ފްލައި ދުބާއީގެ މަތިންދާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ:ވީއައިއޭ
28 އޮކްޓޯބަރ 2020 - 10:50
ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ފްލައިދުބާއީގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.
އެ އެއާލައިނުން 2013 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. މި ދަތުރުތައް އަލުން މި ފެށީ މި ދުވަސްވަރު ޔޫއޭއީގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުވުމުގެ ސަބަބުން ކަމަށް އެ އެއާލައިނުން ބުންޏެވެ.
ފްލައިދުބާއީން ރާއްޖެ އަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރުކުރާނެ އެވެ. އެއީ ކޮންމެ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.
We are super excited to welcome you back @flydubai 🇦🇪 ✈️ 🇲🇻 It’s time to pack your bags for your dream getaway here in the #SunnySideOfLife ☀️ 🏝 🌊 #VisitMaldives#ReDiscoverMaldives #HappyToSeeYouAgain#GetGoing pic.twitter.com/II8Q7peQet
— VelanaAirport (@VelanaAirport) October 27, 2020
ފްލައި ދުބާއީ އަށް މަރުހަބާ ކިޔައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުރި ޓްވީޓް--
ޔޫއޭއީގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެ އަށް އޮތް މަގުބޫލުކަން އިތުރުވުމުގެ ސަބަބުން އެ ގައުމުގެ އެމިރޭޓްސް އެއާލައިނުން ވެސް ވަނީީ ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމައިފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ 15 ޖުލައިގަ އެވެ. އޭގެ ފަހުން މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި ޔޫއޭއން 3،131 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy