ސެނަހިޔާގެ ލެބުން ނާރުގެ ހިދުމަތްތަކަށް ޓެސްޓުކުރަން ފެށުުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް
19 ނޮވެމްބަރ 2020 - 18:02
ސެނަހިޔާ ހޮސްޕިޓަލުން ނާރުގެ ބަލިިތަކަށް ޓެސްޓުކުރަން މިއަދު ފަށައިފި އެވެ.
ސެނަހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލުގެ ލެބޯޓަރީ ހުޅުވައިދެއްވީ އެމްއެންޑީއެފްގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއާޕާސަން ފާތިމަތު ފިރާޝާ އެވެ. މި ރަސްމިއްޔާތުގައި ސެނަހިޔާގެ ވައިސް ޗެއާޕާސަން އައިމިނަތު ދިހުޝާ އާއި އެމްއެންޑީއެފް މެޑިކަލް ކޯގެ ސާޖަން ޖެނެރަލް، ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދުގެ އިތުރުން ސެނަހިޔާގެ އެހެން އިސްވެރިން ވެސް ބައިވެރިވަޑައިގަތެވެ.
ސެނަހިޔަގެ ލެބޯޓްރީ އަޕްގްރޭޑްކޮށް ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި. މި ޚިދުމަތް ފައްޓަވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއަރޕާސަން އަލްފާޞިލާ ފާތިމަތު ފިރާޝާއާއި ސިފަމާގެ ވައިސް ޗެއަރޕާސަން އަލްފާޞިލާ އައިމިނަތު ދިހުޝާނާ. pic.twitter.com/Mp9DXcsf9r
— Maldives National Defence Force (@MNDF_Official) November 19, 2020
އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއް
އެމްއެންޑީއެފް އިން ބުނީ، ނާރުގެ ބަލިތަކަށް ޓެސްޓުކުރަން ފެށީ އެތަނުގެ ލެބް އަޕްގްރޭޑްކުރުމަށް ފަހު ކަމަށެވެ.
ސެނަހިޔާ އިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އިމަޖަންސީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނަށް ދެއްކުމުގެ އިތުރުން އަލްޓްރާސައުންޑް ސްކޭނާއި އެކޯ ކާޑިއޮގްރަފީގެ ހިދުމަތް ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
20 November 2020
މިއީވެސް ދައިލަތުގެ ފައިސާއިން ހިންގާތަނެއް، ބިމާއި/ޢިމާރާތުގެ ކުއްޔެއްވެސް ނިއިދޭ، އެކަމަކު ޢާއްމުމީހާ އަތުން، ޕްރައިވެޓްކްލިނިކްތަކުން ނަގާހެން، ބޮޑު ކޮންސަލްޓީޝަންފީވެސް ނަގާ!
ހޮޓްކިންގ
19 November 2020
ތިތަނަކީ ސިފައިން ނޫނަސް ދައުލަތުގެ ޔޫނީފޯމްލީ އެހެން އިދާރާތަކުގެ މުވައްޒަފުން އެމީހުންގެ އާއިލާއަށްވެސް ހިލޭ ދެއްކޭ ތަނެއް. އެކަމަކު މިހާރު ވަނީ ސިފައިން އަމިއްލަތަނަކަށް ހަދާ އެހެންމީހުންއަތުން އަގުނަގަންފަށާފަ. އެއީ ވަރަށް ގޯސްކޮށްކުރިކަމެއް.
ނަޖުމުއްދީން
19 November 2020
ތީމަމެން ވަރަށް އުފާވާކަމެކޭ މިބުނާނީ ވަރަށް އުފަލާއެކު.