ގާސިމް އިބްރާހިމް--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 ނޮވެމްބަރ 2020 - 13:36
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނަންގަވާފައިވާ ކަމަށް ބުނާ ހަ މިލިއަން ރުފިޔާގެ ލޯނަކުން ނުދައްކާވާ ހުރި ފައިސާ ހޯދަން ޖާބިރު މިއަދު ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
މި މައްސަލަ ކޯޓުގައި ރަޖިސްޓްރީވި ކަމެއް އަދި ނޭނގެ އެވެ.
ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ޖާބިރުގެ އަތުން ގާސިމް ނަންގަވާފައިވާ އެއް މިލިއަން ޑޮލަރުގެ ތެރެއިން 65،000 ޑޮލަރު ނުދީ ހިފަހައްޓާފައިވާތީ، އެ ޑޮލަރުގެ ނިސްބަތުން ލިބެންޖެހޭ އެއް މިލިއަން ރުފިޔާ އާއި އިތުރު ފަސް މިލިއަން ރުފިޔާއާއެކު ޖުމްލަ ހަ މިލިއަން ރުފިޔާ ހޯދުމަށެވެ. ހުށަހެޅި ދައުވާގައި ބުނެފައިވަނީ ފަސް މިލިއަން ރުފިޔާ ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކޮށް ކަމަށެވެ.
ފަސް މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް އެއްވެސް ފައިސާއެއް އަނބުރާ ލިބިފައިނުވާ ކަމަށް ދައުވާގައިވެ އެވެ.
ޖާބިރު ވަނީ، އެ ފައިސާ އެކީ އޭނާއަށް ލިބެންޖެހޭ އެއްޗެހި ކަމަށް ކަނޑައަޅައި ހަ މިލިއަން ރުފިޔާ އެކީ އެއްފަހަރާ ނަގައިދީ ވީހާ ވެސް އަވަހަކަށް މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފަ އެވެ.
އަނބުރާ ދައްކަވާ ގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ހޯދުމަށް ވެސް ޖާބިރު ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ފައިސާ ނެންގެވިކަމަށް ކުރާ ތުހުމަތު މައުމޫން ވަނީ ދޮގުކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
11 November 2020
ޖާބެ ގާތަށް މިބުނަނީ މައުމޫނު ބުންޏޭ 29 މިލިޔަން ރުފިޔާ ދީބަލާށޭ، ސާލިހު ބުންޏޭ 5 މިލިޔަން ރުފިޔާ ދީބަލާށޭ. ދެން އޭނަ މިދެނީ އެފައިސާ... . އެއިރު ޖާބެ އޮންނަނީ ގުޑުގުޑާ ނޮޅިން އަޅާފައި އޮންނަ އައްޓެއްގައި ނިދިކުރައްވާފައި.
ކަލްޓީ
11 November 2020
ޖާބިރަށް މީހަކު ފައިސާ ދޭން އޮތް ވާހަކަ ދައްކާ ކޮންމެ ފަހަރަކު ޖާބިރު އެބަވޭ މޮޔައަކަށް. މާދަމާވެސް ޔާމީނުގެ ނުބައި ވާހަކައެއް ދައްކާލާއިރަށް އޭނާ ވާނެ ހީރޯއަކަށް. ރައީސަކު އޭނާއަށް ފައިސާ ދޭން އޮތް ވާހަކަ ހަމަ އެދަނީ އޮބިގެން. އެކަމު ޔާމީން ކޮރަޕްޝަންގެ ކޮންމެވެސް ކަމެއް ކުރިއޭ ބުނެފިނަމަ އަނެއް ދުވަހު އެ މައްސަލަ ބެލެންފަށާނެ.
އަސްތާ
11 November 2020
ވަކި ރައީސެއްގެ ނަމާ ގުޅުވައިގެން ކިތަންމެ ވަރަކަށް ފައިސާގެ ވާހަކަ ދެކެވުނަސް އެވާހަކަ ބޮޑު ކަމަކަށް ނުހެދެނީ ދިވެހިންގެ އޮންނަ ތިމާގެ ދަރި ދޮންފުތުވާ ބީދައިން. އެއް ރައީސަކާ ފައިސާއާ ގުޅުވުނު ފަހުން އޭނާ ކޮންމެ ކަމެއް ކުރިއަސް އޮންނަނީ ކޮރަޕްޓް ފައިސާ ގެންގުޅޭ މީހަކަށްވެފަ. އަނެއް ރައީސާ ބެހޭ ގޮތުން މަޖްލިހުގެ ބައިކޮޅުގަ ހުރި މެމްބަރަކު ފައިސާގެ ވާހަކަ އެތައް ފަހަރަކު ދައްކާއިރުވެސް އެވާހަކަ އޮބެނީ ރުހުމުގެ ލޮލަށް އައިބު ނުފެނުމުގެ ތެރެއިން..
ޙަސަން އަޙަންދު
11 November 2020
މަ އެންމެ އަޖައިބުވަނީ މީނާގެ ހުންނަ މާ ތައުލީމީ އަނބިކަނބަލަކު އެހެން މީހުންގެ ނުބައިކަމުން ގައުމު އިސްލާހުކުރަންވެގެން ޓްވިޓަރުގައި މާތް ވާހަކަދައްކާތީ
ޑރ ކާށި
11 November 2020
ކޭބަލް ކާރު ނޭޅި މައްސަލައިގައި ޖާބިރުގެ މައްޗަށް ދައުވާކޮށް 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ދެން އެއްވެސް އިންތިޚާބެއްގަ ކުރިއަށް އޮތް 50 އަހަރު ވާދަ ނުކުރެވޭނެ ކަމަށް ވަގްތުން ވަގްތަށް ކަނޑައަޅަން ޖެހޭ.
ކަބުރުގެ
11 November 2020
ކޭ ބަލް ކާރު އަޅަން ލާރިހޯދަނީތަ
ވަތަން އިސްކުރަންޖެހޭ
11 November 2020
ދެފަހަރަކު އެންހަރަކުން ކައްޓެ ނުޖެހޭނެ. މިހެން ބުނީކާކު
މަންޑޭލާ
11 November 2020
އާޅުގަނޑު ދެނެ ވޯޓެއް ނުދޭނަން ޖޭޕީޔަ. ވަސްސަލާމް
ޝޮކްތެރަޕީ
11 November 2020
ރާއްޖެ ހަލާކޮއްލުމުގަ އިސްރޯލެއް އަދާކުރީ ޤާސިމްއާ އަދާލަތު ޕާޓީ.
ބަބުރަންޖީ ހާޖީ
10 November 2020
މާދަމާ ދިމާކޮށްލާނީ ޓުރަންޕުބެއާނޫންބާ؟