ބޭ އޮފް ބެންގަލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަނެއް -- ފޮޓޯ: މެޓް އޮފީސް
23 ނޮވެމްބަރ 2020 - 17:47
ބޭ އޮފް ބެންގަލް ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ޑިޕްރެޝަން، ތޫފާނަކަށް ބަދަލުވެ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޓެމިލް ނާޑޫ އަށް އެރުން އެކަށީގެންވާތީ އެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު ޝާބިން "މިހާރު" އަށް ވިދާޅުވީ ތޫފާން "ނިވާރު" އަންނަނީ ހުޅަނގު އުތުރަށް މިވަގުތު ދަތުރުކުރަމުން ކަމަށެވެ. އަދި އެ ތޫފާނު ޓެމިލް ނާޑޫ އަށް އެރި ނަމަވެސް އޭގެ އަސަރު ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް ކުރާނީ ނުސީދާކޮށް ކަމަށް ވިދާޅުވި އެވެ.
"އުތުރުގެ އަތޮޅުތަކަށް މި ތޫފާނުގެ އަސަރު ކުރާނެ ކަމަކަށް ނުބެލެވޭ،" ޝާބިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތޫފާނުގެ އަސަރުކުރަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށާއި މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހު ކަމަށެވެ. އެ ދުވަސްވަރު މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް ޝާބިން ވިދާޅުވި އެވެ.
"އާންމުކޮށް ވައިޖެހޭ ވަރަށް ވުރެ ވައި ވެސް ގަދަ ވާނެ، ކަނޑު ވެސް ގަދަ ވާނެ އެ ސަރަހައްދުތަކަށް،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެން9
24 November 2020
ތޫފާންތަކުގެ އަސަރު ނުސީދާކޮށް ކުރާނެކަމަށް ބުނުމުން ކިހާވަރަކުންބާ ދާނީ. ކައިރި ސަރަހައްދެއްގައި ތޫފާނެއް އުޅޭ ވާހަކަ ބުނެފަ އެކަމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް ކުރިން ބުނެފައި ހުރި ބައެއް ހާލަތްތަކުގައި މީހާ އެއްލާލާ ވަރަށް ވައިގަދަވެ އެހާ ވިއްސާރަވެ ކަނޑުގަދަވެފަ އެބަހުރި.
މޯދީ
24 November 2020
އިންޑިޔާ އައް އަރަންޏާ މިހާރު ރާއްޖެއައް ވެސް އަރާނެ
ކޮމެންޓޫ
24 November 2020
ކޮމެންޓުތަކުގަ ތިބި ސައިންޓިސްޓުންގެ ރައުޔު ބަލާލަމާ
ކައުންސެލަރު
23 November 2020
ސަލާމް. ރާއްޖޭގެ ދެކުނާ މެދުރާއްޖެތެރެއަށްވުރެ ޓެމިލްނާޑޫއާ ކައިރީ ހަމަގައިމުވެސް ރާއްޖޭގެ އުތުރު. މާނައަކީ ތޫފާނާ ކައިރީ ރާއްޖޭގެ އުތުރޭ. ޚަބަރުގައި އޮތީ އުތުރަށް ތޫފާނުގެ އަސަރު ނުކުރާނެކަމަށް. މީ އޮޅުމެއްތަ؟ ނޫނީ މިކަން ބޮޑަށް ސާފު ވެދާނެބާ؟
ޙަބީބު
24 November 2020
އެއީ ގުދުރަތުގަ އެކަން ކަނޑައަޅާފަ އޮތްގޮތް ކިތަންމެ އުތުރާ ކައިރީގަ އުފެދުނަސް އެތޫފާން އެހެންދިމާލަކައް ފޮނުއްވުމުގެ ބާރުއޮތީ އެފަރާތައް ކަމައްވާތީ މިހާވަރުން ފުދޭނެ ކަމައް ހީކުރަން
ހަރިކޭން
24 November 2020
ރާއްޖޭގައި އަބަދުވެސް ބޮޑަށް ވިއްސާރަ ކުރަނީ މެދުރާއްޖެ ތެރެއާއި ދެކުނަ ށެވެ. އެވާގޮތެއް ނޭގެއެވެ. ދަނޑުވެރިކަން ކުރާ މަސްވެރިއެއްކަމަށް ވާތީ މިކަން ފާހަގަ ކުރެވިފައި ވެއެވެ.
ޓްރިވެންޑްރަމް
24 November 2020
އެހެންވާ ވިއްސާރަ ކުރާ މައިގަނޑު ސަބަބަކީ އީކުއެޓަރާ މިސަރަހައްދުތައް ކައިރިވެފައި އީކުއެޓޭރު ގެ ސަރަހައްދަކީ އިންޓަރ ޓްރޮޕިކަލް ކޮންވާޖަންސް ޒޯން ކަމުގައި ވެފައި، މިޒޯނަކީ ދުނިޔޭގައި އެންމެ ގަދަޔަށް ޓްރޮޕިކަލް ވާރޭގެ އަސަރު ކުރާ ސަރަހައްދަށްވެފައި، ދެކުނު އޭޝިޔާގެ މޫސުމީ އަސަރުވެސް ދެކުނަށް ދާހަމަޔަކަށް ދަށްވުމާއެކު، އިރުވައިގައިވެސް މެދާއި ދެކުނަށް ވިއްސާރަކުރޭ! ކުޅުދުއްފުއްޓާއި ޓްރިވެންޑުރަމްގެ ދުރުމިނަށްވުރެ މާލެއާ އައްޑޫ ގެ ދުރުމިން ބޮޑު!
އެދުރު
23 November 2020
އެހެންވިއްޔާ ވިއްސާރަކުރާނީ އުތުރަށް. "މޯލިބޭގެ ފާލުބެލުން" އުސޫލުގެ މައްޗައް މޫސުން ލަފާކުރާ ބައެއް ތީ. ދުވަހަކުވެސް ލަފާކުރުން ގޯހެއްނުވާނެ. ޢެކަމަކު ދިމަލެއްވެސް ނުވާނެ. ވާރޭވެހި ވެހި ފެންބޮޑުވީމަ އެސަރަޙައްދަކަށް އެލާޓް ބަދަލުކޮށްލީމަ ނިމުނީ.
އޭނަ މީނަ
23 November 2020
ބަލަ މޫސުމަކީ އެއްވެސް ބަޔަކަށް ޔަޤީންކަމާއެކު ބުނަން އިނގޭނެ އެއްޗެއްނޫން.
ރަދީފްއޮފިޝިއަލް
23 November 2020
ބޮޑެތި ގުދުރަތީ ކާރިސާތަކުން އަހަރުމެން ހުރިހާ މީހުން ސަލާމަތްކުރައްވާށީ.އާމީން
ޙަބީބު
24 November 2020
ޢެންމެހާ މުސްލިމުން ސަލާމަތް ކުރައްވާށި
އަދިއިތުރު
24 November 2020
އެންމެހާ މުސްލިމުންނާ މުސްލިމްނޫން މީހުންވެސް ސަލާމަތްކުރައްވާށި.