ވައިކަރަދޫ މަތިން ނަގާފައިވާ ފޮޓޯއެއް.
20 ނޮވެމްބަރ 2020 - 14:12
ހދ. ވައިކަރަދޫގައި ގޮނޑުދޮށަށް މަސް ބާނަން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، މޫދަށް އެރޭ ސަރަހައްދުގައި މުހައްމަދު ނަޒީރު، 69، މަރުވެފައި އޮއްވައި ފެނުނީ ހެނދުނު 8:45 ހާއިރު ކަމަށެވެ.
ނަޒީރު މަރުވެފައި އޮއްވައި ފެނުނީ ކުނި އުކާލަން ދިޔަ މީހަކަށެވެ. އެއީ ކުޑަކޮށް ދިޔަވަރު ހިކިފައި އޮތް ވަގުތަކަށް ވާތީ ހަށިގަނޑު އޮތީ ގޮނޑުދޮށުގައި ބީހިފަ އެވެ.
"ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އަނގައިން ފޮނު އައިސްފައި ހުރީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި ނަޒީރުގެ ހަށިގަނޑު ފެނުނުއިރު، ފައިގެ ދަށް ފަރާތުން ހުދު ހަން ހުރީ ހަލާކުވެފަ އެވެ. ލައިގެން ހުރި މުންޑާއި މަސް ބާނަން ގެންގުޅުނު ދޮށި ފެނުނީ ވަކިން ދުރުގައި އޮއްވައި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
21 November 2020
މިފަދަ މަރުތައް ތަހުގީގުކުރުމުގެ ނުވަތަ މަރުގެ ހަގީގަތްހޯދުމުގެ ގާބިލުކަން އިދާރާތަކުގައިނެތެވެ. ގަދަވެ ސަލާމަތުން ތިބޭ މީހުން މަސްބާނަން ގޮނޑުދޮށަށްގޮސްފައި ނުވަތަ އިސްކޮޅުޖެހޭ ހިސާބު މޫދުގައި ކުއްލިއަކަށް މަރުވުމަކިީ މިރާއްޖޭގައި ވަރަށްގިނައިން ހިނގާ ކަމަކަށްވާތީ މިކަމުގެ ހަގީގަތްތައް ހޯދަންޖެހޭ! ގޮނޑުދޮއްތަކުގައާ މޫދުގައި އިންސާނުންނަށް ނޭންގޭ ކަންތައްތަކެއް ހިނގަނީބާ؟
ޢަލީސުޖާއު/ހުޅު މާލެ
20 November 2020
* إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ* اَللَّهُمَّ اغْفِرْ لَهُ وَارْحَمْهُ* " ހަ މަކަށަވަރުން އަޅަ މެން މިލްކުވެގެން ވަނީ ﷲ އަށެވެ. އަދި އަޅަ މެން އެނބުރި ދިއުން ވެސް ވަނީ ﷲގެ ޙަޟްރަތަށެވެ."* "يَا اَللهُ ! އޭނަގެ ފާފަ ފުއްސަވާ ، އޭނަ އަށް ރަހު މަތް ލައްވާފާނދޭވެ . * " يّا اَللهُ ! ކައްވަޅުގައްޔާއި ،ގިޔާ މަތްދުވަހުގައި އޭނަ އާއި ސުވާލުކުރެވޭ ހިނދުގައި ސާބިތުކަން ދެއްވާފާނދޭވެ ! * "މިއަޅާގެ ދުޢާ އިޖާބަ ކުރައްވާނދޭވެ !"
އައިންތު
21 November 2020
އާމީން
އިބްރާހިމް6684
21 November 2020
އާމީން