ގަލްފް އެއާގެ މަތިންދާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ:އެމްއޭސީއެމް
04 ނޮވެމްބަރ 2020 - 12:17
ބަހުރެއިންގެ ގައުމީ އެއާލައިން ގަލްފު އެއާގެ ދަތުރުތައް އަންނަ މަހުގެ 12ގައި ރާއްޖެއަށް ފަށާނެ ކަމަށް އެ އެއާލައިނުން އިއްޔެ އިއުލާން ކޮށްފި އެވެ.
އެ އެއާލައިނުން ބުނީ ބަހުރެެއިން އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތަކަށް ބޭނުން ކުރާނީ އެއާބަސް 321 ނިއޯ އެލްއާރު ކަމަށެވެ. މި ބޯޓުގައި އިކޮނޮމީ ކްލާހުގެ 150 ސީޓާއި ފަސްޓް ކްލާހުގެ 16 ފްލެޓް ބެޑް ސީޓް ހުރެ އެވެ.
ގަލްފު އެއާއިން ރާއްޖެއަށް އެންމެ ފުރަަތަމަ ދަތުރުތައް ފެށީ އޮކްޓޯބަރު 27، 2019ގަ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމާ ގުޅިގެން ގިނަ އަދަދެއްގެ އެއާލައިންތަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ. މިހާތަނަށް 16 އެއާލައިނަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފަ އެވެ. މި މަހުުގެ ވެސް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފަށާނެ އެވެ.
އެއާލައިންތައް ގިނަވުމާއެކު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ،. އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅިވިފަހުން މިދިޔަ މަހުގެ ނިޔަލަށް 21،309 ޓޫރިސްޓުން ވަޏީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy