05 ނޮވެމްބަރ 2020 - 16:17
އިމިގްރޭޝަނަކީ އިގްތިސާދު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށް އިކޮނޮމިކް މިނިސްޓރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަނުން ކުރިއަށް އޮތް ފަސް އަހަރަށް ހަދާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވުމަށް ފަހު މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައިގަނޑަކީ ޓޫރިޒަމް ކަަމަށް ވާއިރު އިމިގްރޭޝަނަކީ އެންފޯސްމަންޓު އިދާރާއަކަށް ވިޔަސް ޓޫރިޒަމްގައި އިމިގްރޭޝަންގެ ދައުރު ވަރަށް ބޮޑުވެފައި މުހިންމު ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ޓޫރިޒަމް ކުރިއެރުވުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވެސް މަސައްކަތްކުރަމުން އަންނަ އިރު ގައުމަށް އަންނަ ޓޫރިސްޓުންނާ މުހާތަބުކުރާ ގޮތާ މެދު ސަމާލުވާންޖެހޭ ކަމަށެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވެސް އެންމެ ފުރަތަމަ އަދި އެންމެ ފަހުން ބައްދަލުވާނީ އިމިގްރޭޝަންގެ މުވައްޒަފަކާ ކަން ފާހަގަކުރައްވަމުންނެވެ.
"އަޅުގަނޑުމެންގެ ނެޝެނަލް ސެކިއުރިޓީ ވިޔަސް ދުނިޔޭގަ އަޅުގަނޑުމެން އެކި އެކި ކަންކަމުގައި، ކުޑަ ގައުމަކަށްވާއިރު ދުނިޔޭގެ ގައުމުތަކުގެ ލޯބި ނުވަތަ އިހްތިރާމް އަޅުގަނޑުމެންނަށް ލިބުމަކީ އަޅުގަނޑުމެން އެކި އެކި ފޯރަމްތަކުގައި ލޮބީކުރަން ޖެހޭ ކަންކަމުގައި ދިވެހިރާއްޖެއާ ބާރުވެރިވާނެ ކަމެއްގެ ގޮތުގައި ގަބޫލުކުރަނީ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ޒަމާން ބަދަލުވަމުން އަންނަ ވަރަކަށް އިދާރާތައް ހިންގުމުގައި ކަންކަމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. މި ސަރުކާރުން އެ ބަދަލުތައް ގެންނަން މަސައްކަތްކުރަމުން އަންނަ އިރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އިމިގްރޭޝަނުގައި ވެސް އެފަދަ ގޮންޖެހުންތަކާ ކުރިމަތިވާނެކަން ފާހަގަކުރައްވައި ވިދާޅުވީ ސަރުކާރުގެ އަމާޒަސް އެކްޝަން ޕްލޭނެއް ހަދާފައި އޮތުމަކީ ކަންކަން ބަދަލުކޮށް ހަރުދަނާ ކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
07 November 2020
ހެހޭ ހެލްތުން ވެސް ބުނާނެ އިޤަތިސާދު ކޮންއެއްޗެއްހޭ ވެރިކަން މިކުރަނީ ތި މަން މެންނޭ
ގޮނޑިހޫނު
07 November 2020
މިއީ ގޮނޑި ހޫނުކުރާ މިނިސްޓަރ. ގައުމު ބޮޑު ކުރައިސިސްއެއްގައި އޮތްއިރު އިގުތިސާދީ ގޮތުން ޑިމާންޑް އަދި ސަޕްލައި ކާވް ވަކިނުވާ ވަރު މީހަކު ހުރެގެން މި ތަޅަނީ ހުސް އަނގަ. ކުރިން ބޭނުން ކުރެވުނު ޑެބިޓް ކާޑް ކުރެޑިޓް ކާޑްގަނޑުވެސް މިހާރު ބޭނުން ނުކުރެވެ. މީނައަށް ނޭގެ ވާނުވާއެއްް!
ދިވެހިދަންޑަހެލު
06 November 2020
"އިޤްދިސާދު ދަށްވުމުގައި އިމިގްރޭޝަނުގައި ކޮރަޕްޓް ބައެއް ދިވެހިންގެ ދައުރު ވަރަށް ބޮޑު." މިއީ އަސްލު ސުރުޚީ އަކީ!
ރީތި މޫސަ
06 November 2020
ކޮން މެދުވަހަކު އާވާހައެއްނުދައްކާ މިހާރުހެދިފަހުރި ޤާނޫނުތަކާއި،ޤަވާޢިދުތަޢް ތަންފީޒުކޮށްބަލަ ބިދޭންސީން މުޅިޤައު މުގަ އެ މީހުން ބޭނުންގޮތަކަށް ބޭނުންވިޔަފާރިއެއްކޮށް އުނޭހާގޮތަކަށް އުޅެ މުންއެދަނީ ކަންކަން ހައްލުނުކުރެވެންޏާ އިސްތިއުފާދެއްވުން މާރަނގަޅުވާނެ އިނގޭތޯ
ށަނާ
06 November 2020
މުޅިފޯކަސް އޮތީ ބިދޭސީންހިމާޔަތްކޮށްދީ ވަޒީފާދީ ހިލޭ ބޭސްކޮށްދިނުމަށް ދިވެހިރައްޔިތަކަށް އެއްކަމެއްވެސް ކޮށްނުދެވުނު ސަރުކާރެއްމީ ބަދަލުކުރަންޖެހޭ
ކުރުކޮށް
05 November 2020
ކީއްކުރަންތޯ އިމިގްރޭޝަން މުހިންމީ ބޭރު މީހުން ކޭޝިޔަރުންނަށް ނުތިބެވޭނެ ކަމަށް ބުނާ ގަވައިދުގަ އޮތް އޮތިން އެއީ ބޭނުން ކަމެއް ނޫނޭ ތިމަންނަ އެކަން ހިންގާކަން ބޭނުމެއް ނޫނޭ ބުނީ ހަމަ ތިމާ މީހާ ނޫންތޯ ދޯހޮޅި ކަމުގަ ވަޒީރުކުރަން ޤަޞްދުގަ ހުރި މީހަކަށް ކުރެވޭނެ އިޚްލާޞްތެެި ޚިދުމަތެއް ނޯންނާނެ
Ali Gasim
05 November 2020
މުޅިއިގްތިސާދު ވަގު ބަންގާޅިންގެ އަތްދަށުގަ އެކަންކުރި އިމިގްރޭޝަނުން އެހެންވީމާ ދައުރު ވަރަށް ވޯވާނެތާ