14 ނޮވެމްބަރ 2020 - 18:34
މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދުގެ ކާރަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އައިންތުގެ ކާރަށް ގެއްލުން ދިނީ މިދިޔަ މަހު 26 ވަނަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގަ އެވެ. އޭނާ ބުނިގޮތުގައި ކާރު އޮތީ ދިރިއުޅޭ ގެ ކައިރީ ޑްރަގް ކޯޓު ކުރިމަތީގަ އެވެ.
އިއްޒުއްދީން މަހު، ތޮއިބާ މިސްކިތް ކައިރީ ޕާކުކޮށްފައި އޮތް އެ ކާރުގެ ވިންޑް ސްކްރީން ތަޅާލަަި އެކި ވަރުގެ ގެއްލުންދީފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުުހުން މީގެ ކުރިން ބުނެފައި ވެއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ 26 އަހަރުގެ ދިވެހި ފިރިހެނަކު މި މަހު ފަސް ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ގޮތެއް ނިންމަން ދިިޔަ ފުރަތަމަ ފަހަރު ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަނެއްކާ ވެސް މި މަހު 12 ގައި އިތުރު ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރަށް އެ މައްސަލައިގައި ރޭ 28 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ވެސް ކޯޓުން މިއަދު ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިންތުގެ ކާރަށް ގެއްލުންދިން މައްސަލައިގައި އޭނާ ކުރިން ބުނެފައި ވަނީ މިއީ އެހެން އެކަންކުރި ފަސް ވަނަ ފަހަރު ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެކަންކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ކަމާ ބެހޭ ފަރާތުން އަޅާފައިނުވާ ކަމަށް ބުންޏެވެ. އައިންތުގެ ކާރަށް ގެއްލުންދޭ މައްސަލަ ނުބެލޭތީ އެކަން މަޖިލީހަށް ވެސް ހުށަހަޅާފައި ވެ އެވެ.
އޭނާގެ ކާރަށް ގެއްލުންދޭ މައްސަލައިގައި އަންތު ތުހުމަތުކުރަނީ ކުރީގެ ފިރިމީހާ އަށެވެ. މީގެ ކުރިން ވެސް އެމީހާ އައިންތުގެ ކާރަށް ގެއްލުންދީފައި ވެއެވެ.
އޭނާ ބުނިިގޮތުގައި ކާރަށް ގެއްލުންވާ ކޮންމެ ފަހަރަކު އެ މާރާމާތުކުރަން 10،000ރ. އަށްވުރެ ގިނައިން އަތުން ހޭދަ ވެއެވެ. އޭގެ ސަބަބުން މަސައްކަތް ހުއްޓޭ ކަމަށް ވެސް ބުންޏެވެ. މި ފަހަރު އައިންތުގެ ކާރަށް ގެއްލުން ދިނުމުން ކާރު މަރާމާރުކޮށްދިނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުއްދީން
15 November 2020
ފެމެލީ މައްސަލައެއް ގައުމ މައްސަލައަކަށްވީދޯ
މުބީނު
15 November 2020
ހޫނ ސަރުކާރު ވައޓާ ގުރޫޕްޕ ގަނޑު ކޮމެންޓްކުރަން ފެށީ ދޯ.
ސާދާސީދާ
15 November 2020
ކީއްވެހޭ 15 ނުޖެހީ؟
ރާއްޖެ
15 November 2020
އައިންތުގެ ކާރު ރަޖިސްޓްރީ ކޮއްފަ ހުރި ޖަރާޖް ކޮބާ؟
ޕޮލިސް އުވާލާ
14 November 2020
އެކަމު ހިތާމައަކީ ތިކަން ތިހިސާބަށް ދިޔައީ މަހުލޫފު (މިނިސްޓަރަކު) އުޅުނީމަ. އާންމު ރައްޔިތަކު ޕޮލިހަށް މައްސަލަ ލީމަ މާކަ އަޅައެއްނުލާ. ބުނާނެ ނެތޭ ހެއްކެއް ނޫނީ ކޮންމެސް މީހަކު ވީޑިއޯ ނޫނީ އައިޕީ އެޑުރެސް ނުދިނޭ. ކަޑަ ޕޮލިސް. އެމީހުންގެ ތެރެޔަކު ނެތް ސިކުނޑިހުރި ގާބިލް މީހުނެއް. ހަމައެކަނި ސިޔާސީ މުޒާހަރާ ކޮންޓުރޯލް ކުރުމުގެ ގާބިލްކަން ހުރީ. އެތަން އުވާލާފަ އާ ތަނެއް ހަދަންވެއްޖެ. އައިންތުއަށް އިންސާފު ލިބިއްޖެޔާ މަވެސް އުފާވޭ.
ޢަތޮޅޭ
15 November 2020
ކައުންސިލް ޕޮލިސް ހަދަންވީ
ޖާހިލުންނޭ
14 November 2020
އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އަންހެނުންނާއި ފިރިހެނުން އެއްވަރަކަށް މަސައްކަތް ކުރުން އެއީ ދީނީ ގޮތުން ވެސް ވަރަށް ބޮޑަށް ބާރު އަޅާ ކަމެކޭ އާންތު އަކީ ރާއްޖޭގެ ތާރީޚް ގައި ވެސް ޓެކްސީ ކުރަން ހަމައެކަނި ނިކުތް އަންހެނާއޭ އަދި އޭނާ ކުރާ ބުރަ މަސައްކަތުން އޭނާގެ ދަރިންނަށް ކާންދީ އަދި އަންނައުނު ހޯދާ ދެއޭ އެކަމަށް ހުރަސް އަޅާނީ އެއީ
ޑރ. ރާމީ ހަސަން ވައިނުޖެހޭގެއާގެ
14 November 2020
އައިންތު ގެ ކާރު ގެ ކަންތަކުގައި ދިވެހިރާއްޖޭ ގައި ތިބި އަންހެން ކަމަނާ އިން އެހީތެރި ކަމެއްގެ އަތްޕުޅެއް ދިއްކޮށްލުމުގެ ގޮތުން، ޓްވީޓް އެއްހާ ހިސާބުވެސް ކޮށްނުލައްވަނީ ކީއްވެބާ ހިތަށް އަރާ. ޙާއްސަކޮށް އައިންތު އަކީ ފުރަތަމަ އަންހެން ޓެކްސީ ޑްރައިވަރ އަށް ވީހިނދު، އޭނާ އަށް މިދިމާވި ކަންތަކުގައި ގިނަ ކަމަނާއިންގެ އެއްބާރުލުން އޭނާ އަށް ބޭނުންވާނޭ ކަމީ ޔަޤީންކަމެކެވެ. ކެންޔާ އަންހެނަކަށް އެއްބާރުލުން ދެވޭއިރި، އަޅުގަނޑުމެންގެ އުޙްތަކަށްވެސް އެހީތެރިކަންދިނުންހަމަރަނގަޅެވެ.
ޝައްފަ/ލަންކާ
15 November 2020
ކަމަނާތައް އަވަހާރަލައްޕަވާފަ. ކޮބާތޯ ދުންޔާ ؟ ކޮބާތޯ އަނީސާ އަޙްމަދު ؟ ކޮބާތޯ ޢާއިޝަތު މުޙައްމަދު ދީދީ ؟
ގަރާޖްޑޭޒް
14 November 2020
އެއްވެސް މީހެއްގެ މުދަލަށް ގެއްލުން ދީގެން ނުވާނެ. ހަމަ އެގޮތަށް ކޮންމެ ކާރެއް ގެނެވެނީ ވައްދާނެ ގަރާޖެއް ދައްކާފަ. ގަރާޖުގައި ޕާކުނުކޮށް މަގުމަތީ ޕާކުކުރުމުން މަގުމަތި ބޭނުން ކުރާ އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެވެނީ!
ޙަސަން އަޙްމަދު
15 November 2020
ތިޔައީ އެހެން މައްސަލައެއް. ތިޔަށް ވުރެ މާ ނުރައްކާ މައްސަލައެއްގެ ތެރެއަށް ތިޔަ މައްސަލަ ވައްދައިގެން މައްސުނި މޮޑުނީމާ ދަލީލުކޮށްދެނީ ކަމެއްގެ ހައްލު ހޯދުމުގައި ސުލްހަވެރި އިންސާފުވެރި ހިކްމަތްތެރި ގޮތް ނުދަންނަވަރު. އަދި ވާހަކައިގެ މިސަރާބު އެހެން ދިމަދިމާއަށް އަނބުރައިގެން މައްސަލަ ޓްވިސްޓުކުރުމުގެ މަކަރުވެރި ހުނަރު. ނުވަތަ މައްސަލައަކީ ކޮބައިކަން ދެނެގަނެވޭ ވަރުގެ ބުއްދިއެއް ނެތްކަން.
އަހުމަދޫ
14 November 2020
ޕޮލިހުންނަށް ކަމެއްނުވަންޔާ އާންމު ނުކުމެ މިބައިގަނޑު ހިފަންވީ، ލަދެއް ނުގަނޭ މިކަހަލަ ކަންތައް ކުރާއިރު.
މުރާސިލް
14 November 2020
މީ ފުފލުހުންގެ ފަރުވާކުޑަކަމުގެ ނަތީޖާ ނިކަމެތިވީމަ އަޅާނުލާ މިަވރުމިވަނީ މަޖިޅހައްވެއްދީމަ މިހެން ކޮމްމެކަމެއްކުރާނީ ކިހިނެތް
ހުވަދޫ
15 November 2020
ޥ ވ ކަޑަ ކަމެއް އައިންތުއަށް އަނިޔާ ކުރުން.. އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭ.. އަންހެނަކަށް ވީމައެއް ނޫން.. އެކަމަކު އެއީ ނިކަމެތި ޒުވާނެއް ދިރިއުޅުމަށް ކުރާ މަސައްކަތް... ކަޑަ ވ ކަޑަ
އާޒިމާ
14 November 2020
ބަންދަށް އެންމެ 5 ދުވަސް!!!!! ކޯޓަށް އައްސަރިބަހާ ސާބަސް ރައްޔިތުންގެ ފައިސާއިން މުސާރައަށްދޭވަރު އަދިވެސް މާމަދު
ރޯނުއެދުރު ޝަކޫރު
14 November 2020
ބަންދުގެ މުއްސަތުޖަހަނީ 5 ދުވަހުގެ ތެރޭ ތަހުޤީޤު ފުރިހަމަކުރާށޭ