ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަލީމް ވާހަކަ ދައްކަވަނީ. ސިފައިންނަށް ފާޑުވިދާޅުވުމުން އާއްމުންގެ ފާޑުކިއުން އޭނާއަށް މިއަދު އަމާޒުވި
02 ނޮވެމްބަރ 2020 - 22:29
ދިވެހިންގެ ބަަޔަކު އިސްވެ ތިބެ ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަަތަކުން ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދިވެހި ބައެއް ސިފައިން ފިލި ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް) ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވުމުން، އޭނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެ އެވެ.
ދޮންބިލެތް ވިދާޅުވީ ނޮވެމްބަރު 3ގެ ހަމަލާ އަމާޒުވުމުން ބައެއް ސިފައިން ފިލުމުގެ އިތުރުން އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވެސް އޮންނެވީ "ފިއްލަަވައިގެން" ކަމަށެވެ.
އޭނާ ވަނީ ޝަހީދު ހުސައިން އާދަމް ފަދަ ބައެއް ސިފައިން ކުރި ހިތްވަރު ފާހަގަކުރައްވައިފަ އެވެ. އެކަމަކު އޭރުގެ ބައެއް އިސް ޖެނެރަލުން ތިބީ "ސައިފަތް ފޮށިގަނޑުތަކުގައި" ފިއްލަވައިގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ފާހަގަކުރަން ޝަހީދު ހުސައިން އާދަމްގެ ނަން އަދި ފިޔޯރީ ހުސަަައިން އަބްދުﷲގެ ނަން އަޅުގަނޑު ފާހަގަކުރަން. އެެއީ ހިތްވަރުގަދަ ބޭފުޅުން. އެދުވަހު ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރި،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދޮންބިލެތް ހަލީމް ވިދާޅުވި އެވެ.
"އެހެން ނަަމަވެސް އެދުވަހު ވެސް ދައުލަތުގެ ސިފައިންގެ ތެރޭން އެންމެ ބޮޑު ފައިސާ ނަގައިގެން އެންމެ ބޮޑެތި ޖެނެރަލުންގެ ގޮތުގައި ތިބި މީހުންގެ ތެރޭގައި ތިބި ސައިފަތް ފޮށިގަނޑުގެ ތެރެއަށް އެރި ތިބި މީހުން ވެސް. ދޮންނަ މެޝިނުގެ ފޮށިގަނޑުގެ ތެރެއަށް އެރި ތިބި މީހުން ވެސް."
އޭނާ އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން އިދިކޮޅު ބައެއް މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި އެވާހަކަ ކުށްވެރިކުރެއްވި އެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސިފައިން އިންތިހާއަށް ބޮޑެތި ޖިހާދުތައް ކުރިއިރު އެއިން އެއްވެސް ކަމެއްގެ އަގު ވަޒަަންނުކޮށްް މަޖިލީހުގައި ވާހަކަ ދެއްކިގެން ނުވާނެ ކަމަށެވެ.
އެކަމަކު ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާދަމް ޝަރީފް ނެންގެވީ ނިޒާމީ ނުކުތާއެއް ކަމަށް މުޅިން ގަބޫލުނުކުރެއްވޭ ކަމަށެވެ. އެއީ ދޮންބިލެތް ހަލީމްގެ ވާހަކާގައި ސިފައިންގެ އަގު ވަޒަންކުރައްވާފައިވާތީ ކަމަށާއި އެގޮތުން ހުސައިން އާދަމްގެ ނަން ފާހަގަކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެދުވަހު، ނޮވެމްބަރު ތިން ވަނަ ދުވަހު ބަނޑޭރިގޭ ދިފާއުކުރުމަަށްޓަކައި ފުރާޅުމަތީގައި ބަޑި ޖަހަން ތިބި، އެއިރު އޭލެވެލް ނިމި މަދަރުސާއިން ކެނޑިގެން އައިސް ތިބި ކުދިންކޮޅު. އެކުދިންކޮޅު ވެސް އޭގެ ތެރެއިން އެއް ބޭފުޅެއްގެ ނަމާ އެކީގައި ފާހަގަކުރައްވައިފި،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު ދޮންބިލެެތް ހަލީމްގެ ވާހަކައަށް އާންމުންގެ ނުރުހުން އަމާޒުވާކަށް މާ ގިނަ އިރެއް ނުނެގި އެވެ. ސޯޝަލް މީޑިއާގައި އާއްމުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ސިފައިން ވެސް ހިމެނެ އެވެ.
ސިފައިންގެ ކެޕްޓަނެއްގެ މަގާމުގައި ހުންނަވާފައި ރިޓަޔަކުރެއްވި އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރެއްވީ "ތިނެއް ނޮވެމްބަރުގައިި ގައުމު ހިފަން އައި މީހުންނާއި މިފަދަ ވާހަކަ ދައްކާ މީހުންނާ ތަފާތެއް އެބަ އޮތްތޯ؟" އެވެ.
"ސިފައިން އެ ދުވަހު ފިލި ނަމަ މިއަދު ދޮންބިލެތަށް ތިޔަ ވާހަކަ ގޮވާނެ ފުރުސަތެއް ނޯންނާނެ،" އެ ޓްވީޓްގައި އިހުސާން ވިދާޅުވި އެވެ.
އޭނާގެ ޓްވީޓަށް ޖަވާބު ދިން މީހަކު ބުނެފައި އޮތީ ނަޝީދު ދެއްކެވި ވާހަކަ ދޮންބިލެތް އައްސަވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މިއަދުގެ ޖަލްސާ ނިންމާލައްވަމުން ނަޝީދު ވިދާޅުވީ ތިނެއް ނޮވެމްބަރުގައި ރާއްޖެ ދިފާއުކުރީ ފަޚުރުވެެރި ދިވެހި ސިފައިން ކަމަށެވެ. އަދި ރައީސް މައުމޫނު ވެސް ހެޔޮ ހާލުކޮޅުގައި ހުންނަވައި ސިފައިންނާ ވެސް ވާހަކަ ދައްކަވަމުން ގެންދެވި ކަމަށް ވިދާޅުވި އެވެ.
ދޮންބިލެތް ހަލީމް ދެއްކެވި ވާހަކަ ކުށްވެރިކޮށް ޓްވީޓްކުރި އެކަކު ބުނީ އެގޮތަށް ވާހަކަ ދެއްކެވުމުން ދިވެހި ސިފައިންނަށް ވަރަށް އަަސަރުކުރާނެ ކަމަށެވެ. އެފަދަ ވާހަކަތަކުން އަންނަން އޮތް ޖީލަށް ވެސް އަސަރުކުރާނެ ކަމަށާއި މަޖިލީހުގެ މެމްބަރަކަށް ވިޔަސް އެއީ "ބޮޑުވަރު" ކަމަށް އޭނާ ސިފަކުރި އެވެ.
"މިހާރު"ގައި ޖެހި ޚަބަރަކަށް ކޮމެންޓްކުރި މީހަކު ބުނީ މާދަމާ ނަސްރުގެ ދުވަސް ފާހަގަކުރާއިރު "ދޮންބިލެއް ހެދި ދޮގަށް ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ" ކަމަށެވެ.
އާންމުންގެ ހިޔާލުތައް ދެކޮޅީ ހަމައެކަނި ދޮންބިލެތަކަށް އެކަންޏެއް ނޫނެވެ. ދިވެހި ސިފައިން "ބަނޑޭރިގެ ދިފާއުކުރަން" މަސައްކަތްކުރި ކަމަށް ނަޝީދު ވިދާޅުވުމުން އެކަމަށް ވެސް ބައެއް މީހުން ރުޅިގަދަވި އެވެ.
"އޮޅުވާލަން ނުއުޅުއްވާ. އެއީ ތަމަޅައިން އައިސް ސިފައިންގެ މަރުކަޒު ހިފަން އުޅުނު އުޅުމެއް ނޫން. އެއީ ދިވެހި ޚާއިނުންތަކެއް ނުވަތަ ޣައްދާރުންތަކެއް ކުލީ ސިފައިންގެ ގޮތުގައި ތަމަޅައިން ގެނެސް ރާއްޖޭގެ ވެރިކަން ބަދަލުކުރަން އުޅުނު އުޅުމެއް. އެ ޚާއިނުންގެ ވާހަކަ ދައްކަވާ. މި ނުރައްކާތެރި ޙަމަލަ ނާކާމިޔާބު ކޮށްލީ ހިތްވަރުގަދަ ދިވެހި ސިފައިން. އެ ދުވަހުގެ ޝަހީދުންނަށް ސުވަރުގެ މިންވަރުކުރައްވާށި. އާމީން،" ނަޝީދުގެ ވާހަކަފުޅަށް އަމާޒުކޮށް، އެއް ކިއުންތެރިޔަކު ލިއުނެވެ.
ނޮވެމްބަރު 3 ގެ ހަމަލާ ނާކާމިޔާބުވީ ދިވެހި ސިފައިން ހުއްޓުމެއް ނެތި ދިން ހަމަލާތަކާ ގުޅިގެންނެވެ. ސްރީ ލަންކާގެ އުތުރުގައި ތަމަޅައިންގެ އަމިއްލަ ދައުލަތެއް ގާއިމްކުރަން ހަނގުރާމަކުރި އެއް ޖަމާއަތް ކަމަށްވާ ޕްލޯޓްގެ ހަނގުރާމަވެރިން މާލޭ ބަނދަރުގައި އޮތް "ޕްރޮގްރެސް ލައިޓް" ބޯޓު ރަހީނުކޮށް، ރޭގަނޑު ފިލައިގެން ދިޔައީ އިންޑިއާ ސިފައިން މާލެއަށް ފޭބުމުގެ ކުރިންނެވެ. އެކަމަކު ދިވެހިންގެ ތެރެއިން އެންމެ އިސްކޮށް ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެހެން ޓެރަރިސްޓުން އަތުލައިިގަތީ އިންޑިއާ ސިފައިންނާއި އެމީހުންނާ ދެމެދު ކަނޑުމަތީގައި ހަމަލާތަކެއް ބަދަލުކުރުމަށް ފަހު އެވެ.
ނޮވެމްބަރު 3 ގެ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޑި މޯޑޭ
04 November 2020
ކީއްތޯ ކުރާނީ ރައްޔިތުން ހޮވާފަހުރި އިއްޒަތްތެރިއެއް
އިމަނާ
04 November 2020
ކަލޯ ތަނެއް ދޮރެއްނުދަންނަ މީހުން ތިޔަފަދަ މަގާމުގައި ނުތިބުމަށް އަހަރެއް ކަލޭގެ ގާތުގާ އާދޭހާއެކު ބުނަން. މައުމޫނު ކުރެއްވި މަސައްކަތް އިންޑިއާ ސިފައިން އައުމާހަމައަށް ވިސްނާލަޔަސް ކަލޯ ކަލޭ އާސޯހުވާނެ. ކަލޭ ތިހަދަނީ އެނގި ހުރެދޮގުތަ. ނުވަތަ އޮޅުވާލަނީތަ. މިކަން ފެށުނުގޮތް ފަސްލަނީތަ.
އަލި
04 November 2020
މީބޮޑު ބޯގޯހެއް
ހާމަ333
03 November 2020
ކަލޭ ނުވިހަނީސް ވީކަމެއް...އެކަމަކު ހީވަނީ މީނަހެން އެދުވަހު އެމަންޒަރު ބަލަން އިނީ...ފޮނިވާހަކަ ދައްކާއިރު މީހަކު ބާރަށް ފުއްޕާހަމެއް ގޮއްވާލިޔަސް ބިރުން ދުވާނެ މިމީހުން...
ތުނިޔަ
03 November 2020
ޖާހިލަކަށް ގޮނޑިޔަކަށް އެރުނަސް އޭނަ ދައްކާ ވާހަކައިގަ އޮށްޓަރެއް ނުވަތަ އުރައްޕެއް ނުހުންނާނެތާއެވެ.
Chris
03 November 2020
ފުޓްބޯޅަ ކުޅެން އުޅުނު މީހަކު ރިސޯޓް އޯނަރަކަށް ވީ ކިހިނެއްބާ
ބަސްމަދު
03 November 2020
މީނާ ވާހަކައެއް ބުނާނީ އެލެކުސް ހުއްދަދީގެން.އެލެކުސް ސިފައިންނަށް ތައުރީފު ކުރަންވެގެން މިފަހަރު މިހެދިގޮތަކީ މީ. ދޮންބިލެތަކީ އެލެކުސްގެ ވެރިކަމުގައި ރަށެއް ދީގެން ގަނެފައިވާ އަޅެއް ކަހަލަ މީހެއް.
ގަދަހުސޭން
03 November 2020
ދޮންބިލަތްބޭބެ އިސްތިއުފާ.
ޕޮއްނެއްޔާ
03 November 2020
ޙަގީ ގަތަކީ ސިފަ އިން ތިބީ އެފަދަ ކަމަކަށް ތަ އްޔާރު ވެގެނެ އް ނޫން. ގިނަ ސިފަ އިން ޔުނީފޯމް ބާލާފަ އި ފިލަން ދުވީ. ޢެމީނުންނަށް ގޮޥާލީމާ ބުނާނެ ނަން ނުކިޔާށޯ. ބޭބެ ގެ ވާހަކަ ނުދަ އްކާށޯ. ގިނަމީހުން ދުވީ މުންޑު ތުރުކުރު ކުރަ އްވަ އިގެން. ދެކަމު ހާޖަތަ އް ދެވިފަ އި ތިބި މީހުން ވެސް މަދެ އް ނޫން. ދެރަކަމަކީ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރެވޭތީ
ައަފުރާސިޔާބު
03 November 2020
@ ޕޮންނެއްޔާ. ހަނގުރާމައިގެ ޙާލަތުގައި ސިފައިންގެ ނަމުން ގޮވުމަކީ އެއްވެސް ތަނެއްގައި ކުރާކަމެއްނޫން. އެހާލަތުގައި ފައުޖުތަކަށް ނުވަތަ ޖާސޫސްކުރާ ފަރާތްތަކަށް ގޮވާނީ ކޯޑުނަމުން. މިރާއްޖޭގެ އާންމުންގެ ހޭލުންތެރިކަން އެފަދަ ކަންކަމަށް ކުޑަވީމާ ނަމުން ގޮވަނީ. މުންޑު ތުރުކުރެއްވުމަކީ ދުޝްމަނުންނަށް އޮޅުވާލުން. ބައެއް ޙާލަތްތަކުގައި ލޯ އަނދިރި މީހުންނަށް ނުވަތަ ސަލާންޖަހާ މީހުންނަށްވެސް މިލިޓަރީން ތިބެދާނެ. އެއީ ހަނގުރާމައިގެ އުކުޅު.
އިބުރާ
04 November 2020
ސުބު ހާ ނަﷲ ކަ ލޭތީ ޣައްދާރެއް ތަ ނޫނީ ދީ ވެއްސެއް ތަ؟
ކައުންސެލަރު
04 November 2020
ތަނެއްދޮރެއްނޭނގުނަކަސް ކޮންމެސް އެއްޗެއްކިޔާ ވީދޭތި!
ބަކުރު އެންޑް ޒައިނަބް
03 November 2020
ޢާދަން ކޮ އި ހުންނަ ހެން މަޑުން ހުރި ނަމަ. މިފަދަ ވާހަކަ ތަކެ އް މީހުން ނުދަ އްކާނެ.
ޝާޑު
03 November 2020
އަސްލުވެސް.