުރީ ސަރުކާރުން ފިނިޝިންގ ނިންމަންޖެހޭނީ ފުލެޓް ލިބޭ މީހާ އެހެންވެ އެގޮތަށް މި ސަރުކާރުންވެސް ދެން ކީއްވެގެންތޯ ކުރީ ސަރުކާރުގެ ލިސްޓުގައި ތިބި މީހުން ގޮތްގޮތަށް ބަދަލުކޮށްލީ؟ ވަރަށް ދެކޮޅުނުޖެހޭ ވާހަކަ ދެއްކުން ނޫން ކަމެއް ނުކުރޭ
ތުނިޔަ
22 October 2020
ތީ އިބިލީހުގެ ކައިވެނި! ޙަވާލު ކުރީމަނޫނީ ގަބޫލެއް ނުކުރެވޭނެ!