މާލެ: ޖޫން 15، 2020: ދެ މަހުގެ ބަންދަކަށް ފަހު، މާލެއިން ރަށް ރަށަށް ދިއުމަށް ވިލިގިލި ޓާމިނަލުގައި ތިބި ބަޔަކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ލޯންޗަށް އަރަނީ-- ފޮޓޯ: ނިޝާން އަލީ /މިހާރު
08 ނޮވެމްބަރ 2020 - 12:29
ވަކި ޒަރޫރީ ބޭނުމެއް ނެތަސް މާލެ ސަރަހައްދުން ރަށްރަށަށް ދެވޭ ގޮތަށް އެޗްޕީއޭގެ އުސޫލު ބަދަލުކޮށްފި އެވެ.
ކޮވިޑް-19 މާލެ ސަރަހައްދުގައި ފެތުރުމާ ގުޅިގެން މާލެ ލޮކްޑައުން ކުރުމަށް ފަހު ލުއި ދިން ފަހުން މާލެއިން އެހެން ރަށްރަށަށް ދެވެނީ ކޮންމެހެން ދާން ޖެހޭ ޒަރޫރީ ބޭނުންތަކަށް އެޗްޕީއޭއިން ހުއްދަ ނަގައިގެންނެވެ. އަދި ގޮސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ހަމަކުރަން ޖެހެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ހުރިހާ ބޭނުމަކަށް ވެސް ރަށްރަށަށް ދެވޭނެ ކަމަށެވެ. ނަމަވެސް ކުރީގެ އުސޫލާ އެއްގޮތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށް ބުންޏެވެ.
ރަށްރަށަށް ދާ މީހުން ކަރަންޓީން ވާން ޖެހުނު ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް އޮފީސްތަކާއި ކުންފުނިތަކުގެ ފަރާތުން ކުރު މުއްދަތަށް ރަަށްރަށަށް ދާ މީހުން ކަރަންޓީން ވާކަށް ނުޖެހެ އެވެ. ކަރަންޓީން ނުވެ ރަށެއްގައި އެންމެ ގިނަވެގެން ހުރެވޭނީ ފަސް ދުވަހަށެވެ.
ރަށްރަށަށް ދިއުމަށް ހުއްދަ ނަގަން ޖެހެނީ އެޗްޕީއޭގެ ހާލުބެލުން ޕޯޓަލް މެދުވެރިކޮށެވެ. ކަރަންޓީނުގައި ހުރެވޭނީ ރަށު ކައުންސިލް އާއި ރަށުގެ އާރްއާރްޓީ ޓީމުގެ ބެލުމުގެ ދަށުންނެވެ. ރަށަށް ދާން ހުއްދަ ވެސް ދޭނީ ކަރަންޓީންވާން އެކަށީގެންވާ ތަނެއް ހުރިތޯ ބަލައި ކައުންސިލުން އެތަނެއް ފާހަގަކޮށްފަ އެވެ. މީހުން ދިރިއުޅޭ އެއްވެސް ތަނެއްގައި ކަރަންޓީނެއް ނުވެވޭނެ އެވެ. އަދި އުމުރުން ދުވަސްވީ ހައިރިސްކު މީހުންނަށް އެކަނި ވެސް ކަރަންޓީނެއް ނުވެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
09 November 2020
ނޮވެމްބަރު 11 ފާހަގަކުރަން މީހުންކޮޅެއް އެއްކޮށްލަންވީމަ އޯކޭ ވަނީދޯ
ާަަަަާކާކު
09 November 2020
އަޖައިބު ހީވޭ. 5 ދުވަހައް ދާ މީހުން ކޮރޯނާ ނިންދަވާފަ ތަ ދަނީ!!؟
ވޭވް3
09 November 2020
ތިންވަނަ ރާޅަށް ރެޑީވޭ ހުރިހާ ރައްޔިތުން.
ކަޓޭ
08 November 2020
މިހާރު ކޮވިޑް ފިނިކޮއްލަން ބޭރައްނުކުންނަނީވެސް ރޭގަޑު 12 އިގެ ފަހުން. ކުރިން 11 ޖަހާއިރު.
ސޮސެޖް
08 November 2020
މީ އެބުނާ "އަމާބުނީތީ ފަރައްދާ" ގޮތަކީ. މިހާރުދެން ހީވަނީ އެޗްޕީއޭގެ މީހުން މާ ބޮޑަށް ކޮވިޑް ބޮޑުގުޅަޔަށް ހަދައިގެން އުޅޭހެން.
ކިހާ ބޮޑުކަމެއް
09 November 2020
ކަލޭ އޮވޭ ގޭގައި!
ތަކުއްވަށް
08 November 2020
ކޮވިޑްގެ ޙާލަތު ވަރަށް ގޯސްކޮށްއޮއްވާ އެޗްޕީއޭގެ ބަސް ބޮލާލާ ޖަހާފައި މަޖްލިސް ގެ ރައީސް ޗެމްބަރަށް މީހުން އެއްކޮށްގެން ޖަލްސާތަށް ބާއްވަން ފެއްޓިހައިރުން، ނިކަމެތި ރައްޔިތުންގެ އެތަށް ނަޔަކު ޖޫރިމަނާކޮށް އެތައް ފިޔަވަޅު އަޅަމުން ދަނިކޮށް، އެޗްޕީއޭއާ ސަރުކާރު ހީކަރުވައިގަނެގެން 2 ގަޑިއިރު ތެރޭގައި ފާސްތައް ހަދާދީފައި، ހަމަ އެބޭފުޅާ، އެޗްޕީއޭ އަކާ އެޗްޕީއެއް ބޮލާލާާޖަހާފައި، ރަށްރަށަށް ކައުންސިލް ކެންޕޭނަށް ނައްޓާލަފާނެތީ ދިން ހުއްދައެއްކަން އަހަރުމެންނަށް އެގެއެވެ!
ސުމުއްވުލް
08 November 2020
އަމީނު ދިޔަ ފަހުން ވަށާ ޖެހޭ އެންމެ ވިސްނުމެއްވެސް ނެރެވިއްޖެތަ؟ ރައްޔިތުންނޭ މިފަހަރު އޮތީ އެ މީހަކާ އެ މީހެއް
މަކީޓާ
08 November 2020
ތިބުނީ ވެންޓިލޭޓަރުގެ ވާހަކަތަ؟
ބައިރޯ
08 November 2020
އެމީހަކުގެ ޖާނު އެމީހަކު ސަލާމައް ކުރޭ
ހާމިދު ޝާހިދު
08 November 2020
ރިޒޯޓްތައް އޮޕަރޭޓް ކުރަން ފެށުމާއެކު، އެ ރިޒޯޓްތަކަށް މިއުޒިކް ކުޅެންދިޔަ ސޯލޯއާޓިސްޓުންނާއި، ބޭންޑުތަކަށް އޮތީ ކޮންގޮތެއްތޯ ނިކަން އައްސަވާބައްލަވާ! ރިޒޯޓަކަށް މިއުޒިކް ކުޅެލަންދާ ކުދިންވެސް މިޖެހެނީ 14 ދުވަހު ކަރަންޓީނަށްފަހު، ބާއަށް ގޮސް ކުޅެން. މިހެން ނަހަދާ ފަސޭހަ ގޮތެއް ވާން އެބަޖެހޭ ދެއްތޯ!
ސިރުފާ
08 November 2020
މިގައުމުނޫނީނެތް އެގަމެއްގެ ރައްޔަތުން އެއްތަނުން އަނެއްތަނަށް ގޮސް ކަރަންޓީން ވާންޖެހޭގައޮމެއް ގައުމުގަ ތިބެފާގޮސް ކަރަންޓީން ވާކަށް ނުޖެހޭ. މީދެންކިހާބޮދު އުދަގުލެއްތޯ؟
ވަކަޖެމް
08 November 2020
ތީ ތެދުވާހަކަ އެއ އް ނޫން.